ބެކެންބާއުގެ ހަނދާން އާ ކުރި މެޗުން ކޭންގެ ގޯލާ އެކު ބަޔާނަށް މޮޅެއް

Jan 13, 2024, 7:29 AM
ބަޔާންގެ ކޭން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ

ބަޔާންގެ ކޭން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ

މިއުނިކް (ޖެނުއަރީ 13) - ދާދި ފަހުން މަރުވި ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް، ފްރާންޒް ބެކެންބާއުގެ ހަނދާން އާ ކުރަން ހަރަކާތްތަކެއް ކުރިއަށްގެންދިޔަ މެޗުން، ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ހެރީ ކޭންގެ ލަނޑަކާ އެކު، 3-0 އިން ހޮފެންހައިމް ބަލިކޮށްފި އެވެ.

މީގެ ފަސް ދުވަސް ކުރިން، ބެކެންބާއު މަރުވިއިރު، އުމުރަކީ، 78 އަހަރެވެ. ބަޔާން މިއުނިކަށް 582 މެޗު ކުޅެދިން ބެކެންބާއު ވަނީ އެ ޓީމުގެ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ޖަރުމަނުގެ މުބާރާތްތައް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ތިން ލީގު ތަށްޓާއި، ޔޫރަޕްގެ ކްލަބް މުބާރާތް ތިން ފަހަރު ހޯދުން ހިމެނެ އެވެ.

ރޭގެ މެޗުގައި ބަޔާނުން ބޭނުންކުރި ޖޯޒީގައި ވަނީ ބެކެންބާއު އަށް ހާއްސަ މެސެޖެއް ލިޔެފަ އެވެ. ސަޕޯޓަރުން ވެސް ވަނީ ބެކެންބާއުގެ ހަނދާން އާ ކުރުމަށް ދަނޑުގައި އެކި މެސެޖް ލިޔެފައިވާ ބެނާ ބަހައްޓައިފަ އެވެ.

ލެރޯއި ސާނޭ ދިން ބޯޅައަކުން މެޗުގެ 18 ވަނަ މިނިޓްގައި، ބަޔާނަށް ލީޑުނަގައިދިނީ ޖަމާލް މުސިއާލާ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ބަޔާންގެ ދެ ވަނަ ގޯލުގައި ވެސް ފެނިގެންދިޔައީ، ފުރަތަމަ ގޯލުގެ ކޮމްބިނޭޝަން އެވެ. މުސިއާލާ ވަނީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުންހިފައިފަ އެވެ.

ބަޔާނުން ދެ ގޯލުގެ ލީޑެއް ނެގި ފަހުން، ހޮފެންހައިމްގެ ގްރީޝާ ޕްރޮމެލް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ބަޔާންގެ ފަހު ގޯލު ޖެހީ މެޗުގެ 90 ވަަނަ މިނިޓްގައި ކޭން އެވެ. މިއީ ލީގުގައި ކޭން ޖެހި 22 ވަނަ ގޯލެވެ. ސީޒަންގެ އެއް ބައިގައި، މީގެ ކުރިން މި އަދަދަށް ގޯލު ޖެހީ ބަޔާންގެ ކުރީގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ވަނީ 16 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބަޔާން އަށް ވަނީ 16 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox