މޯލްޑިވިއަން އެއާލައިންގެ ކުންފުނި އައިލެންޑް އޭވިއޭޝަންގެ ޗެއާމަންގެ މަގާމަށް ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަގާމު ފުރުއްވި މުހައްމަދު މިހާދު ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާދު ހަމަޖެއްސީ 2021 ވަނަ އަހަރު ޖެނުއަރީގަ އެވެ.
މިހާރު އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައިވާ މިހާދަކީ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަން އޭނާ ކުރެއްވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެންބަރު ކަން ވެސް ކުރެއްވި އެވެ.
އޮސްޓްރޭލިއާގެ އެޑިތް ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު އަދި ސިންގަޕޫރުގެ ބީއެމްސީ ކޮމާޝަލް ޓްރެއިނިން ސެންޓަރުން ޑިޕްލޮމާ އިން އެކައުންޓިން އެންޑް ބިޒްނަސް ސްޓަޑީޒް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.








