ދުރު ރާސްތާ ޕްލޭނަކާ އެކު، އޭދަފުށްޓާއި ރިވައިވަލް ގުޅިއްޖެ

Jan 2, 2024, 4:37 AM
އޭދަފުށީ ބެޑްމިންޓަަން ކުޅުންތެރިންތަކެއް މި މަހު މެލޭޝިއާގައި ކުރިއަށްގެންދިޔަ ޓްރެއިނިންގެ ތެރެއިން ރިވައިވަލްގެ އޮފިޝަލުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.---

އޭދަފުށީ ބެޑްމިންޓަަން ކުޅުންތެރިންތަކެއް މި މަހު މެލޭޝިއާގައި ކުރިއަށްގެންދިޔަ ޓްރެއިނިންގެ ތެރެއިން ރިވައިވަލްގެ އޮފިޝަލުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.---

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް، ބެޑްމިންޓަންގެ ކަންކަން ކުރިއަށްގެންދާ ރިވައިވަލް ސްޕޯޓްސް ކްލަބުން، ބ. އޭދަފުށީގައި ބެޑްމިންޓަން އިތުރަށް ފުޅާކުރުމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން، "ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބްރާންޗް" ގެ މަސައްކަތް ފަށައިފި އެވެ.

މި މަހު އެއް ވަނަ ދުވަހުން ފެށިގެން، ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބްރާންޗްގެ ހަރަކާތްތައް ރަސްމީކޮށް ކުރިއަށްދާއިރު، މި ވަގުތު ވެސް 150 ކުދިން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެންމެ ބޮޑު އުންމީދަކީ އަރަމުން އަންނަ ކުޅުންތެރިންނަށް ވީ އެންމެ ރަނގަޅު ޓްރެއިނިން ފުރުސަތު ހޯދައިދިނުމާއި ގައުމަށް ކާމިޔާބާއި ރީތި ނަން ހޯދައިދޭން މަސައްކަތް ކުރާ އެތުލީޓުންނަށް މަގުކޮށައިދިނުން ކަމަށެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ، ރައީސް، މުހައްމަދު އިކްރާމް، ނައިބު ރައީސުންގެ ގޮތުގައި، މުހައްމަދު އާރިފް އާއި ހުސެއިން ޒަޔާން ޝަހީދު ޒަކީ އަދި ޖެނެރަލް ސެކްރެޓަރީ އަކަށް އިބްރާހިމް ޝަހީދު، ހަޒާންދާރަކަށް އައިޝަތު ރިސްމީ އަދި މެމްބަރުންގެ ގޮތުގައި، ހުސެއިން މުހައްމަދު އާއި ހުސެއިން ރަމީޒް އެވެ.

ރިވައިވަލް އޭދަފުށީ ބްރާންޗުން ކުރިއަށްގެންދާނެ ފުރަތަމަ ބޮޑު ހަރަކާތަކީ، މި މަހު 18-20 އަށް އޭދަފުށީގައި ބާއްވާ އޯޕަން ބެޑްމިންޓަން މުބާރާތެވެ. އޭދަފުށި ޖޫނިއާ އޯޕަންގެ ނަމުގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ 9 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު ފެށި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ދަތުރުގައި މިހާތަނަށް ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފަ އެވެ. ރާއްޖޭގެ ގައުމީ ލެވަލްގެ މުބާރާތްތަކުން، ގިނަ މެޑަލްތަކެއް ހޯދިއިރު، ބައިނަލްއަގުވާމީ ލެވަލްގައި ވެސް ވަނީ ކާމިޔާބު ހޯދައިފަ އެވެ. ޑިވެލޮޕްމަންޓް މަސައްކަތްތަކަށް ފޯކަސްކޮށް، އޭދަފުށީގައި ރިވައިވަލް އިން މި ފެށި ޕްރޮޖެކްޓް ކުރިއަށް އޮތްތަނުގައި ފުޅާކުރުމުގެ ވިސްނުން ރިވައިވަލް އިން ގެންގުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox