ކަންސެލޯ، ބާސެލޯނާގައި ބަހައްޓަން 30 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ

Dec 26, 2023, 8:06 AM
ކަންސެލޯ، ބާސެލޯނާގައި ބަހައްޓަން 30 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ

ބާސެލޯނާ (ޑިސެމްބަރު 26) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ ފުލްބެކް، ޖޮއާއޯ ކަންސެލޯ އެކުލަބުގައި މަޑުކުރުވަން 30 މިލިއަން ޑަލޮރު އެކުލަބުން ހޭދަކުރަން ޖެހޭނެކަމަށް ބެލެވިއްޖެ އެވެ.

މި ސީޒަން ފެށުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގެ ކަންސެލޯ ބާސެލޯނާ އަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ބާސެލޯނާ އިން ބޭނުންނަމަ މި ސީޒަނަށް ފަހު ކަންސެލޯގެ ކޮންޓްރެކްޓް ދާއިމީ ކުރެވޭ ގޮތަށް ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުޅުންތެރިޔާ ބާސެލޯނާގައި ބަހައްޓަން ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންވެ އެވެ.

ކަންސެލޯ އަކީ މި ސީޒަންގައި ކޯޗު ޒަވީގެ ފުރަތަމަ އެގާރައިގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މި ސީޒަންގައި ބާސެލޯނާ އަށް މުހިންމު ގޯލްތަކެއް ވެސް ޖަހައިދީފަ އެވެ.

ބާސެލޯނާއިން ކަންސެލޯގެ ކޮންޓްރެކްޓް އާކުރަން ބޭނުންނަމަ 30 މިލިއަން ޑޮލަރު ސިޓީއަށް ދޭން ޖެހޭނެ އެވެ. އެކަން ކުރުމަށް އެކުލަބަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުލަބުގެ މާލީ ހާލަތެވެ. އެކަމަކު، އެއްބަސްވުމެއްގެ ތެރެއިން ބަހާލައިގެން އެ ފީ ދައްކާ ގޮތަށް ވެސް ބާސެލޯނާ އިން އޮތީ އެ ޑީލާ މެދު ރުހޭ ގޮތަށެެވެ.

ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުލަބު މެޖޭންމަންޓުން އަންނަނީ އިތުރުކުރަމުންނެވެ. އެ ގޮތުން ސްޕޮންސަރުން އިތުރުކުރުމާއި ކުލަބުގެ ދަރަނިތައް ކުޑަކުރުމަށް ގިނަ ހަރަދުތަކެއް އަންނަނީ މޮނީޓާ ކުރަމުންނެވެ.

ބާސެލޯނާ އަށް ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ގަނެވެން އޮތީ ބައެއް ކުޅުންތެރިން ވިއްކާލައިގެންނެނެވެ. އެ ކަމަށް ވެސް އެ ކުލަބުން އަންނަނީ ތައްޔާރު ވަމުންނެވެ.

ކުރިން، ޔުވެންޓަސް، ބަޔާން މިއުނިކް އާއި އިންޓަ މިލާނަށް ވެސް ކުޅެފައިވާ، ކަންސެލޯގެ އިތުރުން ފޯވާޑް ޖޮއާއޯ ފެލިކްސް އަކީވެސް އެކުލަބުން ދާއިމީ ކޮންޓްރެކްޓެއް ދޭން ބޭނުންވާ ކުޅުންތެރިއެކެވެ. ފެލިކްސް ވެސް ބާސެލޯނާ އަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox