އެފްއޭ ކަޕް: ސިޓީ ކުރިއަށް، ލިވަޕޫލުން އާސެނަލް ކަޓުވާލައިފި

Jan 7, 2024, 7:42 PM
އެފްއޭ ކަޕް: ސިޓީ ކުރިއަށް، ލިވަޕޫލުން އާސެނަލް ކަޓުވާލައިފި

ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ހަޑްސްފީލްޑް ޓައުން އަތުން 5-0 މޮޅުވެ، މެންޗެސްޓާ ސިޓީން މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދިއިރު، ލިވަޕޫލުން ރަށުންބޭރުގައި 2-0 އިން މޮޅުވެ، އާސެނަލް ކަޓުވާލައިފި އެވެ.

ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެންމެ ހާއްސަވީ، 149 ދުވަހަށް ފަހު، އަނިޔާއިން ރަނގަޅުވެގެން އައި، އެ ޓީމުގެ ކެޕްޓަން، ކެވިން ޑި ބްރޭނާ އަށެވެ. އޭނާ ވަނީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި ކުޅެން އަރައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗަށް ފަހު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީން ފުރަތަމަ ހާފު ނިންމާލީ ފިލް ފޯޑެން އާއި ޖޫލިއަން އަލްވަރޭޒްގެ ލަނޑުތަކާ އެކު، ދެ ގޯލުން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ފޯޑެން ވަނީ ސިޓީ އަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. ސިޓީން މި މެޗުގައި ޖެހި އެއް ގޯލަކީ، ހަޑްސްފީލްޑްގެ ބެން ޖެކްސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސިޓީން ޖެހި ފަހު ލަނޑަކީ، ޑި ބްރޭނާ ދިން ބޯޅައަކުން ޖެރެމީ ޑޮކޫ ކާމިޔާބުކުރި ގޯލެކެވެ. ޑޮކޫ ވެސް މި މެޗުގައި ކުޅެފައިވަނީ އަނިޔާއަކުން ރިކަވާވެގެން އައިހެވެ.

އަލުން ކުޅެން ނުކުތް، ޑި ބްރޭނާ އަށް މި މެޗުގައި ސިޓީގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

ޑި ބްރޭނާ ކުޅެން ނުކުތުމުން ރުބެން ޑިއާސް (ވ) ކެޕްޓަން ބޭންޑް ހަވާލުކުރަނީ.

އާސެނަލް ދަނޑުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި އެ ޓީމުން ކުޅުނީ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިޔަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އާއި އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުނު ވާޖިލް ވެން ޑައިކް، އެންޑީ ރޮބަޓްސަން އަދި ޑޮމިނިކް ސޮބޯސްލާއި ނުލަ އެވެ.

އާސެނަލުން މެޗުގައި ލީޑުނަގަން ކުރި އެޓޭކެއްގައި އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ޖެހި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، ކައި ހަވާޓްޒް އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ބޯޅަ ގޯލަށް ފޮނުވާނުލެވުނެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް ޖެހި ޝޮޓެއް ހުރަސްދަނޑިއަށް އަމާޒުވި އެވެ.

ދެ ވަނަ ހާފުގައި ބަދަލުތަކާ އެކު، ލިވަޕޫލްގެ ކުޅުން ރަނގަޅުވިއިރު، ލިވަޕޫލުން ލީޑުނެގީ، 80 ވަނަ މިނިޓްގަ އެވެ. އާނޯލްޑް ހިލޭ ޖެހުމަކުން ނެގި ބޯޅައެއް ގޯލަށް ވަނީ އާސެނަލްގެ ޑިފެންޑަރު، ޔަކޫބް ކީވިއޯ ބޮލުގައި ޖެހިފަ އެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، ކައުންޓަ އެޓޭކެއްގައި ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ލުއިޒް ޑިއާޒް އެވެ. މި މެޗުގައި ޑިއާޒް ފޮނުވާލި ރަނގަޅު އެއް ހަމަލާއެއް، އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ހުއްޓުވި ނަމަވެސް، އިތުރު ވަގުތުގައި ލިބުނު ފުރުސަތުން ޑިއާޒް ޖެހި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.

އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މިރޭ ޕްރިމިއާ ލީގުގެ ތިން ޓީމެއް ކުޅުނު މެޗުތައް އެއްވަރުވެ، ރީޕްލޭ އަކަށް ވަނީ ދާން ޖެހިފަ އެވެ. އެ ގޮތުން، ލޫޓަން ކުޅުނު މެޗުން ވަނީ ބޯލްޓަންއާ 0-0 އިން އެއްވަރުވެފަ އެވެ. ނޮޓިންހަމް ފޮރެސްޓް ވަނީ އަމިއްލަ ދަނޑުގައި ބްލެކްޕޫލާ 2-2 އިން އެއްވަރުވެފަ އެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑް، އަމިއްލަ ދަނޑުގައި ބްރިސްޓޯލް ސިޓީއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox