މަޖިލީހަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރަން މިފަހަރު ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭނެ

އެމްޑީޕީގެ ޗެެއާޕާސަންގެ ނަައިބު އިދާރާ، އިބްރާހީމް ވަހީދު، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ ޗެެއާޕާސަންގެ ނަައިބު އިދާރާ، އިބްރާހީމް ވަހީދު، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ކަނޑައަަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ ކުށުގެ ރެކޯޑް ސާފުކޮށްގެން ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ކުރީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް މިފަހަރު ސާފުކުރާ ގޮތަށް މިފަހަރު ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަނުން ކުށުުގެ ރެކޯޑް ސާފުކުރާ ގޮތް ބަދަލުކޮށްފައި ވާތީ ކަމަށެވެ. ޕްރައިމަރީން ހޮވޭ މީހުންގެ ކުށުގެ ރެކޯޑްކުރަން ފަސް ދުވަސް ހޭދަވާ ކަމަށާއި އެއީ ވެސް ދުރާލައި ކުށުގެ ރެކޯޑް ސާފުކުރާ ގޮތަށް ނިންމި ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ތަފާތުކޮށް ކަމެއް އެބަކުރަން، މިދިޔަ ފަަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަޅުގަނޑުމެން ، ޝައުގުވެރިކަން ފާޅުކުރަން ހުޅުވައިލި އިރު ހަމަ އެކަނި ޕާޓީ މެމްބަރެއްތޯ ބަލައިފަައި އެކަން ކުރަނީ. އެހެން ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ކުށުގެ ރެކޯޑް ބަލާ ގޮތަށް ބައެއް ބަދަލު އައިސްފައި އެބަހުރި،" ވަހީދު ވިދާޅުވި އެވެ.

ކުށުގެ ރެކޯޑް ސާފުކުރަން އީސީން ކުރިން ބަލަނީ ހަމަ އެކަނި މާލޭގައި ހުރި ސުޕީރިއާ ކޯޓްތަކާއި އެމީހަކު ނިސްބަތްވާ ރަށުގެ ކޯޓްތައް ކަމަށް ވިޔަސް މިހާރު ހުރިހާ ކޯޓުތަކެއް ވެސް ބަލާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

" އެހެން ނަމަވެސް މިހާރު އެބަ ބަލާ ހަމަ ހުރިހާ ރަށެއްގެ ރަށުކޯޓުގައި އޭނާގެ ދަރަންޏެއް ނުވަތަ ކުށުގެ ރެކޯޑެއް އޮތްތޯ، އެހެންވީމާ އެކަންކަން އަޅުގަނޑުމެންނަށް ވެސް ޕްރައިމަރީން ހޮވޭ ފަރާތެއްގެ، ހުރިހާ ރަށަކުން މިކަން ބަލަން، އަދި ޑީޖޭއޭ އަށް ފަސް ދުވަސް ބޭނުންވާތީއާ އެއްކޮށް، އަޅުގަނޑުމެން މިހާރު ގަސްދުކޮށްފައި އޮތީ ޕްރައިމަރީއަށް ވާދަކުރާ އިރު ވެސް ކުށުގެ ރެކޯޑް ސާފުކޮށްފައި، އެއާ އެއްކޮށް އެ ބޭފުޅުން [ފޯމު] ހުށަހަޅުއްވަން ޖެހޭނީ،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް ޓަކައި ފުރަން ޖެހޭ ފޯމް އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުރި އިރު އެ ފޯމާ އެކީ ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ވެސް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox