ރެއާލުން އެމްބާޕޭ އަށް "ޑެޑްލައިނެއް" ދީފި

Dec 8, 2023, 4:55 AM
ރެއާލުން އެމްބާޕޭ އަށް "ޑެޑްލައިނެއް" ދީފި

މެޑްރިޑް (ޑިސެމްބަރު 8) - ރެއާލް މެޑްރިޑާ ގުޅުމާ މެދު ގޮތެއް ނިންމަން ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ފޯވާޑް، ކީލިއަން އެމްބާޕޭ އަށް ޑެޑްލައިނެއް ދީފި އެވެ.

ޕީއެސްޖީއާ އެކު، އެމްބާޕޭ، 24، ހުރީ މި ސީޒަނުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. ޖޫން މަހުގެ ނިިޔަލަށް އޮތް އެ ކޮންޓްރެކްޓާ މެދު މި މަހުގެ ކުރިން ޕީއެސްޖީ އަށް ގޮތެއް ނުނިންމިއްޖެނަމަ އަންނަ މަހުގެ އެއް ވަަނަ ދުވަހުން ފެށިގެން، އެމްބާޕޭ އަށް ބޭނުން ޓީމުތަކަކާ އެކު މަޝްވަރާ ކުރެވޭނެ އެވެ. އަދި ބޭނުންނަމަ ޖުލައި އެއް ވަނަ ދުވަހު އާ ޓީމަކާ ގުޅޭގޮތަށް ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ.

އެމްބާޕޭ އަށް އާ ކޮންޓްރެކްޓެއް ޕީއެސްޖީން ވަނީ ހުށަހަޅައިފަ އެވެ. އެ އެއްބަސްވުމަށް އެމްބާޕޭ ނުރުހޭނަމަ ޖެނުއަރީ ޓްރާންސްފާ ތެރޭގައި ޕީއެސްޖީން އޭނާ ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. އެއީ ސީޒަން ނިމުމުން އެމްބާޕޭ އަށް ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޮތްއިރު، ޓީމުގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ކްލަބް ދޫކޮށްލާއިރު އެއްވެސް ފައިސާއެއް ނުލިބިދާނެތީވެ އެވެ.

Advertisement

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލުން ވަނީ ގޮތެއް ނިންމަން އެމްބާޕޭ އަށް މުހުލަތެއް ދީފަ އެވެ. އެ ގޮތުން، ޖެނުއަރީ 15 ގެ ކުރިން އެމްބާޕޭގެ ނިންމުން ހިއްސާކުރަން ރެއާލުން ވަނީ އަންގައިފަ އެވެ.

އެމްބާޕޭ އަށް އެހާތަނަށް ގޮތެއް ނުނިންމިއްޖެނަމަ ރެއާލުން މެންޗެސްޓާ ސިޓީގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑަށް އޮފާ ކޮށްފާނެ ކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ރަސްމީ ސްޓްރައިކަރެއް ނުލައި ރެއާލުން މި ވަގުތު ކުޅެމުން އަންނައިރު، އެ މަގާމަށް އެންމެ އެކަށޭނެ އެއް ކުޅުންތެރިއަކީ ހާލަންޑް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox