އެެފްއޭއެމް އެޕީލްސް ކޮމިޓީއެއް ނެތް، ތޯރިގުގެ އެޕީލާ މެދު ގޮތެއް ނިންމަން އެފްއޭމުން ލަފާ ހޯދަން ފީފާ އާއި އޭއެފްސީ އަށް

Jan 15, 2024, 3:44 PM
އެެފްއޭއެމް އެޕީލްސް ކޮމިޓީއެއް ނެތް، ތޯރިގުގެ އެޕީލާ މެދު ގޮތެއް ނިންމަން އެފްއޭމުން ލަފާ ހޯދަން ފީފާ އާއި އޭއެފްސީ އަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިލެކްޓޯރަލް ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް އެޕީލް ކޮމިޓީއެއް އެކުލަވާލެވިފައިނެތުމާ އެކު، އަހުމަދު ތޯރިގު (ޓޮމް) ހުށަހަޅާފައިވާ އިސްތިއުނާފުގެ ކަންކަމާ މެދު ގޮތެއް ނިންމަން އެފްއޭއެމުން ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް އެދިއްޖެ އެވެ.

މި މަހު 31 ވަނަ ދުވަހު އެފްއޭއެމް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާއިރު، ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

ތޯރިގު އެޕީލް ކުރަން ޖެހުނު ސަބަބު:

އެފްއޭއެމް އިންތިހާބުގައި، ކޮންމެ ކްލަބަކަށް ތާއީދު އެއް ސިޓީ ދެވޭ ގޮތަށް، އެފްއޭއެމްގެ ފަހުގެ އަސާސީ ގަވާއިދުގައި އޮތްއިރު، ވެލެންސިއާގެ ދެ ސިޓީ އޮތެވެ. ތޯރިގަށް ވެލެންސިއާގެ ތާއީދު ސިޓީ ދިނީ، އެ ކްލަބްގެ ޗެއާމަން، އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑް މެމްބަރުންގެ ރިޒޮލިއުޝަން އެކެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީ އެކެވެ. ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މި ކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފަ އެވެ.

އެ ލަފާ ހޯދުމަށް ކަނޑައެޅި މުއްދަތަށް ފަހު، އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާ އިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ އެ ނިންމުމާ އެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބްގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބްގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޭޓަކު އަތުގައި ވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން އާސާސީ ގަވާއިދު ލާޒިމް ކުރާއިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ވަނީ ސައްހަ ނޫން ކަމަށް، އިލެކްޓޯރަލް ކޮމިޓީން ނިންމައިފަ އެވެ.

އިލެކްޓޯރަލް ކޮމިޓީން އެޕީލް ކުރުމަން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ތޯރިގު ވަނީ އެޕީލްކޮށްފަ އެވެ. އަދި އެޕީލާ މެދު ގޮތެއް ނިންމުން އޮތީ، އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު މިއަދު ހަވީރަށް ހަމަވިއިރު ވެސް އެފްއޭއެމަށް ވަނީ ތޯރިގަށް ޖަވާބެއް ދެވޭ ގޮތް ނުވެފަ އެވެ.

އެފްއޭއެމްގެ ޖަވާބު:

އެފްއޭއެމް އިން ވަނީ މިކަން ސާފުކޮށްދިނުމަށް މިރޭ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މި ވަގުތު އެފްއޭއެމްގެ އިންތިހާބީ އެޕީލް ކޮޮމިޓީއެއް އޮންނަ އުސޫލުގެ ތެރެއިން އެކުލަވާލެވިފައިނުވާތީ މި ކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅަން އެފްއޭއެމްގެ ދެ ބެލެނިވެރި ފަރާތް ކަމަށްވާ، ފީފާ އާއި އޭއެފްސީގައި އެދިފައިވާނެ ކަމަށެވެ.

"އެ ފަރާތްތަކާ އެކު (ފީފާ އާއި އޭއެފްސީއާ އެކު) މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ފަހު މި ކަމުގައި ގޮތް ނިންމުމަށާއި ދެން ކަންކަން ތަރުތީބު ކުރަންވީ ގޮތް ކަނޑައެޅުމަށް އިތުރު ވަގުތުު ބޭނުންވާ ކަމަށް ފީފާ އަދި އޭއެފްސީން ވަނީ މި އެސޯސިއޭޝަނަށް އަންގައިފަ އެވެ. ވުމާ އެކު، މި ކަމުގައި ފީފާ އަދި އޭއެފްސީން ކަނޑައަޅާ ގޮތުގެ ތަފްސީލް މި އެސޯސިއޭޝަނަށް ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

ތޯރިގު ވަނީ އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ ވެސް ސައްހަ ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފަދަ ކޮމިޓީ އަކުން، އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކުރަމުންދާތީ، ތޯރިގު ވަނީ އެ މައްސަލަ އޭއެފްސީ އާއި ފީފާ އަށް ހުށަހަޅައިފަ އެވެ.

ތޯރިގު، މީޑިއާ އަށް އާންމުކުރެއްވި ބަޔާނުގައި މައިގަނޑު ގޮތެއްގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގެ ކަންކަމާއި އިންތިހާބުގައި ކަންތައްތައް ވެފައިވާ ގޮތް ބަޔާންކޮށްދޭން ހަތަރު ކަމެއް ވަނީ ހިމަނައިފަ އެވެ.

އެ ކަންތައްތަކަށް ބަލާއިރު، އެފްއޭއެމްގެ އިންތިޚާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތުމުން އެކަން ކުރިއަށް ނުގެންދެވޭ ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެފްއޭއެމް އިލެކްޓޯރަލް ކޯޑްގެ 4 ވަނަ މާއްދާގައި ބުނަނީ އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން 2 ދައުރަށް އިންތިޚާބުކޮށްގެން ނުވާނެކަމަށް، ނަމަވެސް އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް 2023 ވަނަ އަހަރުގެ ކޮންގްރެސްގައި އިންތިޚާބުކޮށްފައިވާ ކަމަށް ތޯރިގު ވަނީ ވިދާޅުވެފަ އެވެ.

"އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ (ބޯށިމާގެ، ނ. ވެލިދޫ) ޖެހިޖެހިގެން 3 ދައުރު ގަވާދާއި ހިލާފަށް މެންބަރުކަން ކޮށްފައިވޭ. ވައިސް ޗެއަަަ އަހްމީމް އަބްދުއްރައްޒާޤް (އޯކިޑް، ބ.އޭދަފުށި) އަދި އަބްދުﷲ އަލީ (މާލެ ދަފްތަރު 6090) ދެ ވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާއި ޚިލާފަށް ކޮންގްރެސްއިން އިންތިޚާބުކޮށްފައިވޭ،" ތޯރިގުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެފްއޭއެމް އިންތިހާބު މައްސަލައިގައި، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ، އެފްއޭއެމްގެ ހިންގުމުގައި ގާނޫނާއި ގަވާއިދުތަކާ ފުށުއަރާ ގިނަ ކަންތައްތަކެއް ހިނގަމުންދާތީވެ، އެ ކަންކަން ރަނގަޅަށް ބެލުމަށް ފަހު، އިންތިހާބެއް ބޭއްވުމަށެވެ. އެކަންކަމަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ، މިހާރު ބާއްވަން އުޅޭ އެފްއޭއެމްގެ އިންތިހާބު ކަންކަން މަޑުޖައްސާލުން ކަމަށް ތޮލާލް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ތޮލާލްގެ އެ ލަފަޔަށް ބެލުމެއް ނެތި، އެފްއޭއެމް އިން އަންނަނީ ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބު ކަންކަން ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox