ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ގުރު ނެގުމުގެ ތެރެއިން؛ ގޯތީގެ ރަޖިސްޓްރީ އާއި އެގްރީމެންޓު ހަވާލުކުރުން މަޑު ޖެހުމަކަށް ފަހު އަލުން ހަވާލުކުރަން ފަށައިފި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ގުރު ނެގުމުގެ ތެރެއިން؛ ގޯތީގެ ރަޖިސްޓްރީ އާއި އެގްރީމެންޓު ހަވާލުކުރުން މަޑު ޖެހުމަކަށް ފަހު އަލުން ހަވާލުކުރަން ފަށައިފި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީ ހަވާލު ނުކުރެވިވާ ފަރާތްތަކަށް އިއްޔެ އިން ފެށިގެން ރަޖިސްޓްރީ އާއި ބިން ހަވާލު ކުރަން ފަށައިފި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް ދާން ޖެހޭ ތަނާއި ހާޒިރުވާން ޖެހޭ ގަޑި ގޯތީގެ ވެރިފަރާތަށް އެސްއެމްއެސް އަކުން އަންގާނެ ކަމަށެވެ.

ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީއެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ އެކަން އަންގައިދިނުމަށް ވެސް ހައުސިން މިނިސްޓްރީން އެދިފައިވެ އެވެ.

ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ 9000 އަށް ވުރެ ގިނަ ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ.

ސަރުކާރު ނިމުނުއިރު، 2000 އަށް ވުރެ ގިނަ ރަޖިސްޓްރީއާ ހަވާލުވުމަށް މީހުން ހާޒިރު ނުވާ ކަމަށް އޭރު ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން މި ފެށީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެ ރަޖިސްޓްރީތައް ދޫކުރަން ނުފަށައިގެން، ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިދިޔަ އަންގާރަ ދުވަހު ވަދެ މުޒާހަރާ ކޮށްފައިވަނިކޮށެވެ.

އެކަމާއި ގުޅިގެން އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ހަފުތާ އާއި އަންނަ ހަފުތާގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށެވެ. ގޯއްޗާއި ފްލެޓުގެ ބައެއް މައްސަލަތައް އެ އޭސީސީއިން ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox