ބާސެލޯނާ ބަލިކޮށް ރޯޔަލް އެންޓްވާޕަށް ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅު

Dec 14, 2023, 4:59 AM
ބާސެލޯނާ ބަލިކޮށް ރޯޔަލް އެންޓްވާޕަށް ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅު

ބްރުސެލްސް، ބެލްޖިއަމް (ޑިސެމްބަރު 14) - ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕުން އިތުރު ވަގުތުގައި ޖެހި ގޯލުން 3-2 އިން ބާސެލޯނާ ބަލިކޮށް، ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގުގައި ރޯޔަލް އެންޓްވާޕުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގަށް ރޯޔަލް އެންޓްވާޕް ކޮލިފައިވީ މިދިޔަ ސީޒަނުގެ ބެލްޖިއަމް ލީގު ކާމިޔާބުކޮށްގެންނެވެ. މިއީ، 1957 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ބެލްޖިއަމް ލީގު ކާމިޔާބުވި ފުރަތަަމަ ފަހަރެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރޭގެ މެޗު ފަށައިގެން، 90 ސިކުންތު ތެރޭގައި ޒުވާން ކުޅުންތެރިޔާ، އާތޫރު ވާމީރެން ވަނީ ގޯލެއް ޖަހައި ރޯޔަލް އެންޓްވާޕް އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމެންދެން އެ ޓީމަށް ލީޑުހިފަަހައްޓައިނުލެވުނެވެ. މެޗުގެ 35 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ އަނެއްކާ ވެސް ރޯޔަލް އެންޓްވާޕުން ލަނޑެއް ޖަހައި ލީޑުނެގި އެވެ. މި ގޯލު ކާމިޔާބުކުރީ ވިންސެންޓް ޖެންސަން އެވެ. ބާސެލޯނާ އިން މެޗުގައި ދެ ވަނަ ފަހަރަށް އެއްވަރުކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މާކް ގުއިއޫ ޖެހި ގޯލުންނެވެ.

ބެލްޖިއަމްގެ ޗެމްޕިއަން، ރޯޔަލް އެންޓްވާޕް މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިޔާ، ޖޯޖް އިލެނެކީނާ އެވެ.

މި ނަތީޖާއާ އެކު، ބާސެލޯނާ މި ވަނީ ހަތަރު ދުވަސް ތެރޭ ދެ ފަހަރެއް މަތިން ބަލިވެފަ އެވެ. އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ހާލަތު ބަދަލުކުރަން މެޗުތަކުން ނަތީޖާ ނެރެވޭ ވަރަށް ކުޅެން ޖެހޭ ކަމަށް ބުނެފަ އެވެ.

ގްރޫޕް އެޗްގެ އެއް ވަނަ ބާސެލޯނާ ދިޔައީ ދެ ވަނައިގައި ނިންމި ޕޯޓޯއާ އެއްވަރަށް 12 ޕޮއިންޓް ހޯދައިގެންނެވެ. ޕޯޓޯ އިން ރޭ ވަނީ ޝަހުތަރު ޑޮނެސްކް އަތުން 5-3 އިން މޮޅުވެފަ އެވެ. ގްރޫޕްގެ ތިން ވަނަ ދިޔަ ޝަހުތަރު ޑޮނެސްކަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ނިންމި ރޯޔަލް އެންޓްވާޕްގެ އޮތީ ތިން ޕޮއިންޓް އެވެ.

ގްރޫޕް އީގެ އެއް ވަނަ ހޯދި އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ ކުޅުނު މެޗުން 2-0 އިން ލާޒިއޯ ބަލިކޮށްފަ އެވެ. އެތުލެޓިކޯ ގްރޫޕް އެއް ވަނަ ހޯދީ 14 ޕޮއިންޓާ އެކު އެވެ. ލާޒިއޯ ދެ ވަނަ ހޯދީ 10 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަ އަށް ދިޔަ ފެޔަނޫޑަށް ހަ ޕޮއިންޓް ލިބުނުއިރު، ރޭ އެ ޓީމު ވަނީ ސެލްޓިކް އަތުން 2-1 އިން ބަލިވެފަ އެވެ. ސެލްޓިކް ގްރޫޕް ނިންމާލީ ހަތަރު ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox