ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި

ޑިމޮކްރެޓްސް އިން ބޭއްވި އެތެރޭގެ އިންތިހާބެއްގައި މީހަކު ވޯޓުލަނީ: ފެބްރުއަކީ 4، ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ޖެހޭ މެމްބަރުންނަށް އެ އިންތިހާބުގައި ވާދަ ކުރެވޭނެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓްސް އިން ބޭއްވި އެތެރޭގެ އިންތިހާބެއްގައި މީހަކު ވޯޓުލަނީ: ފެބްރުއަކީ 4، ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ޖެހޭ މެމްބަރުންނަށް އެ އިންތިހާބުގައި ވާދަ ކުރެވޭނެ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަން ބާއްވާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޑިމޮކްރެޓްސް ގެ މަޖިލިސް ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ 17، ވަނަ ދުވަހު އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލިމުށް އެދޭ މެމްބަރުންނަށް އެ ފުރުސަތު، މިއަދުން ފެށިގެން ފެބްރުއަރީ 4، ގެ ހަވީރު 16:00 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން މި ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ޑިމޮކްރެޓްސްގެ މެމްބަރުންނަކީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށް ވާންޖެހޭ އެވެ.

ވާދަ ކުރަން ހުށަހަޅާ މެންބަރުންނަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާން ޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އޭގެ އިތުރުން އެ ޕްރައިމަރީގައި ވޯޓު ލެވޭނީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށް ކަމަށް ވެސް ޑިމޮކްރެޓްސްއިން ބުންޏެވެ.

ޑިމޮކްރެޓްސް އިން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބޭ މެމްބަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލެވޭނީ ފެބްރުއަރީ 6، ވާ އަންގާރަ ދުވަހު ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަޑިއެއް ކަމަށް ކަނޑައެޅިފައިވަނީ ފެބްރުއަރީ 10، ވަނަ ދުވަހުގެ ހަވީރު 16:00 ކަމަށާއި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް އާއްމުކުރާނީ ފެބްރުއަރީ 11، ވާ އާދިއްތަ ދުވަހު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox