ވިއްސާރާގައި ހުޅުމާލޭގެ ސިވިލް ކޯޓަށް ގެއްލުން; ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ މަރާމާތަށް ފަހު

ހުޅުމާލެ ކޯޓު، އިއްޔެގެ ވިއްސާރާގައި ހުޅުމާލޭގެ ސިވިލް ކޯޓުގެ ޑިވިޝަނަށް ގެއްލުން ލިބިފައިވޭ

ހުޅުމާލެ ކޯޓު، އިއްޔެގެ ވިއްސާރާގައި ހުޅުމާލޭގެ ސިވިލް ކޯޓުގެ ޑިވިޝަނަށް ގެއްލުން ލިބިފައިވޭ

އިއްޔެ ކުރި ވިއްސާރާގައި ހުޅުމާލޭގެ ސިވިލް ކޯޓު ޑިވިޝަނަށް ވާރޭގެ އަސަރުކޮށް، ބޭނުން ނުކުރެވޭ މިންވަރަށް ތަނަށް ގެއްލުން ވެއްޖެ އެވެ.

ހުޅުމާލެ ސިވިލް ކޯޓު ޑިވިޝަންގެ މީޑިޔާ އޮފިސަރު "އަދަދު"އަށް ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ ދެ ކޯޓު ރޫމަށް ވެސް ވާރޭގެ އަސަރުކޮށްފައިވާ ކަމަށެވެ.

ކޯޓޫ ރޫމްތައް ވެސް ބޭނުން ކުރެވޭނީ މަރާމާތު ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

""މިހާރު ޝަރީއަތްތައް ކުރިއަށް ގެންދާ ދެ ކޯޓު ރޫމަށް ގެއްލުން ވެފައި ހުރީ، ސީލިން ވެސް ވެއްޓިފަ އޮތީ، މުޅި ތަން އެއްކޮށް ހަޑިވެފައި، މަރާމާތުތަކަށް ފަހު ނޫނީ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ،" މީޑިއާ އޮފިސަރު ބުންޏެވެ.

ސިވިލް ކޯޓު ޑިވިޝަންގެ އޭސީތަކަށާއި ކަރަންޓު ބޯޑުތަކަށް ވެސް ވާރޭގެ އަސަރުކޮށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ މަރާމާތުތަކަށް ފަހުކަން ފާހަގަކުރި ނަމަވެސް، މަރާމާތުތައް ނިމޭނީ ކިހާ ދުވަހަކުން ކަން ބުނަން ނޭންގޭ ކަމަށް އޭނާ ބުންޏެވެ.

އިއްޔެ ކުރި ވިއްސާރާގައި މާލޭގެ ކްރިމިނަލް ކޯޓަށް ވެސް ގެއްލުން ލިބިފައިވެ އެވެ. މީގެ ކުރިން ވެސް ވިއްސާރަ މޫސުމުގައި ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ ހިދުމަތަށް ބުރޫ އަރާފައިވެ އެވެ.

ހުޅުމާލެ ކޯޓުން ހިދުމަތް ދޭން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox