ބައްސާމް އަށް އެފްއޭއެމްގެ ރައީސްކަން ގެއްލިއްޖެ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ބައްސާމްގެ އެކްސްކޯގެ މެޖޯރިޓީ މެމްބަރުން އިސްތިއުފާދީފައިވާއިރު، އޭނާ އަށް މަގާމުގައި ކުރިއަށްދެވޭކަށް އަސާސީ ގަވާއިދުން ތަނެއް ނުދޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ބައްސާމްގެ އެކްސްކޯގެ މެޖޯރިޓީ މެމްބަރުން އިސްތިއުފާދީފައިވާއިރު، އޭނާ އަށް މަގާމުގައި ކުރިއަށްދެވޭކަށް އަސާސީ ގަވާއިދުން ތަނެއް ނުދޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް، އެކްސްކޯގައި ހިމެނޭ އިތުރު ތިން މެންބަރަކު އިސްތިއުފާ ދިނުމުން، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ގާނޫނީ އަދަދު ހަމަނުވާތީ ބައްސާމަށް މަގާމު ގެއްލިއްޖެ އެވެ.

ބައްސާމްއާ އެކު، މަސައްކަތް ކުރި ހިންގާ ކޮމިޓީން ފުރަތަމަ އިިސްތިއުފާ ދިނީ (އެފްއޭއެމް)ގެ ނައިބު ރައީސަކަށް ހުންނެވި، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮއްކީ) އާއި އެކްސްކޯ މެމްބަރު އަދި ކްލަބް ގްރީން ސްްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އެވެ. އެއީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

ކޮއްކީ އާއި މުއާބެގެ އިސްތިއުފާ އަށް ފަހު، އެފްއޭއެމް އިން އެ އެސޯސިއޭޝަންގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަކަށް ހުރި އަބްދުﷲ ޝިބާއު (ޝިބާ) ވަނީ ހިންގާ ކޮމިޓީ އަށް އައްޔަނުކޮށްފަ އެވެ. އެކަމަކު، އެ ނިންމުމުގެ އެއްކޮށް ފުރިހަމަ ކަމަށް ކަނޑައެޅޭނީ، ކޮންގްރެސްއެއް ބާއްވައިގެން އެ މެމްބަރު ކްލަބްތަކުން ފާސްކޮށްދީގެންނެވެ.

މި މަހު 15 ވަނަ ދުވަހު އިސްތިއުފާ ދޭން ނިންމައި، މިއަދު ސިޓީ ލާފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ، މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު، އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގައި ހިމެނޭ އަންހެން މެންބަރު، އާމިނަތު ޝާނީޒު (ޝާނީ) އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ، އެފްއޭއެމްގެ އެކްސްކޯއިން ފަސް މެމްބަރުން އިސްތިއުފާދިނުމާ އެކު ކޯރަމް ގެއްލޭނެ އެވެ. މާނަ އަކީ އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިބި ހަތަރު މެމްބަރުންނާ އެކު ގާނޫނީ އަދަދު ހަމަ ނުވާނެ އެވެ.

އެހެންކަމުން، މިއީ މިހާރު އެފްއޭއެމް ރައީސްގެ މަގާމުގައި ބައްސާމަށް އިތުރަށް ކުރިއަށްދިއުމުގެ ޖާގައެއް ނެތް ކަމަށް ބެލެވޭނެ ހާލަތެވެ.

އެކަމަކު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، ވިދާޅުވީ، ޝިބާއު، އެކްސްކޯ އަށް އައްޔަންކުރުމާ އެކު، ކޮންގްރެސްއަކާ ހަމައަށް ދިއުމާ ހަމައަށް އެކްސްކޯގެ ގާނޫނީ ނަމްބަރު ހަމަވާ ކަމަށެވެ. އެހެންކަމުން އަދިވެސް ބައްސާމް އަށް މަގާމުގައި ކުރިއަށް ދެވޭނެ ކަމަށް ޖައު ވިދާޅުވި އެވެ.

ބައްސާމާ އެކު، އެފްއޭއެމްގެ އެކްސްކޯގައި މި ވަގުތު ސައްހަ މެމްބަރުންގެ ގޮތުގައި ތިބީ ނައިބު ރައީސް އަލީ އުމަރު، އެކްސްކޯ މެމްބަރު، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒު ހާޝިމް އަދި އެކްސްކޯ މެމްބަރު އަހްމަދު ޝަކީބު (ޑޮކް) އަދި އެންމެ ފަހުން އައްޔަނުކުރި ޝިބާއު އެވެ.

އެކްސްކޯ މެމްބަރުންގެ އިސްތިއުފާ ސިޓީގެ ތާރީހާ މެދު ފުށުއެރުމެއް

ޑޭވް އާއި ޝިފާއު އަދި ޝާނީގެ އިސްތިއުފާ ސިޓީގެ ކޮޕީއެއް، "އަދަދު" އަށް ވެސް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ތާރީހެއްގެ ގޮތުގައި ހިމަނާފައިވަނީ، 15 ޑިސެމްބަރު އެވެ.

ޖައު، ވިދާޅުވީ އެކްސްކޯ ތިން މެމްބަރުންގެ އިސްތިއުފާގެ ސިޓީ އެފްއޭއެމަށް ލިބިފައިވަނީ މިއަދު 13:40 ގައި ކަމަށެެވެ. އެފްއޭއެމް އިން މި މަހު 17 ވަނަ ދުވަހު ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ޝާނީ އާއި ޑޭވް ބައިވެރިވި ކަމަށް ޖައުޝަން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ޝިފާއު އެ ބައްދަލުވުމުގައި ބައިވެރިއެއްނުވެ އެވެ.

އެހެންކަމުން، 17 ވަނަ ދުވަހު، ބޭއްވި އެކްސްކޯ ބައްދަލުވުމެއްގައި އަންނަ މަހުގެ 31 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމިއިރު، އެ ބައްދަލުވުމުގައި ބައިވެރިވި، ތިން އެކްސްކޯ މެމްބަރު، 15 ޑިސެމްބަރު ވަނަ ދުވަހު އިސްތިއުފާ ދޭން ނިންމިކަމަށް ބަޔާންކޮށް، މިއަދު ސިޓީ ހުށަހެޅުމުން، މި ކަން ރަނގަޅަށް އެފްއޭއެމް އިން ސާފުކުރަން ޖެހޭނެ އެވެ.

އަނެއްކޮޅުން، އެފްއޭއެމް އިންތިހާބާ ބެހޭ ކަންތައްތަކެއް ބަލަން، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް ވަނީ ނިންމަވައިފަ އެެވެ. އެ ގޮތުން، ތޮލާލް ވަނީ އެފްއޭއެމް އިންތިހާބާ ގުޅޭ މައިގަނޑު ފަސް ކަމެއް ސާފުކޮށްދޭން އެދި އެފްއޭއެމަށް ސިޓީ ފޮނުވައިފަ އެވެ.

މިއީ، އެފްއޭއެމްގެ ރައީސަކަށް ހުންނެވި ފަރާތެއްގެ އެކްސްކޯގެ މެޖޯރިޓީ އިސްތިއުފާ ދިނުމާ އެކު، ރައީސްގެ މަގާމު ގެއްލުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން، މި ފަދަ ހާލަތެއް ދިމާވީ، އެފްއޭއެމްގެ ރައީސްގެ މަގާމުގައި، ކުރީގެ އެއް ވަނަ ފޯވާޑް، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުއްޓަ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި، ޓޮމް މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ތިން މަހާ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ. އެ ގޮތުން، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމްއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނެވެ. އެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ މިހާރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އަންނަ މަހު 31 ވަނަ ދުވަހު ބާއްވާނެކަން އިއުލާނުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމް ވާދަނުކުރާނެކަން އިއުލާނުކޮށްފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާނެކަމަށް މިހާތަނަށް މީޑިއާގައި ހާމަކޮށްފައިވަނީ ޓޮމް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox