އެތުލީޓުންނަށް ހާއްސަ އިސްކަމެއްދީގެން 20 އަހަރުގެ ޕްލޭނެއް ހަދަނީ

އެތުލީޓްސް ފޯރަމްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެތުލީޓްސް ފޯރަމްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ކުޅިވަރު އެތުލީޓުން ބިނާކުރުމުގެ ވިސްނުމުގައި ހާއްސަ އިސްކަމެއް ދީގެން 20 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާފިއު މި ގޮތަށް ވިދާޅުވެފައިވަނީ މިދިޔަ މަހު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަން އިން ފުރަަތަމަ ފަހަރަށް ބޭއްވި އެތުލީޓްސް ފޯރަމްގައި ބައިވެރިވި އެތުލީޓުންނާ މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު އެވެ.

ފާއިތުވި އަހަރުތަކުގައި އެތުލީޓުންނަށް ދިމާވާ މެޑިކަލް ކަންކަމުގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކުޅިވަަރު ގޭމްސްތަކުގައި ބައިވެރިވީ ރާފިއު އެވެ. އެތުލީޓުންގެ ހައްގުގައި މަސައްކަތް ކުރަން ހުންނެވި އެންމެ އިސް ފަރާތެއްގެ ގޮތުގައި އެތުލީޓުންނާ މުހާތަބުކޮށް މި ކަހަލަ ފޯރަމެއްގައި ފުރަތަމަ ފަހަރަށް ވާހަަކަ ދެއްކެވިއިރު، ރާފިއު ފާހަގަކުރެއްވީ ދުރު ރާސްތާ ވިސްނުމެއްގައި ކަންކަން ކުރާއިރު، މިހާރު ވެސް ކަންތައްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަމުގެ ވާހަކަ އެވެ.

"އަޅުގަނޑުމެން މި އުޅެނީ ތިޔަކުދިން ތަމްރީން ކުރުމުގައި ގެންގުޅޭ ފިލޯސަފީ، ސިޔާސަތު، މި އަށް ވުރެ ރަނގަޅަށް، ކުޅިވަރުގެ ތުއްތު ކުދިން، ކުޅިވަރު ކުޅޭ ޕާކުން ފެށިގެން އިންޓަނޭޝަނަލް ޕޯޑިއަމްއާ ހަމައަށް ގެންދާނެ ކްލިއާ ޕާތުވޭ އެއް. އާދެ، މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިއަދުން ފެށިގެން ވެސް ކުރަމުން ގެންދާނެ،،" ރާފިއު ވިދާޅުވި އެވެ.

"މި މަގުޗާޓުގައި އަޅުގަނޑުމެން ހިމަނާނީ ކޮން ބަޔެއް ކަމާ ކީއްކުރާ ބައެއް ކަމާއި ކޮންތާކު ކިހިނެއް ކުރާ ކަމެއްކަން ވަރަށް ސާފުކޮށް ފެންނަ ގޮތަށް ދިގު ރާސްތާ ޕްލޭނެއް، 20 އަހަރުގެ ޕްލޭނެއް، ކޮންމެ ހަތަރު އަހަރަކުން ރިވިއު ކުރަމުންދާ ޕްލޭނެއް،"

ރާފިއު ވިދާޅުވީ މި ޕްލޭނުގެ މަސައްކަތް ކުރާނީ ވަރަށް ގިނަ ބަޔެއްގެ އިރުޝާދު ވެސް ހޯދައިގެން ކަމަށާއި އަދި ކުޅިވަރުގެ ކަންކަމުގައި ޝާމިލުވެ އުޅޭ އެކިއެކި ފަރާތްތަކުގެ ލަފާ ވެސް މި ކަމަށް މުހިންމުވާނެ ކަމަށެެވެ. އެއީ، މީގެ ފައިދާ ދިވެހި ކުޅިވަރަށް އެންމެ ރަނގަޅަށް ކުރާނީ ވީހާ ވެސް ގިނަ ބަޔެއްގެ ބައިވެރިވުން ބޮޑު ގޮތެއްގައި ހެދޭ ޕްލޭނަކުން ކަމަށް ރާފިއު ވެސް ދެކިލައްވަ އެވެ.

"މި ދެންނެވި ކުޅިވަރުގެ ޕާކުތަކުން ތުއްތު ކުދިން، ތަންކޮޅެއް ބޮޑުވީމަ ވަކި އުސޫލެއްގެ ދަށުން ވަކި ހަމަތަކެއްގެ ދަށުން ޓްރެއިން ކުރެވިގެން އައިސް، ގޭމްތައް ވިންކޮށް، ޕޯޑިއަމްތަކަށް އަރާ ރަން ވަނަތަކެއް ހާސިލްކުރެވޭނެ ނިޒާމެއް އެކަށައެޅިގެންދާނެ އިރާދަކުރެއްވިއްޔާ،"

އެތުލީޓްސް ފޯރަމްގައި ދެއްކެވި ވާހަކައިން ރާފިއު ވަނީ ގައުމީ ލެވަލްގައި ކުޅިވަރު ކުޅެމުން އަންނަ އެތުލީޓުންނަށް ވަރަށް ބޮޑު ޔަގީންކަމެއް ދީފަ އެވެ. ރާފިއު ވިދާޅުވީ، ޕޮލިސީ ލެވަލްގައި ކޮންމެ ކަމެއްވެސް ނިންމާއިރު އެންމެ ބޮޑު އަހައްމިއްޔަތުކަން ދޭނެ ކަމަކީ އެތުލީޓުންގެ ހައްގު ހިމާޔަތް ކުރެވޭނެ ކަންތައްތަކަކަށް ކަމަށެވެ.

"ތިޔަ ކުދިންނަކީ އަބަދުވެސް އަޅުގަނޑުމެންގެ މެދުގައި ތިބޭ ކުދިން، އަޅުގަނޑުމެންގެ މޮޑެލް އަކީ އެތުލީޓު ސެންޓާޑް މޮޑެލް އަކަށް ވެގެންދާނެ. ކޯޗު ޑްރިވެން މޮޑެލް އަކަށް ވެގެންދާނެ. މިއީ ދުނިޔޭގައި މިހާތަނަށް ސަކްސެސްފުލްވީ ޓީމުތަކުން ސަކްސެސްފުލްވީ މޮޑެލްތަކުން ދައްކާ އުސޫލު. އެހެންވީމަ މި ގޮތުގެ މަތިން މި ކަހަލަ މޮޑެލް އެއް، އިރާދަކުރެއްވިއްޔާ އެކުލެވިގެންދާނެ،" ރާފިއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހުރިހާ ފޯކަސް އެއް އޮންނާނީ ތިޔަ އެތުލީޓުންނަށް، ކޮންމެ ފިޔަވަޅެއް، ކޮންމެ ރޮނގެއް އަޅުގަނޑުމެން ދަމާލާނީ އެތުލީޓުންގެ ކުރިއެރުމަށާއި އެތުލީޓުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އަދި އެތުލީޓުންނަށް އިތުރު ކުރިއެރުމަށް ވާސިލްވެވޭނެ މަގުފަހިވާ ގޮތަށް، އަދި ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި މި ސޮސައިޓީ ބައްޓަން ކުރުމުގެ ނިޒާމެއްގެ ދަށުން،"

އެތުލީޓްސް ފޯރަމްގައި ލިބިގެންދިޔަ އެންމެ ފަހި ފުރުސަތަކީ، ކުޅިވަރުގެ އެކި އެކި ފަރާތްތަކަށް އޯޕަން ޕްލެޓްފޯމެއްގައި ސުވާލު ކުރުމުގެ ފުރުސަތެވެ. އެ ގޮތުން، މި ލިބުނު ފުރުސަތުގައި ގައުމީ ލެވަލްގެ އެކި ކުޅިވަރުކުޅޭ އެތުލީޓުން ވަނީ މިނިސްޓަރު ރާފިއުއާ ސުވާލުތަކެއް ކޮށްފަ އެވެ.

މައިގަނޑު ގޮތެއްގައި އެތުލީޓުންގެ އެންމެ ބޮޑު ގޮންޖެހުމަކީ، ގައުމީ ލެވަލްގެ ކުޅިވަރު ކުޅުންތެރިންނަށް ކުޅޭނެ ރަނގަޅު ވަސީލަތްތަކެއް ނެތުމުގެ ވާހަކަ އެވެ. އެ އަށް ރާފިއު ދެއްވި ޖަވާބަކީ، "ވިސްނުމަކީ ކޮންމެ ކުޅިވަރެއް ވެސް 24 ގަޑިއިރު ކުޅެވޭނެ" ރަނގަޅު ފެންވަރުގެ ވަސީލަތެއް ހުންނަން ޖެހޭނެ ކަމަށާއި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާއިރު، ކަންކަން ނިންމާނީ އެ ގޮތަށް ކަމަށެވެ.

އެތުލީޓުން ރިޓަޔާ ކުރުމަށް ފަހު، ކުޅިވަރުގެ ތެރޭގައި ކުރިއަށް ދިއުމުގައި ހަރުދަނާ އުސޫލުތަކެއް ހެދިފައި އޮތުން މުހިންމު ކަމަށް ވެސް ބައެއް އެތުލީޓުން ފާހަަގަކޮށްފައިވެ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިހާރު އެލަވަންސެއްގެ ގޮތުގައި މަހަކު އެއް ފަހަރު ދޭ ގޮތަށް މި އޮތް 5000 ރުފިޔާ އަކީ އެކަށީގެންވާ މިންވަރުތޯ ނޫނީ މި އަށް އަންނާނެ ބަދަލުތަކަކީ ކޮބައިތޯ، އެތުލީޓުން ވަނީ ސުވާލުކޮށްފަ އެވެ.

ރާފިއު ވިދާޅުވީ، އެތުލީޓުންގެ ކުރިއެރުމާއި މަންފާ އަށް މިހާރު ހުރި ކަންކަމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ކައިރި މުސްތަގުބަލެއްގައި ވެސް އަންނާނެ ކަމަށާއި އޭގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެެވެ. އަދި އެންމެ މުހިންމު ކަމަކީ މި ހެދޭ ޕްލޭންގެ ތެރެއިން، މި ވަގުތު އެތުލީޓުންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލުތަކެއް ލިބޭނެ ގޮތްވުން ކަމަށާއި ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި މި ޕްލޭންގެ ފުރަތަމަ މަރުހަލާގެ ކަންކަން ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާފިއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox