ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭން ބްރޫކް ސޯޝަލް މީޑިއާ އެޕްތައް ޑިލީޓްކޮށްލައިފި

Dec 7, 2023, 4:11 AM
ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭން ބްރޫކް ސޯޝަލް މީޑިއާ އެޕްތައް ޑިލީޓްކޮށްލައިފި

ލަންޑަން (ޑިސެމްބަރު 7) - ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ވިސްނުމުގައި އަރަމުން އަންނަ އިނގިރޭސި ކްރިކެޓް ތަރި، ހެރީ ބްރޫކް ސޯޝަލް މީޑިއާ އެޕްތައް ޑިލީޓްކޮށްލައިފި އެވެ.

ބްރޫކް، 24، ބައިނަލްއަގުވާމީ ކްރިކެޓްގައި ވިދުންގަދަވާން ފެށީ 2022 ގައި ރަސްމީކޮށް ގަވާއިދުން ކުޅެން ފަށައި، އެ އަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން ޓެސްޓް ކްރިކެޓްގައި ވެސް ތަފާތު ދައްކަން ފެށުމުންނެވެ.

ދާދި ފަހުން، އިންޑިއާގައި ނިމުނު ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް (އޯޑީއައި) ފޯމެޓްގެ ވޯލްޑް ކަޕްގައި އިންގްލެންޑް ގްރޫޕް ސްޓޭޖުން ކެޓިއިރު، އެންމެ ގިނަ ބަޔަކު ފާހަގަކުރި ކަމަކީ ބްރޫކް އަށް އުންމީދު ކުރި ވަރާ ގާތަށް ނުކުޅެވުނު ކަމެވެ.

އޯޑީއައި ވޯލްޑް ކަޕްގެ ކުރިން 50 އޯވަރު ކުޅޭ އެ ފޯމެޓްގައި ބްރޫކް ކުޅެފައިވަނީ ވެސް މަދު މެޗުތަކެކެވެ. އެހެންވެ، ފޯމެޓްގެ މާ ބޮޑު ތަޖުރިބާއެއް ވެސް ނެތުމާ އެކު، ވޯލްޑް ކަޕްގެ ޕްރެޝަރުގައި ކުޅެން ޖެހުމުން ބްރޫކް އަށް އެންމެ ރަނގަޅަށް ނުކުޅެވުނެވެ.

މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބްރޫކް ބުނެފައިވަނީ ޕްރެޝަރުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުމުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މެންޓަލީ (ނަފްސާނީ ގޮތުން) އެންމެ ރަނގަޅު ލެވަލެއްގައި ހުރުމަށް ކަމަށެވެ. އެހެންވެ، އެ ކަމަށް ބާރު އެޅުމުގެ ގޮތުން ނިންމި ބައެއް ނިންމުންތަކުގެ ތެރޭގައި ސޯޝަލް މީޑިއާއާ އަމިއްލަ އަށް ދުރަށް ޖެހިލުން ހިމެނޭ ކަމަށް ބްރޫކް ވަނީ ބުނެފަ އެވެ.

"އަހަރެން ސޯޝަލް މީޑިއާއާ ދުރުގައި މި އުޅެނީ. އެހެން ސޯޝަލް މީޑިއާ އިން މި އަންނަ ކަހަަލަ ނެގެޓިވް ކަމެއް އައުމާ އެކު، އަހަރެން ހުންނާނީ ޑިލީޓް ކޮށްލައިފައި،" ބްރޫކް ބުންޏެވެ.

"ނެގެޓިވް ކަންކަމަށް އަހަރެން އެހާ ބޮޑަށް ނުބަލަން. އެހެންވެ، އަހަރެންގެ ގޭމް ރަނގަޅު ކުރަން ވެސް އަސްލު ފަސޭހަ، އަހަރެންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ބާރު އެޅޭ ހަގީގަތުގައި. ސޯޝަލް މީޑިއާއާ ދުރަށް ދިއުމުން ނެގެޓިވް ގިނަ ކަންކަމުން ދުރުވެވިއްޖެ،"

ބްރޫކް މިހާރު ނިންމާފައިވަނީ އޭނާގެ ސޯޝަލް މީޑިއާގެ ކަންކަން ބެލެހެއްޓުމަށް ވަކި ޓީމަކާ ހަވާލު ކުރުމަށެވެ. އެ ގޮތުން، ޕްރޮމޯޓް ކުރަން ޖެހޭ ކަންކަން ކުރުމަށް އިސްކަން ދިނުމުގެ ގޮތުން އެ ޓީމުން ހަރަކާތްތެރިވާން ވަރަށް އަވަހަށް ފަށާނެ ކަމަށް ބްރޫކް ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުންވަނީ ކުޅުން ރަނގަޅު ކުރަން ފޯކަސް ކުރަން. ޕީއާރް ބަލާނީ އަހަރެންގެ ޓީމުން،" ބްރޫކް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox