ވިލާ ކޮލެޖުގެ އާ ކޯސްތަކުގެ މައުލޫމާތު ދިނުން މާދަމާ

ވިލާ ކޮލެޖުގެ އާ ކޯސްތަކުގެ މައުލޫމާތު ދިނުން މާދަމާ

ވިލާ ކޮލެޖުގައި އަންނަ މަހު ފަށާ ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމަށް "އޯޕަން ޑޭ" އެއް ބާއްވަން ނިންމައިފި އެވެ.

ވިލާކޮލެޖުގެ "އޯޕަން ޑޭ" ބާއްވާނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެ ކޮލެޖުގަ އެވެ.

ވިލާ ކޮލެޖުން ބުނީ މި ހަރަކާތްތަކުގައި، ކޯސް ތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ކިޔަވައިދޭ ލެކްޗަރާއިންނާ ބައްދަލު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި, އެކޮލެޖުގެ ކުރީގެ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި ބައްދަލުވެ އެ ކުދިންގެ ތަޖުރިބާ ހިއްސާކޮށްލުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމާއި، ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން އަދި ކޯހަށް ރަޖިސްޓްރީ ވެވޭނެ އިންތިޒާމް ވެސް މި ހަރަކާތުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުގެ "އޯޕަން ޑޭ" ގެ ތެރެއިން ތަފާތު ކުޅިވަރު ހަރަކާތްތަކާއި ހާއްސަ ލަކީޑްރޯއެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. "އޯޕަން ޑޭ" އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ މި ގުރުއަތުން ނަސީބު ވެރި ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުންނާ ގުޅިގެން ހިންގާ ކެރިއަ ފެއާގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ވަޒީފާގެ ފުރުސަތުތައް ވެސް ފެނިގެން ދާނެ އެވެ. އަދި, ވިލާ ކޮލެޖުން ހިންގާ ކްލާސްތަކުގެ ތެރެއިން ބައެއް ކްލާސްތައް ތަޖުރިބާ ކޮށްލުމަށްޓަކައި ހިލޭ ބައިވެރިވެވޭ "ޑެމޯ ކްލާސް" ތަކާއި ވިލާ ކޮލެޖުގެ ދަރިވަރުންނަށް ހުރި ވަސީލަތްތައް ބަލާލުމުގެ ފުރުސަތު ވެސް ވަނީ ހަމަޖެހިފަ އެވެ.

ވިލާ ކޮލެޖުން ބުނީ މި ޑެމޯ ކްލާސް ތަކުގެ ތެރޭގައި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްއިން، ސެލްފް އެސްޓީމް، ރިސާޗް އަދި ބަޔޮލޮޖިކަލް ސައިކޮލޮޖީ އަދި ޖެނެރަލް މެތްމެޓިކްސް ހިމެނިގެން ދާނެ ކަމަށެވެ.

އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގެ، ސެންސިން ދަ ވޯލްޑް: ސެންސާޒް އިން ޑޭ-ޓު-ޑޭ ލައިފް، އާޑުއިނޯ އޯސަމްނަސް: ޑައިވް އިންޓު ރޮބޮޓިކްސް، އިންޖިނިއަރިން ސިމިއުލޭޝަން އަދި މެކޭނިކަލް ލެބް އެކްސްޕީރިއަންސްވެސް މި ޑެމޯ ކްލާސް ތަކުން ލިބިގެން ދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox