ފުރިހަމަ މުސްލިމެއްގެ ގޮތުގައި 24 ގަޑިއިރު

އާޓުވޯކް: ރައްޔާން މުހައްމަދު/ އަދަދު

އާޓުވޯކް: ރައްޔާން މުހައްމަދު/ އަދަދު

ހިކުމަތްތެރި މުސްކުޅި އަންހެނަކު ޒުވާން އިލްމުވެރިންގެ މަޖިލީހަކާ ބައްދަލުވި އެވެ. އެހިނދު އަންހެން މީހާ އެ މަޖިލީހާ ސުވާލުކުރި އެވެ. ތިޔަ ކުދިންގެ ތެރެއިން ދީނުގެ އިލްމަށް އަރައިހުރި އެންމެ ބޮޑު ފިގުހުވެރިއަކީ ކޮން ބޭކަލެއް ހެއްޔެވެ؟ އެ ހިނދު އެމީހުންގެ ތެރެއިން ދެތިން ހަތަރު މީހަކު އޭގެ ތެރެއިން އެކަކު ދައްކާފައި މިހިރީކަމުގައި ކިޔައިގަނެއްޖެ އެވެ. ދެން އަންހެން މީހާ ބުންޏެވެ. އެހެންވީއިރު ތިބާ އިމްތިހާނު ކުރުމުގެ ގޮތުން އަހަރެން ސުވާލުކުރަން ބޭނުމެވެ. އިލްމުވެރިޔާ އާދޭހޭ ވިދާޅުވުމުން އަންހެން މީހާ ސުވާލުކުރި އެވެ. ތިބާ ކައިއުޅެނީ ކިހިނެއް ހެއްޔެވެ؟ އިލްމުވެރިޔާ ޖަވާބުދިނެވެ. އަހަރެން ކާން ފަށަނީ ﷲ ގެ އިސްމުފުޅުންނެވެ. ކާބޯތަކެތި ނަގައި އުޅެނީ ކަނާތުންނެވެ. އަދި ސުފުރާގައި އަހަރެންނާ ކައިރި ފަޅިންނެވެ. އެއްފަހަރާ އަނގަޔަށް ލެވޭތޯ ބަލަނީ ވީހާ ކުޑަ މިންވަރެކެވެ. އެޔަށް ފަހު ދިރުވާލުމުގެ ކުރިން ރަނގަޅަށް ހަފަމެވެ.

އަންހެން މީހާ ދެވަނަ ސުވާލުކުރި އެވެ. ތިބާ ނިދަނީ ކޮން ގޮތަކަށް ހެއްޔެވެ؟ އިލްމުވެރިޔާ ޖަވާބުދިނެވެ. ފުރަތަމަ ވުޟޫކުރަނީ އެވެ. އެޔަށްފަހު އެނދުގައި އޮށޯވެންނަނީ ކަނާތު އަރިމައްޗަށެވެ. ދެން އަންހެން މީހާ ބުންޏެވެ. ތިބާއަށް ކާކަށް ވެސް އަދި ނިދާކަށް ވެސް ނޭނގެއެވެ. އެހިނދު އިލްމުވެރިޔާ ހައިރާންވެ އަންތަރީސްވެގެން ސުވާލުކުރި އެވެ. ތިހެންވީއިރު ކައިބޮއި އުޅެންވީ އަދި ނިދަންވީ ގޮތަކީ ކޮބައިތޯ އެވެ؟

އަންހެން މީހާ ޖަވާބުދިނެވެ. ތިބާގެ އަރުން އެތެރެއަށް ހަރާން އެއްވެސް އެއްޗެއް ނުވައްދާށެވެ! ބޭނުން ގޮތަކަށް ކައިބޮއިއުޅޭށެވެ! އަދި އެއްވެސް މީހަކާ މެދު ހިތްބަރު ކަމެއް ނުބާއްވާށެވެ! އެޔަށްފަހު ބޭނުން ގޮތަކަށް ނިދާށެވެ! ތިބާ އަހަރެންނަށް ތިޔަ ކިޔައިދިންހާ ކަންކަމަކީ ކަމެއްގެ އަދަބުވެރިކަމާއި އަދަބުތަކެވެ. އެކަމަކު އަހަރެން ތިބާއަށް ކިޔައި މިދިނީ ކަމުގެ ހަގީގަތާއި އޭގެ ޖައުހަރެވެ.

އިސްލާމްދީން އުގަންނައިދެއްވުމަށް މާތް ޖިބްރީލުލްއަމީން އިންސާނެއްގެ ސިފައިގައި ވަޑައިގެންނެވި ދުވަހު މާތް ނަބިއްޔާއާ ކުރެއްވި ސުވާލުތަކުގެ ތެރޭގައި އިސްލާމްކަމަކީ ކޮބައިތޯ އަދި އީމާންކަމަކީ ކޮބައިތޯ އަދި ގިޔާމަތް ދުވަހާ ބެހޭ ގޮތުން ސުވާލު ކުރެއްވިއިރު، ވަރަށް މުހިންމު ކަމަކާ ބެހޭ ގޮތުން ސުވާލުކުރެއްވި އެވެ. އެއީ އިހުސާންކަމަކީ ކޮބައިތޯއެވެ؟ އެއީ ވަރަށް މުހިންމު ސުވާލެއްކަމާއި އިޙްސާންކަމަކީ ދީނުގެ މުހިންމު އަސާސެއްކަން އެނގެނީ، ޝަހާދަތް ކިޔާ އިސްލާމްވުމާއި ނަމާދާއި ޒަކާތާއި ރޯދައާއި ހައްޖުގެ މައްޗަށް ބިނާވާ އިސްލާމްކަމުގެ ވާހަކައާއި އެއް ދަރަޖައިގައި އިޙްސާންކަމުގެ ވާހަކައިން ސުވާލު ވެވުނީތީ އެވެ. އަދި ﷲ އާއި މަލާއިކަތުންނާއި ރަސޫލުންނާއި ބާވާލެއްވުނު ފޮތްތަކާއި ހެވާއި ނުބަޔާއި އާޚިރަތް ދުވަހަށް އީމާންވުމުގެ މައްޗަށް ހިމެނޭ އީމާންކަމުގެ ރުކުންތަކާ ގުޅުވައި ހަމަ އެކަންކަމާއި ވިއްދައިގެން އިޙްސާންކަމުގެ ވާހަކައިން ސުވާލުވެވި އޭގެ ޖަވާބު މާތް ނަބިއްޔާގެ ދޫފުޅުން މީސްތަކުންނަށް ބަޔާންކުރެއްވިފައިވާތީ އެވެ.

ހުދުކަންގަދަ ފޭރަމުގައި، އިސްތަށީގެ ކަޅުކަންގަދަ މީހެއްގެ ސިފައިގައި ހުންނަވައި ޖިބްރީލް އަލައިހިއްސަލާމް މާތް ނަބިއްޔާއާ ސުވާލުކުރެއްވީ އިހުސާން ކަމަކީ ކޮބައިތޯއެވެ؟ ހަދީސް ކުރެއްވީ، އެއީ ތިބާއަށް ﷲ ފެނިގެން ހުރެ އަޅުކަންކުރާ ފަދައިން އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް ﷲ ނުފެނުނަސް އެކަލާނގެ ތިބާއަށް ބައްލަވާވޮޑިގެންވެއެވެ.

މާތް ﷲ ގެ ބައްލަވާވޮޑިގަތުމުގައި، އެކަލާނގެ އިލްމުފުޅު ތަނަވަސްވެވޮޑިގެންވާ ކަމަށްޓަކައި، އެކަލާނގެއަށް ސިއްރުވެގެންވާ އެއްވެސް ކަމެއްނެތެވެ. ނަމާދާއި ރޯދަ ފަދަ އަޅުކަންތަކުގައި އެކަލާނގެ ތިމާގެ ހިތުގައި އޮތް އެއްޗެއް ދެނެވޮޑިގެންވެ އެވެ. އިހުސާންކަމާއެކު އަޅުކަންކުރާ މީހަކު ނަމާދުގައި ކަންނެތްކަމާއި އެއީ ބުރައެއް ކަމަށް އިހުސާސެއް ނުކުރާނެ އެވެ.

އަޅުކަމަކީ ވެސް އޭގައި ހާއްސަ މާނައަކާއި އާންމު މާނައެއް އޮތް ކަމެކެވެ. ހާއްސަ މާނައިގައި އަޅުކަމަކީ އިސްލާމްދީނުގެ ފަސް ރުކުނެވެ. އެކަމަކު އާންމު މާނައިގައި އަޅުކަމަކީ، މުޅި އިންސާނާ ކުރާހާ ކަމެއްގައި ހަރާން ހަލާލަށް ބަލައިގެން މާތް ﷲ އެންގެވި ގޮތަށް ދިރިއުޅުމެވެ. އީމާންކަމުގެ ރުކުންތައް އޭގެ ހަގީގީ މާނައިގައި ގަބޫލްކޮށް ޔަގީންކޮށް ގެނެސްގަންނަނީ އިހުސާންކަމާއެކުގައި ކަމަށްވާ ނަމަ، އަހަރެމެންގެ އީމާންކަން ވަރަށް ތަފާތުވާނެ އެވެ. އަދި އިސްލާމްކަމުގެ ރުކުންތަކުގައިވާ ފަސް އަޅުކަން ގެނެސްގަންނަނީ އިހުސާންކަމާއެކުގައި ކަމަށްވާނަމަ، އާންމު ދިރިއުޅުމުން އެކަން ފެނިގެންދާނެ އެވެ.

މިސާލަކަށް ނަމާދަކީ ޚުޝޫޢަތްތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބިނާވެފައި އޮންނަ އަޅުކަމެކެވެ. ނަމާދުގެ ހަރަކާތްތައް ކިތަންމެ ފުރިހަމައަށް ގެނެސްގަތަސް ނަމާދުގައި ޚުޝޫޢަތްތެރިނުވާނަމަ ނަމާދުގެ ސަވާބު ފުރިހަމަ ނުވާނެކަމާމެދު އިލްމުވެރިންގެ މެދުގައި ދެބަސްވުމެއް ނެތެވެ. ޚުޝޫޢަތްތެރިކަމަކީ ތިމާ މިހުރީ ﷲ ގެ ހަޒުރަތުގައިކަން ހިތުން ފޯކަސްކޮށްގެން ހިތް ހާޒިރުކޮށްގެން ހުރުމެވެ. އެހެނިހެން ހިޔާލުތަކުން ދުރުވެގެންހުރުމެވެ. ހިތުގެ މި ކަސްރަތަށް ދުވާލުގެ ފަސް ވަގުތަކު އާދަކޮށްފި މީހާއަށް ހިތުން ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ބަލި ފިލުވާލަން ފަސޭހަވެގެންދާނެކަމާމެދު ޝައްކެތް ނެތެވެ.

ޒަކާތް ފަދަ ތިމާގެ ލޯބިވާ މުދަލުން ހޭދަކުރަން އާދަކޮށްފި މީހެއްގެ ހިތުން ދަހިވެތިކަން ނެތި އަނެކުންނަށް ހެޔޮގޮތްވުމަކީ ވެސް އުފާވެރިކަމެއްގެ ގޮތުގައި ގަބޫލުކުރެވެން ފަށާނެއެވެ. ރޯދައާއި ހައްޖު ފަދަ ބުރަބޮޑު އަޅުކަންތަކުން ކެތްތެރިވުމާއި ހިތް އެދޭ ކަންކަމުން މަނާވެގަނެގެން ހުރުމުގެ ތަރުބިއްޔަތު ލިބިގެންދާނެއެވެ. އާދޭހެވެ! އެ އަޅުކަންތަކުގައި އިޙްސާންކަމުގެ ސިފަ އެކުލެވިއްޖެނަމައެވެ.

ލިޔުމުގެ ފެށުމުގައި ބަޔާންކުރި ވާހަކައިގައި އަންހެން މީހާ އިސްލާމްދީނުގެ ޖައުހަރާއި އޭގެ އެތެރޭގެ މަދަށް އިލްމުވެރި ޖަމާއަތެއްގެ ސަމާލުކަން އެ ގެނެސްގަތީ، އިޙްސާންކަމުގެ މާނަ ވަރަށް ރަނގަޅަށް އެ އަންހެން މީހާއަށް އެނގިފައިވާތީއެވެ. އިޙްސާންކަމުގެ މާނަ ނޭނގި އިސްލާމްކަމުގެ ދޮރޯށިން ނުވަދެވޭނެކަން އަންހެން މީހާއަށް އެނގޭތީއެވެ.

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރޫ ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާގެ އަރިހުގައި އިންދާ މާތް ނަބިއްޔާ މީހަކަށް އިޝާރާތްކޮށްފައި ހަދީސް ކުރެއްވި އެވެ. ތިޔަބައި މީހުންނާ ދިމާއަށް އެހެރަ އަންނަ މީހާއަކީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހެކެވެ. ސުވަރުގޭގެ އަހުލުވެރިއަކަށްވުމަށްޓަކައި އޭނާ ކުރީ ކޮން ކަމެއްތޯ ބެލުމަށް އަބްދުﷲ ބިން ޢަމްރޫ އޭނާއަށް ފާރަލާނަމޭ ހިއްތަވައިގެން، އޭނާގެ މެހެމާންދާރީ ހޯދައިގެން ތިން ރޭ ތިންދުވާ ވަންދެން އޭނާއާއެކު އުޅުއްވި އެވެ. ސުންނަތް ނަމާދެއް ސުންނަތް ރޯދައެއް މާގިނައިން ކޮށް އުޅޭ ތަން ނުފެނުމުން އެންމެ ފަހުން އޭނާއާ ސުވާލުކުރައްވައިފި އެވެ. އެމީހާ ބުންޏެވެ. ތިބާއަށް ތިޔަ ފެނުނު ގޮތް މެނުވީ އެހެން ގޮތަކަށް އަހަރެން އުޅޭކަމުގައި ނުވަމެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހަރެންގެ ހިތުގައި ދުވަހަކު ވެސް މުސްލިމުންގެ ތެރެއިން މީހަކާމެދު މަކަރެއް އަދި މާތް ﷲ އެމީހަކަށް ދެއްވައިފި ކަމަކާމެދު ހަސަދައެއް ބާއްވައިގެން ނޫޅެމެވެ.

އާދޭހެވެ! މުސްލިމަކަށްވުމުގެ މަގު އަދި މާތް ﷲ ގެ ދީނަށް އުޅުމުގެ މަގު ވަރަށް ވެސް ސާފުވެފައި ތެދެވެ. އޭގައި އޮޅުމެއް ނެތެވެ. ކުރާންވީ ކަމަކީ ހަރާންކުރެއްވި ނުބައިހާ ކަމަކުން ރައްކާތެރިވުމާއެކު ތިމާގެ ހިތް އެހެން މީހުންނާމެދު ސާފުކޮށްފައި ސަލާމަތްތެރިކަންމަތީ ބޭއްވުމެވެ. މިކަން ކުރުމަށްޓަކައި ޖެހެނީ އީމާންކަމާއި އިސްލާމްކަން އިޙްސާންކަމާއެކު އަދާކުރާށެވެ. އެންމެ 24 ގަޑިއިރު މީހަކާމެދު ރުޅިވެކަމެއް ހަސަދައެއް ނެތި އުޅެއްޖެ މީހާ 24 ގަޑިއިރު މުސްލިމެއްގެ ގޮތުގައި ހުރެއްޖެކަން ޔަގީނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވާފައިވަނީ، "...އަދި ތިޔަބައިމީހުން މުސްލިމުންކަމުގައިވާ ހާލު މެނުވީ މަރުވެ ނުދާށެވެ!"

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox