ސިޓީ އަށް މި ފަހަރު ވެސް ލީގު ހޯދޭނެ: ގާޑިއޯލާ

Dec 6, 2023, 7:25 AM
ސިޓީ އަށް މި ފަހަރު ވެސް ލީގު ހޯދޭނެ: ގާޑިއޯލާ

މެންޗެސްޓާ (ޑިސެމްބަރު 6) - މެންޗެސްޓާ ސިޓީ އަށް މި ފަހަރު ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ސިޓީ ވަނީ އެއްވަރުވެފަ އެވެ. ސިޓީ މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލުން ވަނީ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. އާސެނަލަށް ވަނީ ސިޓީ އަށް ވުރެ ހަ ޕޮއިންޓް އިތުރަށް ލިިބިފަ އެވެ.

ލީގުގައި މިރޭ ސިޓީން ކުޅޭނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅޭ އެސްޓަން ވިލާ އިން ވަނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗުން މޮޅުވެފަ އެވެ. އެހެންކަމުން، މިއީ ސިޓީ އަށް ޕްރެޝަރު މެޗެކެވެ.

ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ ހާލަތު ބަދަލުކުރަން ސިޓީން މެޗުތަކުން މޮޅުވާން ޖެހޭ ކަމަށެވެ.

"އަހަރެން ގާތުގައި މިއަދު ސުވާލުކުރިޔަސް ބުނެވޭނީ ސިޓީ އަށް ލީގު ލިބޭނެއޭ. އަހަރެމެން ޓޮޓެންހަމް އާއި ލިވަޕޫލާ ދެކޮޅަށް ކުޅުނު ލެވަލްގައި ކުޅެފިއްޔާ އަހަރެމެންނަށް ލީގު ލިބޭނެ،" މިދިޔަ ތިން އަހަރު ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވި ގާޑިއޯލާ ބުންޏެވެ.

"ގިނަ ބަޔަކު ސިޓީއާ މެދު ޝައްކު ކޮށްފާނެ. އެއީ އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަތަރު ފަހަރު (ޕްރިމިއާ) ލީގު ހޯދިފައި ނުވޭ. އަހަރެމެން ގަބޫލުކުރަންވީ އެކަން އަހަރެމެންނަށް ކުރެވޭނެއޭ. އެ ހިތްވަރާ އެކު ކުރިއަށްދާން ބޭނުމީ އޭރުން ކާމިޔާބުވާނެ،"

ވިލާއާ ދެކޮޅަށް ސިޓީން ކުޅޭ މެޗުގައި އެ ޓީމުގެ ރޮޑްރީ އަށް ނުކުޅެވޭނެ އެވެ. އޭނާ ހުރީ ސަސްޕެންޝަނެއްގަ އެވެ. މީގެ ކުރިން ރޮޑްރީ ނުލައި ލީގުގައި ސިޓީން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން، ސިޓީ ކުޅުނު މެޗުގައި ޓޮޓެންހަމްއާ 3-3 އިން އެއްވަރުވިއިރު، އެ މެޗުގައި ސިޓީގެ ކުޅުންތެރިންގެ އަހުލާގީ މައްސަލަތަކެއް ފާހަގަވެ، އެކަން އަންނަނީ ޕްރިިމިއާ ލީގުން ބަލަމުންނެވެ. ގާޑިއޯލާ ބުނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނީ މައްސަލައިގައި ކްލަބުން ނިންމާ ގޮތްތަކެއް ބެލުމަށް ފަހު ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox