އެފްރިކަން ކަޕްގެ ޗެމްޕިއަނުންނަށް ދޭ ފައިސާގެ އިނާމް އިތުރުކޮށްފި

Jan 15, 2024, 5:37 AM
އެފްރިކަން ކަޕްގެ ޗެމްޕިއަނުންނަށް ދޭ ފައިސާގެ އިނާމް އިތުރުކޮށްފި

އަބީޖާން، އައިވަރީ ކޯސްޓް (ޖެނުއަރީ 15) - އައިވަރީ ކޯސްޓްގައި މި ފަހަރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނުންނަށް ދޭ ފައިސާގެ އިނާމް ކުރިން ފަހަރަށް ވުރެ ބޮޑުކޮށްފައިވާ ކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ބުނެފި އެވެ.

ކެމަރޫންގައި 2021 ވަނަ އަހަރު ބޭއްވި އެފްރިކަން ކަޕްގެ ޗެމްޕިއަންކަން ހޯދި ސެނެގާލް އަށް ދީފައިވަނީ ފަސް މިލިއަން ޑޮލަރެވެ. ރަނަރަޕަށް ދިޔަ މިސްރު ޓީމަށް 2.5 މިލިއަން ޑޮލަރު ދިނެވެ.

ކާފް އިން މި ފަހަރުގެ އެފްރިކަން ކަޕްގެ އިނާމް ފައިސާ އަށް ހަމަޖައްސާފައިވަނީ 14.8 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އެ ގޮތުން، ޗެމްޕިއަނުންނަށް މި ފަހަރު، ހަތް މިލިއަން ޑޮލަރުގެ އިނާމް ފައިސާއެއް ދޭއިރު، މިއީ 40 ޕަސެންޓް ކުރިއެރުމެކެވެ. ރަނަރަަޕަށް ދާ ޓީމަކަށް، މި ފަހަރު، 4 މިލިއަން ޑޮލަރު ދޭނެ އެވެ.

މީގެ އިތުރުން، ސެމީ ފައިނަލަށް ދަތުރުކޮށް ބަލިވާ ޓީމަކަށް މި ފަހަރު، 2.5 މިލިއަން ޑޮލަރު ދޭނެ އެވެ. މީގެ ކުރިން ލިބުނީ 2.2 މިލިއަން ޑޮލަރެވެ. މި ފަހަރު ކުއާޓާ ފައިނަލަށް ދަތުރުކުރާ ޓީމަކަށް ވެސް މަދުވެގެން، 1.3 މިލިއަން ޑޮލަރު ކަށަވަރުކުރެވޭނެ އެވެ.

އެފްރިކަން ކަޕްގައި ރޭ .މިސްރު ކުޅުނު މެޗުގައި އިތުރު ވަގުތު މުހައްމަދު ސަލާހު ޖެހި ޕެނަލްޓީން ވަނީ މޮޒަމްބީކްއާ 2-2 އިން އެއްވަރުވެފަ އެވެ. ނައިޖީރިއާ އާއި އިކުއޭޓްރަލް ގިނީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ގްރޫޕްގައި ފުރަތަމަ މެޗުން، އައިވަރީ ކޯސްޓުން ވަނީ 2-0 އިން ގިނީ ބިސޯ ބަލިކޮށްފަ އެވެ.

މި ފަަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ، 31 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ރަނަރަޕަށް 28 މިލިއަން ޑޮލަރު ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިއީ ބައްރެއްގެ މުބާރާތެއްގައި ލިބޭ އެންމެ ބޮޑު އިނާމް ފައިސާ އެވެ.

ދެކުނު އެމެރިކާގެ ގައުމުތަކަށް ބާއްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މި ފަހަރު ހޯދާ ޓީމަކަށް، 10 މިލިއަން ޑޮލަރުގެ އިނާމް ފައިސާއެއް ހަމަޖައްސާފައިވާއިރު، ރަނަރަޕަށް ލިބޭނީ، ފަސް މިލިއަން ޑޮލަރެވެ. މިހާރު، ގަތަރުގައި ކުރިއަށްދާ އޭޝިއަން ކަޕްގެ ޗެމްޕިއަން ޓީމަށް ދޭނީ ފަސް މިލިއަން ޑޮލަރެވެ. އަދި ރަނަރަޕަށް ތިން މިލިއަން ޑޮލަރު ދޭނެކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox