ފަނޑިޔާރުންގެ މުސާރަ ވެސް ބޮޑުކުރަން މާލިއްުޔަތު ކޮމިޓީން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކެއް، ފަނޑިޔާރުންގެ މުސާރައަށް ކުރާ ހޭދަ ހަތް މިލިއަނުން ނުވަ މިލިއަނަށް ބޮޑުވެގެން ދާނެ - ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކެއް، ފަނޑިޔާރުންގެ މުސާރައަށް ކުރާ ހޭދަ ހަތް މިލިއަނުން ނުވަ މިލިއަނަށް ބޮޑުވެގެން ދާނެ - ފޮޓޯ: އަދަދު

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރުންގެ މަޝްވަރާ ކުރެއްވުމަށް ފަހު ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކަށް ގެންނަން ނިންމި ބަދަލުތަކުގެ ތަފްސީލު ހިމެނޭ ކަރުދާހެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ.

ފަނޑިޔާރުންގެ މުސާރަތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ:

އުއްތަމަ ފަނޑިޔާރަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ފައިސާގެ ޖުމްލަ 74،125 ރުފިޔާއިން 91،000 ރުފިޔާއަށް ބޮޑުކުރުން

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަނަނަވާ ޖުމްލަ ފައިސާ 72،000 ރުފިޔާއިން 89،000 ރުފިޔާއަށް ބޮޑުކުރުން.
  • ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ޖުމްލަ ފައިސާ 57،300 ރުފިޔާއިން 70،000 ރުފިޔާއަށް
  • ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ޖުމްލަ 55،300 ރުފިޔާއިން 68،000 ރުފިޔާއަށް
  • ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް މުސާރަ އާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަނަނަވާ ޖުމްލަ 50،300 ރުފިޔާއިން 62،000 ރުފިޔާއަށް
  • ކްރިމިނަލް ކޯޓުގެ ގާޒީއަަކަށް މުސާރަ އާއި އެލަވަންސްތަކާ އެކު ލިބިވަޑަައިގަންނަވާ ޖުމްލަ 49،300 ރުފިޔާއިން 60،000 ރުފިޔާއަށް
  • ސިވިލް ކޯޓްގެ އިސް ގާޒީއަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ޖުމްލަ 48،620 އިން 62،000 އަށް
  • ސިވިލް ކޯޓްގެ ގާޒީއަކަށް މުސާރައާއި އެލަވަންސްތަކާއި އެކު ލިބިވަޑައިގަންނަވާ ޖުމްލަ 47،650 އިން 60،000 އަށް
  • ފެމިލީ ކޯޓުގެ އިސް ގާޒީއަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ޖުމްލަ 48،375 އިން 62،000 އަށް.
  • ފެމިލީ ކޯޓުގެ ގާޒިއަކަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ޖުމްލަ 47،375 އިން 60،000 އަށް
  • ޖުވެނައިލް ކޯޓުގެ އިސްގާޒީ އަށް މުސާރައާއި އެލަވަންސްތަކާ އެެކު ލިބިވަޑައިގަންނަވާ ޖުމްލަ 48،650 އިން 62،000 އަށް
  • ޖުވެނައިލް ކޯޓުގެ ގާޒީއަކަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ޖުމްލަ 47،650 އިން 60،000 އަށް

މީގެ އިތުރުން މެޖިސްޓްރޭޓުންގެ މުސާރައާއި އެލަވަންސްތަކަށް ވެސް ބަދަލު ގެންނަން ކޮމިޓީން ފާސްކުރި އެވެ. އެގޮތުން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް މުސާރައާއި އެލަވަންސްތަކާ އެކު މަހަކު ލިބިވަޑައިގަންނަވާ ޖުމްލަ ފައިސާގެ އަަދަދު 33،350 އިން 43،000 އަށް ބޮޑުކުރަން ކޮމިޓީން ފާސްކުރި އެވެ. މެޖިސްޓްރޭޓް ކޯޓްތަކުގެ އިސް މެޖިސްޓްރޭޓުންނަށް މުސާރައާއި އެލަވަންސްތަކާ އެކު ލިބިވަޑައިގަންނަވާ ޖުމްލަ ފައިސާގެ އަދަދު 31،400 އިން 41،000 އަށް ބޮޑުކުރަން ވެސް ފާސްކުރި އެވެ. އެހެން މެޖިސްޓްރޭޓުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު ލިބިވަޑައިގަނަންވާ ޖުމްލަ ފައިސާގެ އަދަދު 31،400 އިން 41،000 އަށް ބޮޑުކުރަން ވެސް ފާސްކުރި އެވެ.

ގެނެވުނު ބަދަލުތަކާ އެކު، ފަނޑިޔާރުންގެ މުސާރައާ އެލަވަންސްތަކަށް މަހަކު ކުރާ ހޭދަ ހަތް މިލިއަން ރުފިޔާއިން ނުވަ މިލިއަން ރުފިޔާއަށް ބޮޑުވެގެންދެ އެވެ.

ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމަށް ކޮމިޓީން ނިންމި އިރު، ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހު ބަލައިނުގަތުމަށް އެކަމަނާ ނިސްބަތްވާ އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox