މެސީގެ ވޯލްޑްކަޕް ޖާޒީތައް, 7.8 މިލިއަން ޑޮލަރަށް ވިއްކާލައިފި

Dec 15, 2023, 12:10 AM
މެސީގެ ވޯލްޑްކަޕް ޖާޒީތައް, 7.8 މިލިއަން ޑޮލަރަށް ވިއްކާލައިފި

ނިއުޔޯކް (ޑިސެމްބަރު 15) - މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި މެސީ ބޭނުންކުރި ހަ ޖާޒީއެއް 6.1 މިލިއަން ޕައުންޑަށް (7.8 މިލިއަން ޑޮލަރަށް) ވިއްކާލައިފި އެވެ.

މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ އިން 2022ގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕްގައި މެސީ ބޭނުންކުރި ހަ ޖާޒީއެއް ވިއްކާލުމަށް ކުރިއަށްދިޔަ ނީލަން އޮތީ އެމެރިކާގެ ނިއުޔޯކުގަ އެވެ. މި ނީލަމުގައި ވިއްކާލި ހަ ޖާޒީ އަކީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި އޭނާ ބޭނުންކުރި ދެ ޖާޒީ އާއި ގަދަ 16، ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލުގެ ފުރަތަމަ ހާފުގައި މެސީ ބޭނުންކުރި ޖާޒީތަކެވެ.

ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގައި މެސީ ކުޅުނުއިރު، އޭނާ ބޭނުންކުރި ޖާޒީތަކުގެ ތެރެއިން ވިއްކާލާފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ސައުދީ އަރަބިއްޔާ އަދި ޕޮލަންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ޖާޒީ އެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ބޭނުންކުރި ޖާޒީ އޭނާ ދިނީ އޮސްޓްރޭލިއާ ޓީމުގެ ކެމެރޮން ޑެލްވިން އަށެވެ.

މެސީގެ ޖާޒީތައް 6.1 މިލިއަން ޕައުންޑަށް (7.8 މިލިއަން ޑޮލަރަށް) ވިއްކާލިއިރު، މިހާތަނަށް ދުނިޔޭގެ ތާރީޚުގައި ވިއްކާލި އެންމެ އަގުބޮޑު ފުޓްބޯޅަ ޖާޒީ އަކީ ޑިއޭގޯ މަރަޑޯނާގެ ޖާޒީއެކެވެ. އެ ގޮތުން، 1986 ވަނަ އަހަރު އާޖެންޓީނާ އާއި އިންގްލެންޑް ވާދަކުރި މެޗުގައި މަރަޑޯނާ "އަތުން" ގޯލު ޖެހި މެޗުގައި އޭނާ ލައިގެން ހުރި ޖާޒީ މިދިޔަ އަހަރު ވިއްކާލީ 7.1 މިލިއަން ޕައުންޑަށެވެ.

މެސީގެ ޖާޒީތައް ވިއްކައިގެން ލިބުނު ފައިސާއިން ބައެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ މެސީގެ ފައުންޑޭޝަނާއި ގުޅުން އޮންނަ ބާސެލޯނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox