ގައުމީ އެތުލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ހަދައިފި

ސޯޝަލް ސެންޓަރުގައި މެޑިކަލް ރޫމް ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ސޯޝަލް ސެންޓަރުގައި މެޑިކަލް ރޫމް ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް އެތުލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ހަދައިފި އެވެ.

މިކަން އިއުލާނު ކުރީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމު ސިއްހީ ހިދުމަތްތައް އެކުލަވާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަން ލާޒިމު ސިއްހީ ހިދުމަތްތައް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި, އެ ވައުދުފުޅު މިރޭ ފުދިގެން ދާ ކަމަށެވެ.

Advertisement

"މި ހިދުމަތް ސިންދަފާތު ކުރުމަޓަށްކައި މި މިންގަނޑު އެކުލަވާލުމުގެ އިތުރުން އެއް ގިޔަރު އިތުރަށް ޖައްސާލާފައި. އެއީ މިއަދުން ފެށިގެން އެކަން އަމަލީ ގޮތުން ކުރެވޭނެ ގޮތް ވެސް ރައީސް މުއިއްޒު ހަމަޖައްސަވައިދެއްވާފައި ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ކުޅިވަރު ކުޅޭ ސްޓޭޑިއަމްތަކުގައި މެޑިކަލް ރޫމް ހެދި, އެތަންތަނަށް ބޭނުންވާ އާލާތްތައް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ފެސިލިޓީތަކުގައި ބޭނުންވާ ފަސްޓް ދޭނެ މީހުން ވެސް ތަމްރީނުކޮށްފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

"ނެޝަނަލް އެތްލީޓުންނަށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތް ވެސް މާދަމައިން ފެށިގެން ހަމަޖެހިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މި ހިދުމަތްތަކަށް ހާއްސަ ވެބްސައިޓެއް ވެސް މާދަމާ އިފްތިތާހު ކުރުމަށް ހަމަޖެހިފައި ވާއިރު އެތްލީޓުންގެ ތެރަޕީއަށް އެޕްލިކޭޝަނެއް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމު މި ހަފްތާގައި ތައާރަފު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އަސާސީ ހިދުމަތަކީ ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ވިސްނުންތެރިކަމާއެކު ކުޅިވަރު ކުޅޭ ފަރާތްތަކުގެ ހުރިހާ ބޭނުންތަކެއް ދެނެގަނެ, އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައ މިއަދު ތައާރަފުކުރި ހިދުމަތަކީ ބޭނުންޖެހި, ނަމަވެސް ކުރިން އާޅާނުލެވި އޮތް ކަމެކެވެ. އަދި އެ ހިދުމަތުގެ ސަބަބުން ކުޅިވަރު ދާއިރާއިން ބޮޑު އިންގިލާބީ ބަދަލެއް ފެނިގެން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox