މާލޭގެ ގޯތިތައް އިމާރާތް ކުރެވޭނެ ފަންޑެއް އުފެއްދުމަށް ސައިފްގެ މެނިފެސްޓޯގައި ހިމަނައިފި

ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ސައިފް ފާތިހު ކުޑަ ދެ ކުދިންނާ ވާހަކަ ދައްކަނީ -- ފޮޓޯ/ ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ސައިފް ފާތިހު ކުޑަ ދެ ކުދިންނާ ވާހަކަ ދައްކަނީ -- ފޮޓޯ/ ދަ ޑިމޮކްރެޓްސް

މާލޭގައި ނުހެދިހުރި ގޯތިތައް ހެދުމަށް ބޭނުންވާ ފައިސާ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް، މާލޭ ސިޓީ ކައުންސިލް ހިއްސާވާ ފަންޑެއް އުފެއްދުމަށް، ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދާ ކުރައްވާ މުހައްމަދު ސައިފް ފާތިހުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މިއަދު އާންމު ކުރި ސައިފްގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ކައުންސިލް ހިއްސާވާ ގޮޮތަށް އުފައްދާ ފަންޑުން މާލޭގައި ގެދޮރު ނުހެދި ހުރި ފަރާތްތަކަށް ހަ ޕްސެންޓަށް ވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރެވޭނެ އެވެ. މިކަން ހިމަނާފައިވަނީ 18-30 މަސް ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގަ އެވެ.

މާލެ ސަރަހައްދުގައި ކުލީގެ ގޮތުގައި ހަރަދުކުރާ މިންވަރު، އާއިލާއަކަށް ލިބޭ އަމްދަނީގެ 33 ޕަސެންޓަށްވުރެ ބޮޑުވިޔަ ނުދިނުމަށް ހައުސިން ސަބްސިޑީ ނިޔާމެއް ގާއިމު ކުރުމަށް ވެސް، މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ ސައިފްގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

Advertisement

ސައިފްގެ މެނިފެސްޓޯގައި ހިމެނޭ ބައިތައް

  1. ބޯހިޔާވަހިކަމާއި މަސްތުވާތަކެތި
  2. މަގުތައް
  3. އާންމު ވެއްޓާއި ވަސީލަތްތައް
  4. ޕްރިގްރާމްތަކާއި ޕްރޮޖެކްޓްތައް
  5. ހިންގުމާއި ހިދުމަތްތައް
  6. ލޭންޑް ޔޫސް ޕްލޭން (ވިލިމާލެ، ހުޅުމާލެ)

ސައިފްގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންތައްތައް

  • ބަދަލުގައި އެހެން ގޯއްޗެއް ލިބޭ ގޮތަށް، މާލޭގެ އެންމެ ތޮއްޖެހިފައިވާ ސަރަހައްދު ތަކުން ސިޓީ ކައުންސިލަށް ގޯތި ދެވޭނެ އުސޫލެއް ހަމަޖައްސައި އެގޮތުން ހުސްކުރެވޭ ބިންތައް އާންމު ބޭނުމަށް ބޭނުން ކުރެވޭނެ ގޮތް ހެދުން
  • މާލެ ސަހަރައްދުގައި ގާއިމު ކުރެވޭ ކޮންމެ ޕަބްލިކު ހައުސިން ސްކީމްގެ ތެރެއިން 10، ކައުންސިލް ހައުސިން އަށް އެކަށައެޅުން
  • މާލޭގެ ދެ ސަރަހައްދެއްގައި ރީހެބް ގައިމު ކުރުން
  • މާލޭގެ މަގުތައް ގިންތިކޮށް، މަގުތަކުގެ ވެހިކަލް ކެރީން ކެޕެސިޓީ ކަނޑައެޅުން
  • މާލޭގެ 10 ސަރަހައްދެއްގައި ޕާކިން އިމާރާތް ހެދުން
  • ބިދޭސީން މިނޮޓާކުރުމުގައި ކައުންސިލްގެ ދައުރު ފުޅާކުރުން
  • ޑީ ވޯޓަރިން ބެނުމަށް، މާލޭގައި ދާއިމީ ނެޓްވޯކެއް ގާއިމު ކުރުން
  • ރޭގަނޑު 8:00 ގެ ފަހުން ކޮންސްޓްރަކްޝަން މަސައްކަތް ކުރުން މަނާކުރުން
  • މާލޭ އިންޖީނުގެ ސިނާއީ ސަރަހައްދަށް ބަދަލުކުރުން
  • އީ-ބައިކް ތައާރަފު ކުރުން
  • މާލޭގައި ކުރާ އިންޑަސްޓްރިއަލް މަސައްކަތްތައް، އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުން
  • ސޯލާ ޕެނަލް ފައިނޭންސިން ޕްރޮޖެކްޓެއް އަމިއްލަ ގެދޮރުގައި ހިންގުން
  • މާލޭގެ ފަޔާ ރިސްކް އެސެސްމަންޓެއް ހެދުން
  • ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައިވާ މާލެގެ ބިންތައް އަނބުރާ ހޯދުން
  • ކޮންމެ އަވަށެއްގައި ހިލޭ ގްރުއާން ކުލާސް ހިންގުން
  • އަވަށްު އޮފީސްތައް ހެދުން
  • ފައިންޖަރުން މާލެ އަށް ފައިބަން އޮންނަ ތޮށިމަތި ހިޔާކުރުން
  • ވެސްޓް ޕާކުން ފެށިގެން ނަސަންދުރަ އާ ހަމައަށް މަގު ފުޅާކޮށް، މާލެ އަށް އަރާ ފޭބުން ފަސާހަ ކުރުން
  • ގަލޮޅު ބޯޅަދަނޑު އަލުން ތައްގީކުރުން
  • އެކުވެނި އައުޓްޑޯ ސަރަހައްދު ތަރައްގީ ކުރުން
  • ވިލިމާލެ ފެހި ކުރުމާއި ފުނަވާ ހިމާޔަތްކުރުން
  • ހުޅުމާލޭގެ މަގުތައް އާމްތަނަކަށް ހެދުމާއި، ހުޅުމާލޭގެ ކަންކަން ފެސޭހަ ކުރުން

މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާ ސައިފްގެ މެނިފެސްޓޯގައި މާލޭގެ ސާފުތާހިރުކޮށް ބޭއްވުމާއި ފެހި ކުރުމާއި އަދި ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ފުޅާކޮށް ފަސޭހަ ކޮށްދިނުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox