ކުޅުންތެރިން ރެފްރީއާ ދިމާކޮށްލި މައްސަލައިގައި ސިޓީ އަށް ޖޫރިމަނާއެއް

Dec 19, 2023, 5:31 AM
ކުޅުންތެރިން ރެފްރީއާ ދިމާކޮށްލި މައްސަލައިގައި ސިޓީ އަށް ޖޫރިމަނާއެއް

މެންޗެސްޓާ (ޑިސެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ރެފްރީއާ ދިމާކޮށްލި މައްސަލައިގައި އެ ކުލަބު ޖޫރިމަނާކުރަން އިނގިރޭސި ފުޓްބޯޅަ އިދާރާއިން ނިންމައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހުގެ ތިން ވަނަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ސިޓީގެ ކުޅުންތެރިން ރެފްރީއާ ދިމާކޮށްލައި އޭނާ ވަށާލީ, ރެފްރީ ނިންމި ނިންމުމަކަށް ހިތްހަމަ ނުޖެހިގެންނެވެ. މި މެޗުގެ ފަހުކޮޅު ޖެކް ގްރީލިޝް އަށް ހުސްކޮށް ގޯލެއް ޖަހަން ބޯޅަ ލިބުމުގެ ކުރިން ސިޓީގެ ކުޅުންތެރިއަކަށް ފައުލްކޮށްފައިވާ ކަމަށް ނިންމައި، ރެފްރީ ވަނީ ކަށިގަނޑު ފުމެފަ އެވެ. ސިޓީގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރީ, އެއީ ސިޓީއަށް ލިބުނު ހިލޭ ޖެހުމަކަށްވާތީ, އެޑްވާންޓޭޖަށް ރެފްރީ ފުރުސަތުދޭންޖެހޭ ކަމަށް ބުނެ އެވެ.

އެ މެޗަށްފަހު ސޯޝަލް މީޑިއާގައި ވެސް ސިޓީގެ ބައެއް ކުޅުންތެރިންވަނީ ރެފްރީއަށް މަލާމަތް ރައްދުވާ ގޮތަށް ސަކަރާތް ޖަހައި، ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ގޮތުން ސިޓީގެ ފޯވާޑް އާލިން ހާލަންޑް ޖެހި ސްޓޭޓަސްގެ މައްސަލަ މިހާރު ވެސް އިނގިރޭސި އެފްއޭ އިން އަންނަނީ ބަލަމުންނެވެ.

ސިޓީ އަށް އެ ޓީމުގެ ކުޅުންތެރިން ކޮންޓްރޯލް ނުކުރެވޭ ކަމަށް ބަލައި، އިނގިރޭސި އެފްއޭ އިން އެ ކުލަބު ޖޫރިމަނާ ކުރީ 120,000 ޕައުންޑުންނެވެ.

މި މައްސަލައިގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކުރިން ބުނެފައިވަނީ އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އަހުލާގީ ގޮތުން ގޯސްކަމެއް މި ސީޒަންގައި ނުފެންނަ ކަމަށެވެ. އަދި އެ މެޗުގައި ހިނގައިދިޔަ ހާދިސާއަކީ ކުޅުންތެރިންގެ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެ އެވެ.

މިދިޔަ ތިން އަހަރު. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ މި ވަގުތު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމް މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއްކޮޅުން، މި ވަގުތު އެ ޓީމް އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox