ވަޒީރުންނަށް ރުހުން ނުދީ މަޖިލިސް ޗުއްޓީއަށް، ފަހު ދައުރުގައި ނިމުނީ 57 އިންސައްތަ މަސައްކަތް

މަޖިލިސް މެމްބަރުން ޖަލްސާގައި، ދައުރު ނިންމާލި އިރުވެސް ބޮޑެތި މަސައްކަތްތަކެއް ނުނިމި އެބަ ހުރި -- ފޮޓޯ: މަޖިލިސް

މަޖިލިސް މެމްބަރުން ޖަލްސާގައި، ދައުރު ނިންމާލި އިރުވެސް ބޮޑެތި މަސައްކަތްތަކެއް ނުނިމި އެބަ ހުރި -- ފޮޓޯ: މަޖިލިސް

މުހިންމު މަސައްކަތްތަކެއް ނުނިންމާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ނިންމާލައިފި އެވެ.

ތިންވަނަ ދައުރުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ތިންވަނަ ދައުރުގައި ކުރުމަށް ހުރި މަސައްކަތުގެ ތެރެއިން 57.3 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނިންމާލާފައި މިވަނީ، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ އެވެ. އޭގެ އިތުުރުން, މިނިސްޓްރީތަކުގެ މެންޑޭޓުތައް ފާސްކުރުމުގެ މައްސަލަ ވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. ވަޒީރުންނަށް ރުހުން ދެވެން އޮތީ މެންޑޭޓުތައް ފާސްކޮށްގެން ކަމަށް މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ހާމަކޮށްފައިވެ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ތިންވަނަ ދައުރުގައި ޖުމްލަ 38 ޖަލްސާއެއް ބާއްވައި ޖަލްސާތަކުގައި 93 ގަޑިއިރު ހޭދަކޮށްފައިވެ އެވެ.

އަދި، މި ދައުރުގައި ފަސް ބިލެއް ފާސްކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އެ ބިލު ތަކަކީ

  • އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކުންފުނީގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު އެވެ

"ކުރީ ސަރުކާރުން ހުށަހެޅި 14 ބިލެއް މި ސަރުކާރުން އަނބުރާ ގެންގޮސްފައިވޭ، މި ދައުރުގައި ހުށަހެޅި 25 ގަރާރުގެ ތެރެއިން 6 ގަރާރެއްގެ މަސައްކަތް ނިމިފައިވޭ، ކޮމެޓީތަކުގައި 17 ގަރާރެއް އަދި ބަހުސް މަރުހަލާގައި ދެ ގަރާރެއް އެބައޮތް،" އަސްލަމް ވިދާޅުވި އެވެ.

މި ދައުރުގެ ތެރޭގައި މަޖިލީހުގައި ކުރިއަށް ދިޔަ މުހިންމު ގަރާރުތަކުގެ ތެރޭގައި:

  • ދަރިމައިވުމުގެ މައްސަލައިގެ ފަރުވާ އާސަންދައގެ ދަށުން މިހާރަށްވުރެ ފަސޭހައިން، ފުޅާކޮށް ދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު
  • ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތަކުގެ ދިރާސާއެއް ހަދައި ކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލާ ގަރާރު
  • ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުޑަކުދިންގެ ރައްކާތެރިކަމަށް ދައުލަތުން މިހާރަށްވުރެ ސަމާލުވުމަށް ގޮވާލައި ހުށަހެޅި ގަރާރު
  • އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތައް ކުށްވެރިކޮށް، ހަމަލާ ތައް ހުއްޓުވުމަށް ގޮވާލައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ހުށަހަޅާ ގަރާރު ހިމެނެ އެވެ.

މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ކުރި 68 ސުވާލުގެ ތެރެއިން 51 ސުވާލުގެ މަސައްކަތް ނިމިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި 17 ސުވާލެއްގެ ނޯޓިސް ފޮނުވާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox