ފައިސާ ނުދައްކާތީ، ބާސެލޯނާ އިން އިންވެސްޓަރަކާ ދެކޮޅަށް ދައުވާކުރަނީ

Jan 3, 2024, 3:22 AM
ފައިސާ ނުދައްކާތީ، ބާސެލޯނާ އިން އިންވެސްޓަރަކާ ދެކޮޅަށް ދައުވާކުރަނީ

ބާސެލޯނާ (ޖެނުއަރީ 3) - ޖަރުމަންގެ އިންވެސްޓަރުންތަކެއް ބާސެލޯނާ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލައެއްގައި އެ ކުލަބުން އިންވެސްޓަރަކާ ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.

މިދިޔަ ޖޫން މަހު ބާސެލޯނާއާ އެކު ޖަރުމަންގެ ލިބޭރޯ ކުންފުނިން ސޮއިކުރީ 60 މިލިއަން ޔޫރޯގެ ޑީލެއްގަ އެވެ. ނަމަވެސް މީގެ ތެރެއިން މިހާތަނަށް ދައްކާފައިވަނީ 20 މިލިއަން ޔޫރޯ އެވެ.

މި ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި ދެ ކުޅުންތެރިންކަމަށްވާ ޔޮއާއޯ ކާންސެލޯ އާއި ޔޮއާއޯ ފެލިކްސްގެ ޑީލް އަށް ސްޕެނިޝް ލަލީގާ އިން ހުއްދަދިނީ، ލިބޭރޯ އިން ފައިސާ ދައްކާނެ ކަމަށް އެއްބަސްވުމުންނެވެ. ނަމަވެސް އެކުންފުންޏަށް ދެ ފަހަރެއްގެ މަތިން ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިންނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ.

ބާސެލޯނާ އިން މިހާރުވަނީ ކޯޓަށް މި މައްސަލަ ވައްދަން ނިންމާފަ އެވެ. ޖަރުމަންގެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރުމަށް މިހާރު އެ ކުލަބުން ވަނީ ނިންމާފަ އެވެ.

އިންވެސްޓަރުން ފައިސާ ނުދައްކާތީ ބާސެލޯނާ އިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ކުރިއަށް އޮތް ޓްރާންސްފާގައި ކުލަބުން އާ ކުޅުންތެރިން ހޯދުމަށް ހޭދަކުރެވޭނެ ގޮތްތައް މަދުވުމެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ކުލަބަށް އާ އިންވެސްޓަރުން ބޭނުންވެ އެވެ.

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ އާ އިންވެސްޓަރުން ހޯދޭނެކަމުގެ އިތުބާރު އެބައޮތް ކަމަށާއި، ބާސެލޯނާ އަށް ބޭނުންވާ ކުޅުންތެރިން ގަނެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އަށް އާ ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނީ އެ ކުލަބުގެ މާލީ ހާލަތު ރަނގަޅުކޮށްގެން ކަމަށް ލަލީގާ އިން ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox