ކިޔަވައިގެން އަންނަ ޕައިލެޓުންނަށް ވަޒީފާ ނުލިބުން ގައުމީ މައްސަލައަކަށް ވެދާނެ: މިނިސްޓަރު އަމީން

ޓްރާންސްޕޯޓް މިނިސްޓަރު އަމީން; ކިޔަވައިގެން އަންނަ ޕައިލެޓުންނަށް ވަޒީފާ ނުލިބި ގައުމީ މައްސަލައަކަށް ވެދާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/އަދަދު

ޓްރާންސްޕޯޓް މިނިސްޓަރު އަމީން; ކިޔަވައިގެން އަންނަ ޕައިލެޓުންނަށް ވަޒީފާ ނުލިބި ގައުމީ މައްސަލައަކަށް ވެދާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/އަދަދު

ގިނަ އަދަދެއްގެ ދަރިވަރުން ޕައިލެޓްކަން ކިޔަވައިގެން އައިސް, ވަޒީފާ ނުލިބި ތިބެން ޖެހުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގައުމީ ބޮޑު މައްސަލައެއް ފެންމަތިވެދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން އިޝާރާތް ކުރެއްވީ ކުރީ ސަރުކާރުގައި ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން ޕައިލެޓްކަން ކިޔަވަން 479 ދަރިވަރުންނަށް ލޯނު ދިނުމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ޕައިލެޓް ޓްރެއިނިން ހަދަމުންދާ ކުދިންގެ އަދަދަށް ބަލާއިރު, މިކަމަކީ ގައުމީ ބޮޑު މައްސަލައަކަށް ކުރިއަށް އޮތް އަހަރެއް ދެ އަހަރެއްހާ ދުވަސް ތެރޭގައި ވާނެ ކަމަށް ލަފާ ކުރެވޭ, ނޫނީ ޔަގީންކުރެވޭ މައްސަލައެއް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ސިޔާސީ ގޮތް އެކަހެރިކޮށް, ސިވިލް އޭވިއޭޝަނުގެ ޒިންމާ ނަގާފައި އޮތް ނަމަ މިކަން ބޮޑު މައްސަލައަކަށް ނުވާނެ އެވެ. އަދި މިކަމުގެ ސަބަބުން ނިކުމެދާނެ ނަތީޖާ, ބެލެނިވެރިންނާއި ދަރިވަރުންނަށް ކިޔައިދިނުމަކީ ސިވިލް އޭވިއޭޝަނުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ގައުމެއްގެ ނިސްބަތުން ސްކޮލާޝިޕް ސްކީމުތަކަށް ހުޅުވާލަން ވާނީ އެ ގައުމަކަށް ބޭނުންވާ ނުވަތަ ކިޔަވައިގެން އަންނަ ކުދިންނަށް ފުރުސަތުތަކެއް ވެސް އޮންނާނެ ގޮތަކަަށް ސަރުކާރުގެ ނިޒާމު ބައްޓަން ކުރެވިގެން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 400 ސްކޮލާޝިޕަށް ހުޅުވާލިއިރު 60 ކެޑޭޓް ޕައިލެޓުން ވަޒީފާ ނުލިބިފައި ރާއްޖޭގައި ތިބި ކަމަށާއި އެ ފުރުސަތު ހުޅުވަލިއިރު 200 ކުދިން ދުނިޔޭގެ އެކި ތަންތަނުގައި ޕައިލެޓް ޓްރެއިނިން ހަދަން ތިބިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވަނީ ޕައިލެޓް ޓްރެއިނިން ހަދައިގެން އަންނަ ދަރިވަރުންނަށް ދޭނެ ވަޒީފާއެއް ރާއްޖޭގައި ނެތްކަން ފާހަގަކުރައްވާފަ އެވެ.

"ޓްރެއިނިން ހަދައިގެން އަންނަ ކުދިންނަށް ރާއްޖެއިން ކިހާވަރަކަށްތޯ ވަޒީފާ ދެނީ. އެއްވެސް އެއާލައިނަކަށް ހުރިހާ ކެޑޭޓް ޕައިލެޓުން ލައިގެންނެއް އެއާލައިނެއް ނުހިންގޭނެ. ވަޒީފާގެ ފުރުސަތު ހުޅުވާލެވެމުން ދަނީ މޯލްޑިވިއަނާއި ޓީއެމްއޭއިން. މި ދެ ބައި މީހުންގެ ތަފާސްހިސާބުވެސް އެވްރެޖްކޮށްލީމަ 30 އަށްވުރެ މައްޗަކަށް ނާރާ ވަޒީފާގެ އަދަދު،" އަމީން ވިދާޅުވި އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަމީން ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކެޑޭޓް ޕައިލެޓުންނަށް ވަޒީފާ ނުލިބޭ ކަމަށެވެ. އޭގެ ސަބަބަކީ ހުރިހާ ގައުމެއްގައި ވެސް ކެޑޭޓް ޕައިލެޓުންގެ ބޮޑު ބެކްލޮގެއް އޮންނާތީ އެ ގައުމުތަކުން އެ ގައުމެއްގެ ކުދިންނަށް އިސްކަންދޭތީ ކަމަށް އަމީން ވިދާޅުވި އެވެ.

ދިއޭވިއޭޝަންގެ އެންޓްރީ ލެވެލްގެ ޓްރެއިނިން ހަދައިގެން އަޔަސް ތަޖުރިބާ ނެތުމުން ވަޒީފާ ނުލިބެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއާލައިނެއްގައި އުޅެފައި, ކެޕްޓަނުންނަށް ވީމަ ލިބޭނެ ފުރުސަތުތައް ވެސް ގިނަ ވާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު, ކުރީ ސަރުކާރުން ދީފައިވާ އެއްވެސް ސްޓޫޑެންޓް ލޯނެއް އަތުނުލާން ވަނީ ނިންމާފަ އެވެ. އަދި އެއް ދާއިރާއަކުން ގިނަ ދަރިވަރުންނަށް ލޯނު ލިބުމުން, އޭގެ ތެރެއިން ބައެއް ދަރިވަރުން މިހާރު ދަނީ ކިޔަވަން ބޭނުންވާ ދާއިރާ ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox