ގޯލްޑަން ފުޓްސަލް ޗެލެންޖް: މިރޭ ހއ އަދި ގއ އަތޮޅުގެ މެޗުތައް

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިދިޔަ އަހަރު އުތީމުން ކުޅުނު މެޗެއްގެ ތެރެއިން.--

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިދިޔަ އަހަރު އުތީމުން ކުޅުނު މެޗެއްގެ ތެރެއިން.--

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ މެޗުތައް މިރޭ ފެށިގެންދާއިރު, ކުޅެން ހަމަޖެހިފައިވަނީ ހއ. އަދި ގއ. އަތޮޅުގެ މެޗުތަކެވެ.

މި މުބާރާތުގައި މި ފަހަރު ޖުމްލަ 129 ޓީމު ވާދަކުރާއިރު, 300 އަށް ވުރެ ގިނަ މެޗު މި އަހަރުގެ މުބާރާތުގައި ކުޅޭނެ އެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި ގްރައުންޑް އެކެއްގައި ބައްދަލުކުރާނީ ހއ. މާރަންދޫ އަދި ހއ ފިއްލަދޫ އެވެ. އަދި ގްރައުންޑް ދޭއްގައި ހއ. އިހަވަންދޫ އާއި ހއ މުރައިދޫ ކުޅޭނެ އެވެ. މި މެޗުތައް ފަށާނީ 20:00 ގަ އެވެ.

މީގެ އިތުރުން މިރޭ ހއ. ކެލާ ނުކުންނާނީ ހއ. ބާރަށާއި ދެކޮޅަށެވެ. އަދި ހއ. އުތީމުން ނުކުންނާނީ ހއ. ތުރާކުނާ ދެކޮޅަށެވެ. މި މެޗުތައް ކުޅޭނީ މިރޭ 21:00 ގަ އެވެ.

ހއ. އަތޮޅުގެ ހޯރަފުށިން ނުކުންނާނީ ހއ. ތަކަންދޫއާ ދެކޮޅަށެވެ. އަދި ހއ. ދިއްދޫ އިން ނުކުންނަނީ އެ އަތޮޅު ވަށަފަރާ ދެކޮޅަށެވެ. މި މެޗުތައް ކުޅޭނީ 22:00 ގަ އެވެ.

ހއ. އަތޮޅުން މި މުބާރާތުގައި 12 ޓީމު ވާދަކުރާއިރު, އެ އަތޮޅުގެ ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ.

މިރޭގެ ފަހު މެޗުތަކުގައި ކުޅޭނީ ގއ އަތޮޅުގެ ޓީމުތަކެވެ. އެގޮތުން ގއ. ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގއ. ގެމަނަފުށި އަދި ގއ. ދާންދޫ އެވެ. އަދި ދެވަނަ މެޗުގައި އެންމެ ފަހުގެ އެ އަތޮޅު ޗެމްޕިއަން މާމެންދޫ ނުކުންނާނީ ގއ. ނިލަންދޫއާ ދެކޮޅަށެވެ.

މި ފަހަރުގެ، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 މުބާރާތް ފަށާނީ މާދަމާ ރޭ އެވެ. "ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެ ގޮތުން، 320 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅުން ޓީމުތައް ވާދަކުރާނެ އެވެ. މީގެ ކުރިން، ވ އަތޮޅާއި ނ. އަތޮޅުން މެޗުތަކެއް ނުފެނުނު ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި އެ އަތޮޅުތަކުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox