ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަނީ

ލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަނީ

މީގެ ހަތަރު އަހަރު ކުރިން އަވަށްޓެރި ސިލޯނުގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ފަތުރުވެރި ކަމަށް އަލުން ދިރުން އަންނަން ފަށައިފި އެވެ.

ސިލޯނުގެ ތިންވަނައަށް އެންމެ ބޮޑު ސިނާއަތަށް ދިރުން އަންނަން ފަށާފައި މިވަނީ ވެއްޓިފައި އޮތް ދަރަނީގެ އަނދަވަޅުން އަރައިގަންނަން އެގައުމުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

އެ ގައުމުގެ ސަރުކާރުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ ދެވަނަ ހަފުތާއާ ހަމައަށް މިއަހަރު އެގައުމަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެގައުމަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަން ހުރަސްކުރި ފުރަތަމަ ފަހަރެވެ.

މިއަހަރު ސިލޯނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެގައުމަށް ޒިޔާރަތް ކޮށްފައި ވަނީ ރަޝިޔާއިންނެވެ.

ސިލޯނުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރައި ހުއްޓުމަކަށް އައީ 2019 ވަނަ އަހަރު އެގައުމުގެ ވެރިރަށް، ކޮޅުނބުގެ ތިން ފައްޅިއަކާއި ލަގްޒަރީ ތިން ހޮޓަލަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެންނެވެ. އެ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެ ހުއްޓުވައިލި ކޮވިޑް19 ގެ ބަލިމަޑުކަން ލައިގަތީ 250 އަށްވުރެ ގިނަ މީހުން މަރުވި އެ ހާދިސާއަށްފަހު ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން ސިލޯނަށް އަރައިނުގަނެވި އުޅެނިކޮށެވެ.

އެއަށްފަހު ވެސް ސިލޯނުގެ ސަރުކާރުން ގެންގުޅެމުންދިޔަ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން އެގައުމުގެ އިގުތިސާދު އެއްކޮށް ފުނޑުފުނޑުވެ މިދިޔަ އަހަރު މުޅި ގައުމު އިނދަ ޖެހުނެވެ. އެއާއެކު ގައުމު ހިންގުމަށް ބޭނުންވާ އަސާސީ ބައެއް ހިދުމަތްތައް ވެސް އެގައުމުގައި އެއްކޮށް ހުއްޓުމަކަށް އައެވެ.

ނަމަވެސް އެ އަޑިގަނޑުން އަރައިގަތުމުގެ އަޒުމުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އަމާޒު ހިފައި ސިލޯނުން ފެށި މަސައްކަތުގައި މިއަދު މިވަނީ މޭވާ އަޅަން ފަށައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުން ސިލޯނަށް 1.8 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 78 އިންސައްތައިގެ ކުރި އެރުމެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސިލޯނަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކު ދުވާލަކު އެވަރެޖުކޮށް 181 އެމެރިކާ ޑޮލަރު ހަރަދު ކުރެ އެވެ.

ސިލޯނަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް އެގައުމުގެ އިގުތިސާދު ކުރިއެރުވުމަށް، ގިނައިން ހޭދަކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ޕްރޮމޯޝަންތައް ހިންގުން ގިނަ ކުރަންޖެހޭ ކަމަށް ސިލޯނުގެ އިގުތިސާދު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ސިލޯނުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި ހައި-އެންޑު ފަތުރުވެރިންނަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރުމަށް އެގައުމުގެ ރައީސް، ރަނިލް ވިކްރަމްސިންހެ ވެސް ގޮވާލައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox