ޑޮމެއިން ވިއްކަން ޓްރާންސްޕޯޓު މިނިސްޓްރީން އަލުން ފަށަނީ

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން : ޓްރާންސްޕޯޓު މިނިސްޓްރީން ޑޮމެއިން ވިއްކަން އަލުން ފަށަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން : ޓްރާންސްޕޯޓު މިނިސްޓްރީން ޑޮމެއިން ވިއްކަން އަލުން ފަށަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެއްގަމު އުޅަނދުތަކަށް ޑޮމެއިން ވިއްކަން އަލުން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޑޮމެއިންގެ މައްސަލައަކީ އޭނާ މިނިސްޓަރުކަމާ ހަވާލުވިއިރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 200 އެއްހާ ޑޮމެއިންއާ ގުޅޭ ހިދުމަތްތަކަށް އެދިފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ހާމަކުރެއްވި އެވެ.

އަދި، ކުރީގެ ސަރުކާރުން އެ ހިދުމަތް ހުއްޓުވާފައި އޮތް ނަމަވެސް ރަނގަޅު ގޮތުގައި ޑޮމެއިން ނަގާފައިވާ ފަރާތްތަކަށް އެކަމާ ގުޅޭ ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތުން އެ މަސައްކަތް މިހާރު ވާނީ މިނިސްޓްރީގެ ތެރޭގަ ފެށިފަ، އެ 200 ފަރާތަށް ސީދާ އެ ހިދުމަތް ނުދެވުނު ނަމަވެސް ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ޑޮމެއިންގެ ހިދުމަތް އަޅުގަނޑުމެން ސަރުކާރާ ހަވާލުވިފަހުން ވާނީ ފަށާފަ" އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން، ކުރީ ސަރުކާރުން ދޫކޮށްފައިވާ ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރުކުރާނެ ގޮތެއް ހޯދުމުގެ މަޝްވަރާ ފެށިފައިވާ ކަމަށް ވިދާޅުވެ އަމީން ވަނީ ގަވާއިދުގެ ތެރެއިން އާންމުންގެ މައްސަލައެއް ނެތި ދޫކޮށްފައިވާ ޑޮމެއިންތައް ކެންސަލް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"އަޅުގަނޑުމެން ޑޮމެއިންގެ ހިދުމަތް ފަށާނަން ވަރަށް އަވަހަށް، ގާތްގަނޑަކަށް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގަ އަޅުގަނޑުމެން ޑޮމެއިންގެ ހިދުމަތް ފަށާނަން"

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ހިދުމަތް ދެން ފަށާނީ ޒަމާނަށް ފެތޭ ތަފާތު ކޮންސެޕްޓަކާ އެކީގައި ކަމަށެވެ.

ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަން ފާހަގަކުރިގެން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުން ހުއްޓުވީ މިދިޔަ ސަރުކާރުގައި ރައީސް އޮފީހުންނެވެ.

އޮގަސްޓު 29، 2023 ގައި އޭރުގެ މިނިސްޓަރު އައިޝަތު ނަހުލާއަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ޑޮމެއިން ގަވާއިދުގައިވާ ފަދައިން ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައި ނެތުމާއި، އާންމުކޮށް އިއުލާން ކުރުމެއް ނެތި ޑޮމެއިން ވިއްކުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox