ހުދުމުހުތާރުކަން އާލާވިޔަ ނުދޭނަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް -- ފޮޓޯ: އަދަދު

އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަންކުރާ ޕާޓީ، ޕީއެންސީއާ ބަދަލު ވެފައިވާއިރު، ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތާއިގެން އެމްޑީޕީ ދާނީކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީއާ ވަކިވެ ދިޔަ މަޖްލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވަން. މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތާއިގެން މާތްﷲ ގެ ވާގިފުޅާއެކު އެމްޑީޕީ ދާނީކުރި އަށް،" ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވި 13 މެމްބަރަކު ރޭ ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.

އެ މެމްބަރުން ޕީއެންސީއަށް ބަދަލުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ސޮއިކުރަން ރިޝްވަތު ދެމުންދާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ގޮނޑީގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ މަޖިލީހުގައި ތަމްސީލު ކުރައްވާ ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

ބައެއް މެމްބަރުން ގަތުމަށް ސަރުކާރުގެ ފަރާތުން ފައިސާ އާއި މަގާމު ހުށަހަޅާ ކަމަށް މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox