ސައުދީ ޕްރޯ ލީގު: މި ފަހަރު ވެސް ފޯކަސް އަގުބޮޑު ޓްރާންސްފާ ތަކަކަށް

Jan 3, 2024, 4:52 AM
ސައުދީ ޕްރޯ ލީގު: މި ފަހަރު ވެސް ފޯކަސް އަގުބޮޑު ޓްރާންސްފާ ތަކަކަށް

ރިޔާދު (ޖެނުއަރީ 3) - ސައުދީ ޕްރޯ ލީގާ މެދު އާންމުން ދެކޭ ގޮތް ބަދަލުކޮށްލީ ކުރިން ޔޫރަޕްގެ ބޮޑެތި ކުލަބްތަކުގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރި، ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، މީގެ އެއް އަހަރު ކުރިން، ސައުދީގެ ކުލަބް އަލް ނަސްރަށް ސޮއިކުރި ހިސާބުންނެވެ.

މިދިޔަ އަހަރު ގަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު މީޑިއާގެ ފަލަ ސުރުހީން ޖާގަ ހޯދީ ރޮނާލްޑޯގެ އެ ޓްރާންސްފާ އެވެ.

ރޮނާލްޑޯގެ އެ ޓްރާންސްފާ އަށް ފަހު ސައުދީ ޕްރޯ ލީގުގެ ކުލަބްތަކުން ވަނީ ޔޫރަޕްގެ ބޮޑެތި ނަންތަކަށް ޓާގެޓް ކޮށްފަ އެވެ. އެ ގޮތުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެކަނި ވެސް ސައުދީގެ ކުލަބްތަކުން ވަނީ ބޮޑު އަގުގައި ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ތަރި ނޭމާ , ރެއާލް މެޑްރިޑްގެ އޭރުގެ ކެޕްޓަން ކަރިމް ބެންޒެމާ ވެސް ވަނީ ސައުދީގެ ކުލަބްތަކާ ގުޅިފަ އެވެ.

މީގެ އިތުރުން ވެސް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މިދިޔަ ޓްރާންސްފާ މާކެޓުގައި ސައުދީގެ ޓީމުތަކާ ވަނީ ގުޅިފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ވެސް ސައުދީގެ ކުލަބްތަކުން އަންނަނީ ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންނަށް ފާރަލަމުންނެވެ.

ކީލިއަން އެމްބާޕޭ

ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ހަ މަސް އޮތްއިރު, ކީލިއަން އެމްބާޕޭ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށްފި ނަމަ ޕީއެސްޖީން އޮތީ އޭނާ ވިއްކާލަން ތައްޔާރަށެވެ. އެމްބާޕޭ ގަތުމަށް މި ފަހަރުގެ ޓްރާންސްފާ މާކެޓުގައިވެސް މިދިޔަ ތިން ޓްރާންސްފާ މާކެޓެކޭ އެއްގޮތައް ރެއާލުން ބިޑް ކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު، ރެއާލުން މި ފަހަރު އެމްބާޕޭ ހޯދަން ހުށަހަޅާނީ މިދިޔަ ފަހަރު ތަކުގައި ހުށަހެޅި ބިޑަށްވުރެ ކުޑަ ބިޑެއް ކަމަށް ބެލެވެ އެވެ.

ރެއާލްގެ އިތުރުން މިދިޔަ ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ހޯދުމަށް ސައުދީގެ ކުލަބް އަލް ހިލާލުން ވަނީ 300 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ.

އެކަމަކު، އެމްބާޕޭ އެ ފަހަރު ވަނީ ސައުދީގެ ކުލަބަކަށް ބަދަލުވާން ބޭނުން ނުވާކަން ހާމަކޮށްފަ އެވެ. އަލް ހިލާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ވެސް އެމްބާޕޭ ހޯދަން ބިޑް ކުރާނެ ކަމަށް ބެލެވެ އެވެ. އެ ގޮތުން ހިލާލުން އަންނަނީ އެމްބާޕޭ ހޯދަން 350 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހަޅަން ތައްޔާރު ވަމުންނެވެ.

ލޫކާ މޮޑްރިޗް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗް 38, އަށް މިދިޔަ ޓްރާންސްފާ މާކެޓުގައި ވެސް ސައުދީގެ ކުލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ކުލަބްތަކުން ވަނީ އޭނާ ހޯދުމަށް ބިޑްވެސް ކޮށްފަ އެވެ. އެކަމަކު، އެ ފަހަރު މޮޑްރިޗް ވަނީ އޭނާ ރިޓަޔާ ކުރަން ބޭނުން ވަނީ ރެއާލްގައި ހުރެ ކަމަށް ބުނެ އެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފަ އެވެ.

އެހެން ނަމަވެސް، މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ވެސް މޮޑްރިޗް ހޯދުމަށް ސައުދީގެ ކުލަބްތަކުން ބިޑް ކުރާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީގެ އަލް ހިލާލް އަދި އަލް ނަސްރެވެ.

ކަސެމީރޯ

ބްރެޒިލްގެ ޑިފެންސިވް މިޑްފިލްޑަރު ކަސެމީރޯ އަކީވެސް ސައުދީ ޕްރޯ ލީގަށް މި ޓްރާންސްފާ މާކެޓްގައި ބަދަލުވާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކަސެމީރޯ ހޯދުމަށް ޔޫރަޕްގެ ބައެއް ކުލަބުތަކުން ވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ރެއާލާ އެކު ފަސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކަސެމީރޯ ވިއްކާލަން ޔުނައިޓެޑުން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކަަސެމީރޯ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކުލަބް ނަސްރުން އަންނަނީ ބިޑް ކުރުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ވެއްޖެ ނަމަ ކަސެމީރޯ އަށް އަލުން ރޮނާލްޑޯއާ އެކު ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ޖޭޑަން ސަންޗޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްއާ ޖެހުނު މައްސަލައަކަށްފަހު އިނގިރޭސި ވިންގް، ޖޭޑަން ސަންޗޯ އަށް ޔުނައިޓެޑްގެ ސްކޮޑުން ޖާގަ ނުލިބެ އެވެ. މި ޓްރާންސްފާ މާކެޓުގައި ސަންޗޯ އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ. އަދި ސަންޗޯ ހޯދުމަށް އިޓަލީގެ ޔުވެންޓަސްގެ އިތުރުން އޭނާގެ ކުރީގެ ކުލަބް ބޮރޫޝިއާ ޑޯޓްމަންޑުން ވެސް މަސައްކަތް ކުރެ އެވެ. ޑޯޓްމަންޑުން ވަނީ ސަންޗޯ ހޯދަން ލޯން ޑީލެއް ވެސް ހުށަހަޅައިފަ އެވެ.

އެހެން ނަމަވެސް، ލޯން ޑީލަކަށް ސަންޗޯ ދޫކޮށްލުމުގެ ބަދަލުގައި ޔުނައިޓެޑުން ވިސްނާނީ ދާއިމީ ކޮންޓްރެކްޓް އަކަށެވެ. ސައުދީގެ ހިލާލުން އަންނަނީ ސަންޗޯ ހޯދުމަށް ބިޑެއް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ. އެ ގޮތުން، ސަންޗޯ ހޯދުމަށް ހިލާލުން 90 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. މި ޑީލަށް ޔުނައިޓެޑުން ރުހުނަސް ފަހު ބަސް ބުނުމުގެ އިހުތިޔާރު އޮންނާނީ ސަންޗޯ އަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox