ބަދަލުވި މެމްބަރުން މީޑިއާއަށް ފިލައިފި

Dec 28, 2023, 7:17 PM
ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރެއްވި މެމްބަރުން. -- ފޮޓޯ: އަދަދު

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރެއްވި މެމްބަރުން. -- ފޮޓޯ: އަދަދު

އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ، ޕީއެންސީއަށް މިރޭ ބަދަލުވެ، އެ ޕާޓީގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވައި އެހެން މެމްބަރުން މީޑިއާއާ ވާހަކަ ނުދައްކައި "ފިލައިފި" އެވެ.

"ދިވެހީންގެ ފަށުން" ނަމުގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 13 މެމްބަރަކު ސޮއިކުރެއްވިކަން އިއުލާނު ކުރެއްވި އެވެ. އޭގެ ތެރެއިން 10 މެމްބަރަކު އެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

ޖަލްސާއަށް ފަހު މާލަމުގެ ތެރެއިން އެ ބޭފުޅުންނާ ސުވާލު ކުރަން މަސައްކަތް ކުރި ނަމަވެސް، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ފިޔަވައި އެހެން ބޭފުޅުން ވާހަކަ ވެސް ނުދެއްކެވި އެވެ.

ޝަހީމް ވިދާޅުވީ އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ދާއިރާގެ ރަށްތަކުގެ ކުރިއެރުމަށް ކަމަށެވެ.

މާލަމުގައި ހުރި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވިދާޅުވީ ސޮއިކުރެއްވި މެމްބަރުން މީޑިއާއާ ވާހަކަ ދައްކަވަން ބޭނުން ނުވި ކަމަށާއި އެ މެމްބަރުން ރައީސް މުއިއްޒާއެކު ވަޑައިގަތީ ދަރުބާރުގޭގައި ހުންނަ ކުޑަ މާލަކަށް ކަމަށެވެ. އެއާއެކު އެ ބޭފުޅުންނާ ސުވާލެއް ނުކުރެވުނެވެ.

ބަދަލުވި މެމްބަރުން

  1. މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް
  2. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
  3. މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
  4. އިސްދޫ ދާއިރާގެ އަލީ ހަމީދު
  5. ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  6. ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
  7. މަތިވެރި ދާއިރާގެ ހަސަން ޒަރީރު
  8. މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
  9. ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
  10. މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
  11. ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު (ރާޑޯ)
  12. ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން (ގިޓާ)
  13. ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox