ވަރިވާން ދިޔަ ދެ އަންހެނަކަށް މެސެޖުކުރި މެޖިސްޓްރޭޓްް ވަކިކޮށްފި

ވަރިވާން ދިޔަ އަންހެނަކަށް މެސެޖު ކޮށްގެން ވަކިކުރަން މަޖިލީހުން ނިންމި ގާޒީ އަލީ އާދަމް

ވަރިވާން ދިޔަ އަންހެނަކަށް މެސެޖު ކޮށްގެން ވަކިކުރަން މަޖިލީހުން ނިންމި ގާޒީ އަލީ އާދަމް

ވަރިވާން ކޯޓަށް ދިޔަ ދެ އަންހެނަކަށް މެސެޖުކުރި މައްސަލާގައި ސަސްޕެންޑުކުރި ފަނޑިޔާރު އަލީ އާދަމް މަގާމުން ވަކިކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވަރިވާން ދިޔަ އަންހެނުންތަކަކަށް ގުޅި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ބަލައި ތަޅުމަށް ފޮނުވުމުން، އަލީ އާދަމް މަގާމުން ވަކިކުރުމަށް ފާސްކުރީ 46 މެންބަރުންގެ ވޯޓުންނެވެ. އޭނާ މަގާމުން ވަކިކުރުމާ ދެކޮޅަށް އެެއް މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްކަރީމް އެވެ.

އަލީ އާދަމް މަގާމުން ވަކިކުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް ތަހުގީގުގައި މެޖިސްޓްރޭޓު އަމިއްލައަށް އިއުތިރާފުވެފައި ވާތީ އެވެ. އަލީ އާދަމްއާ ގުޅޭ މިފަދަ ދެ މައްސަލައެއް ޖޭއެސްސީއިން މަޖިލީހަށް ހުށަހެޅި އެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި ޖުޑިޝަރީ ކޮމިޓީން ވަނީ މެޖިސްޓްރޭޓް ހާޒިރުކޮށް, ޖަވާބުދާރީވުމުގެ ފުރުސަތު ދީފަ އެވެ. މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ފޮނުވުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.

މަޖިލީހަށް ހާޒިރުވެ މެޖިސްޓްރޭޓް ވިދާޅުވީ, ވަރިވާން ދިޔަ އަންހެނަކަށް ކުރި މެސެޖުތަކަކީ, ހުށަހަޅާފައި އޮތް މައްސަލައިގެ ހުކުމާ ގުޅިގެން ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފާނެ ކަމުގެ ބިރު އޮތުމުން ރަނގަޅު ގުޅުމެއް ބޭއްވުމަށް ކުރި މެސެޖުތަކެއް ކަމަށެވެ. އެފަދަ މެސެޖުތަކެއް ފޮނުވުމަކީ ރަނގަޅު ކަމެއް ކަމަށް ނުވިޔަސް، އެއީ ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑު އެންމެ ދަށު ދަރަޖައެއް ނޫން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެސެޖުތައް ޑިލީޓް ކުރަން އެދުނީވެސް ނުބައި ނިޔަތެއްގައި ނޫން ކަމަށާއި, އެއީ މީހަކަށް ފެނިގެން މައްސަލައެއް އުފެދިދާނެތީ އެދުނު ގޮތެއް ކަމަށެވެ.

މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ބުނީ, މެޖިސްޓްރޭޓުގެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން, ޖޭއެސްސީ އަދި ޖުޑިޝަރީ ކޮމިޓީގެ ނިންމުމަށް ރިއާޔަތްކޮށް, މެޖިސްޓްރޭޓު މަގާމުން ވަކިކޮށްދޭން އެދި ޖޭއެސްސީން ހުށަހަޅާފައިވާ މައްސަލައާމެދު ގޮތް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެވެ.

އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މިދިޔަ މެއި 23، ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ކުރިން އޭނާ ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. އޭނާގެ ދަރަޖަ ދަށްކޮށް، ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓަކަށް ބަދަލުކުރީ، ޖޭއެސްސީއަށް ހުށަހެޅިފައިވާ އިތުރު މައްސަލައެއް ބެލުމަށްފަހެވެ. ކޮމިޝަނުން ބުނާ ގޮތުގައި، އެއީ ފަނޑިޔާރު ފަރުވާ ކުޑަކުރި ކަމަށް ބުނެ، ކޮމިޝަނުން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox