ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ 17 ގައި

ޑިމޮކްރެޓްސްގެ ކެމްޕެއިން ޖަލްސާއެއް؛ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވާ ތާރީހު ފާސްކޮށްފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑިމޮކްރެޓްސްގެ ކެމްޕެއިން ޖަލްސާއެއް؛ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވާ ތާރީހު ފާސްކޮށްފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ފެށޭ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީ އަންނަ އަހަރު ފެބްރުއަރީ 17، ގައި ބޭއްވުމަށް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން މިއަދު ފާސްކޮށްފި އެވެ.

ޑިމޮކްރެޓްސްއިން ބުނީ އެ ޕްރައިމަރީއަށް ކުރިމަތިލެވެނީ ފެބްރުއަރީ 4، ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. އަދި ޕްރައިމަރީ ވޯޓު ދެވޭނީ ވެސް އެ ތާރީހުގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭ މެންބަރުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.

"މި ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހެޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

Advertisement

މިދިޔަ ޖުލައި މަހު އުފެއްދި ޑިމޮކްރެޓްސް އިން ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބުނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ބަޔަކަށް ތާއީދެއް ނުކުރެ އެވެ.

މި ޕާޓީއަކީ އެމްޑީޕީގެ އޭރުގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ވާދަވެރި ކަމުގެ ތެރެއިން ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބުމުން، ނަޝީދަށް ތާއީދުކުރާ މީހުން އެމްޑީޕީން ވަކިވެ އުފެއްދި ޕާޓީއެކެވެ.

މެއި 17، ގައި ޑިމޮކްރެޓްސް އުފައްދާނެ ކަން އިއުލާންކުރިއިރު އެމްޑީޕީގައި ތިބެގެން އޭރު އޮތް އެ ޕާޓީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔުމުން، މިހާރު ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކުރަން ފާސްކޮށް، އެހެން މެންބަރުންގެ މައްސަލަ ބަލަން ފަށައިފަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ޑިމޮކްރެޓްސްގެ ބާނީ ނަޝީދު ވަނީ މި ވަގުތަށް ސިޔާސީ މަސައްކަތާ ދުރަށް ޖެހިލުމަށް ނިންމަވައިފަ އެވެ. ނަމަވެސް, ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ރާވައި ކުރިއަށް އެބަ ދެ އެވެ. މި މަހު އެ ޕާޓީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އިންތިހާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox