ދެ ވަނަ ޑިވިޝަން ކްލަބްތަކުން ކަންބޮޑުވުން ހިފައިގެން ސްޕޯޓްސް މިނިސްޓަރު ކައިރިއަށް

ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި ދެ ވަނަ ޑިވިޝަން ކްލަބްތަކުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް. މިނިސްޓްރީ

ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި ދެ ވަނަ ޑިވިޝަން ކްލަބްތަކުން ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް. މިނިސްޓްރީ

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މެޖޯރިޓީ ކްލަބްތަކުން ކަންބޮޑުވުންތައް ހިފައިގެން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ މިއަދު ބައްދަލުކޮށްފި އެވެ.

ޖުމްލަ 15 ކްލަބް ބައިވެރިވެފައި އޮތް، މި ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި ވަނީ ތިން ވަނަ ފަހަރެއްގެ މަތިން ލަސްކޮށްފަަ އެވެ.

އެންމެ ފަހުން، އެފްއޭއެމް އިން ހާމަކުރީ މި މަހު 10 ވަނަ ދުވަހު ދެ ވަަނަ ޑިވިޝަން ފުޓްބޯޅަ ފަށާނެ ކަމަށެވެ. އެކަމަކު، މިހާރު މި މުބާރާތް މިހާރު ލަސްކޮށްފައި އޮތީ، ވަކި މުއްދަތެއް ހާމަކުރުމެއް ނެތި އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހިންގުމަށް އުޖޫރައެއް ނެގުމެއްނެތި ކުރިއަށްދާން، ތައްޔާރުކަމަށް ބުރު ސްޕޯޓްސް ކްލަބާއި އަންހެން ގައުމީ ޓީމުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، އަދިވެސް މުބާރާތް ފެށޭނެ ސީދާ ތާރީހެއް ނެތެވެ.

ބޮޑު ހޭދައެއް ކޮށްގެން، ދެ ވަނަ ޑިވިޝަނަށް ގިނަ ޓީމުތަކަކުން ތައްޔާރުވަމުން އަންނައިރު، ޓީމުތަކުގެ ކަންބޮޑުވުމަކީ، މުބާރާތް ފެށޭނެ އިރެއް ނޭނގި ޕްރެކްޓިސް ކޮށްލަ ކޮށްލައި ހުންނަން ޖެހުމެވެ. މި ޝަކުވާތަކާ އެކު، ދެ ވަނަ ޑިވިޝަން ޓީމުތަކުން އެދުނީ މި ކަމުގައި ސްޕޯޓްސް މިނިސްޓްރީގެ ހައްލަކަށެވެ.

ސްޕޯޓްސް މިނިސްޓަރު، ރާފިއު، މިއަދު "އަދަދު" އަށް ވިދާޅުވީ، ދެ ވަނަ ޑިވިޝަން ޓީމުތަކުގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށާއި މި ކަމުގައި މިނިސްޓްރީ އަށް ކުރެވޭނެ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ބިދޭސީ ކުޅުންތެރިން ގެނެސްގެންނާއި ރަނގަޅު ދިވެހި ކުޅުންތެރިން ވެސް ގެނެސްގެން ދެ ވަނަ ޑިވިޝަން ޓީމުތަކުން އެ އަންނަނީ މުބާރާތަކަށް ތައްޔާރުވަމުން. އެކަމަކު، އެ މުބާރާތް ފެށޭނެ ތާރީހެއް ވެސް ނޭނގި، ހަރަދުތަކެއް އިތުރަށް ކުރަން ޖެހުމުން އެ ކަންބޮޑުވުންތައް ހިއްސާކުރީ،" ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރުގެ މަގާމު ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި ރާފިއު ވިދާޅުވި އެވެ.

"ދެން، މުބާރާތަކަށް ޕްރެޕަރޭޝަން ގެންދަންޏާ ވަކި ގޮތަކަށް ވަކި ދުވަސްވަރެއްގައި ގެންދާނީ، އެކަމަކު، މުބާރާތް ފަށާ އިރެއް ނޭނގި އެއްވެސް ކަމެއް ރާވަން ފަސޭހައެއް ނުވާނެކަން އެނގޭ،"

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، މިއަދު "އަދަދު" އަށް ވިދާޅުވީ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވީ އެންމެ އަވަަހަށް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަކި ތާރީހެއް އަނެއްހެން ހާމަކުރެވެން ނެތް. މި މަސް ތެރޭ ފެށޭނެ. މިިކަމުގައި ސްޕޯޓްސް މިނިސްޓްރީއާ ވެސް މި އަންނަނީ މަޝްވަރާތަކެއް ކުރަމުން،" ޖައު ވިދާޅުވި އެވެ.

ދެ ވަނަ ޑިވިޝަނަށް މީގެ ހަތަރު ވަރަކަށް މަސް ކުރިން ބައެއް ޓީމުތަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ.

ގިނަ ޓީމުތަކުން ބިދޭސީ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅުނު މަޝްހޫރު ކުޅުންތެރިން ގެނެސްގެން، ޕްރެކްޓިސް ކުރަމުން އަންނައިރު، މުބާރާތް ދިގުލައިދާ ކޮންމެ މުއްދަތަކަށް ކޮންޓްރެކްޓް އިތުރު ކުރަން ޖެހޭނެ އެވެ. އަދި މިއީ ވެސް މާލީ ގޮތުން ކްލަބްތަކުން އުފުލަން ޖެހޭނެ އިތުރު ބުރައެކެވެ.

ކުރިއަށް އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް އެންމެ ބޮޑު ހަރަދުކޮށްގެން ޓީމުތައް ތައްޔާރުވާ ދެ ވަނަ ޑިވިޝަން މުބާރާތެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން އަހުމަދު ވާސިފްއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވަނީ ދެ ވަނަ ޑިިވިޝަނުން ތިން ކްލަބެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، ގަވާއިދުގައި އެ ގޮތަށް އަދި ހިމެނިފައިނެތުމާ އެކު، މި ފަހަރުގެ ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ޓީމުތަކުގެ އަދަދެއް ސާފުވާނީ މުބާރާތުގެ ގަވާއިދުގެ ކަންކަން ނިމުމުން ކަމަށް ވެސް އެފްއޭއެމުން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox