އޭސީސީއަށް ޕޯޓަލްގެ އެކްސެސް ނުލިބޭތީ ގެދޮރުވެރިޔާ މައްސަލަ މަޑުޖެހިފައި

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ރައީސް ޝާމިލް (ވ) ވާހަކަދައްކަވަނީ. --ފޮޓޯ: މަޖިލިސް

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ރައީސް ޝާމިލް (ވ) ވާހަކަދައްކަވަނީ. --ފޮޓޯ: މަޖިލިސް

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އެކުލަވާލާފައިވާ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުލިބޭތީ, އެ ސްކީމުގެ ދަށުން ފްލެޓް ދީފައިވާ ގޮތް ތަހުގީގު ކުރުން މަޑުޖެހިއްޖެ އެވެ.

ކުރީ ސަރުކާރުން ދޫކުރަން އިއުލާނުކޮށްފައިވާ 4000 ފްލެޓުގެ ދާއިމީ ލިސްޓު ނެރުނީ, މިދިޔަ ނޮވެމްބަރު ފަހެއްގަ އެވެ. އެ ލިސްޓާއެކު ގިނަ ޝަކުވާތަކެއް ފެންމަތިވުމުން, އޭސީސީން ވަނީ ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ނޫނީ މައްސަލަ ކުރިއަށް ނުގެންދަން އަންގާފަ އެވެ.

ނަމަވެސް އޭރު އޭސީސީން އެންގި ގޮތަށް ހައުސިން މިނިސްޓްރީން އަމަލުކޮށްފައި ނުވާ ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ ފްލެޓު ދިނުމުގެ މަސައްކަތް ހުއްޓާލަން އަންގާފަ އެވެ. އެ މަސައްކަތް މަޑުޖައްސާލައިގެން އޭސީސީން މައްސަލަ ބަލަމުންދާތާ މަސް ދުވަސް ވާން ގާތްވެފައިވީ ނަމަވެސް ތަހުގީގު ނިމޭނެ ތާރީހެއް ބުނަން ނޭނގޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

Advertisement

މިހާރު އިއުލާނުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ޕެޓިޝަން ކޮމިޓީއަށް މިއަދު އޭސީސީ މީހުން ހާޒިރުކުރި އެވެ.

ޕެޓިޝަން ކޮމިޓީއަށް އޭސީސީން ހާޒިރުކޮށް ސުވާލުކުރުމުން, އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ, ކޮމިޝަނުން މައްސަލައިގެ ތަހުގީގު ކުރަމުން ދަނީ ގެދޮރުވެރިޔާ ސިސްޓަމަށް އެކްސެސް ލިބިގެންނެއް ނޫނެވެ. އަދި މިހާތަނަށް ހޯދި މައުލޫމާތުތައް ހޯދާފައި ވަނީ މިނިސްޓްރީގެ ލޮގިންތައް ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މުޅި ސިސްޓަމަށް އެކްސެސް ލިބުމަކީ ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން މިކަން ބެލުމަށްޓަކައި. އެކަން އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ޓެކްނިކަލް،" ޝާމިލް ވިދާޅުވި އެވެ.

މިއަދު ހެނދުނު 10:00 އޭސީސީ ހާޒިރުކޮށްގެން ބޭއްވި ޕެޓިޝަން ކޮމިޓީގެ އެ ބައްދަލުވުމަށް ވަޑައިގެންނެވުމާ ހަމައަށް ވެސް ޝާމިލް ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އެއް އޭސީސީއަށް ނުލިބެ އެވެ.

ފްލެޓު ލިސްޓުގެ ސައްހަކަމާމެދު އޭސީސީން ވެސް ސުވާލު އުފައްދާފައިވާއިރު، މިއަދުގެ ކޮމިޓީގައި މެންބަރުން ސާފުކުރަން އެންމެ ބޮޑަށް ބޭނުންވީ އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގު ނިންމާނެ ދުވަހެއް ހޯދުމެވެ. އެ ސުވާލު ތަކުރާރުކޮށް ކުރުމުން ވެސް ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ޖަވާބެއް ނުދެއްވި އެވެ.

"ސީދާ ކަނޑައެޅިގެން މިވެނި ދުވަހަކަށް އަޅުގަނޑުމެން އެކަން [ތަހުގީގު] ނިންމާނަމޭ ދަންނަވަން ވަރަށް ދަތި،" ޝާމިލް ވިދާޅުވި އެވެ.

މައްސަލަ ބަލާތާ މަސް ދުވަސް ވާން ކައިރިވެފައިވީ ނަމަވެސް, ތަހުގީގު ނިންމޭނެ ތާރީހެއް ވިދާޅުވެވެން ނެތް މައިގަނޑު ސަބަބަކީ އޭނާ ފާހަގަކުރެއްވި ގޮތުގައި ޕޯޓަލްއަށް އެކްސެސް ނުލިބުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހުމެވެ.

ތަހުގީގު ކުރިޔަށް ގެންދާނީ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކާއި, ފްލެޓުތަކުގެ ހައްގުވެރިންގެ ހައްގު ވެސް ނުގެއްލޭނެހެން, ގާނޫނުން ދީފައި ހުރި އިންތައް ބޭނުންކޮށްގެން ކަމަށް ވެސް ޝާމިލް ވިދާޅުވި އެވެ.

އޭސީސީ ހާޒިރުކުރި ޕެޓިޝަން ކޮމިޓީ ނިންމުމަށްފަހު, މެންދުރު 12:00 ގައި ފެށި އެ ކޮމިޓީގެ ބައްދަލުވުމަށް ވަނީ ހައުސިން މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި މެންބަރުން ވަނީ, ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދެވޭނެ ތާރީހަކާމެދު ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި ގޮތުގައި, ޕޯޓަލްގެ އެކްސެސް އޭސީސީއަށް ނުދެވިގެން އުޅެނީ ޑިވެލޮޕަރުން މެދުވެރިކޮށް ދޭން ޖެހޭ ހުއްދައަކަށްވާތީ, އެކަމަށް ވަގުތުކޮޅެއް ނަގާތީ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލަސްވެގެން މި ހަފްތާގެ ބުރާސްފަތި ދުވަހަށް އޭސީސީއަށް ޕޯޓަލްގެ އެކްސެސް ދޭނެ އެވެ.

ފްލެޓު ލިސްޓުގެ ސައްހަ ކަމާމެދު އޭސީސީގެ ސުވާލު

ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލާގައި މިއަދު އޭސީސީން ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކުރުމުން, އެ ކޮމިޝަނުން ދިން ގިނަ މައުލޫމާތުތަކަކީ މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމުން ހިއްސާކޮށްފައިވާ މައުލޫމާތުތަކެވެ.

އެގޮތުން އޭސީސީން ވަނީ, ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޕޮއިންޓު ދިނުމުގައި ޕޯޓަލް ތެރެއިން, ޝަރުތު ހަމަނުވާ މީހުން ވެސް ޝަރުތު ހަމަވާނެހެން ޕޮއިންޓު އިތުރުކޮށްފައި ހުރިކަން ފާހަގަކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ޕޯޓަލް ފަރުމާކޮށްފައި ވަނީ އެއަށް އަޅާ މައުލޫމާތުތަކަށް ބިނާކޮށް އޮޓަމެޓިކޮށް ޕޮއިންޓް ދޭ ގޮތަށެވެ. އެހެން ނަމަވެސް, އެ ޕޯޓަލްއަށް އަޅާ މައުލޫމާތުތައް ކަށަވަރު ކުރުމަށް ހުރި ޑީއެންއާރް އަދި ޕެންޝަން ފަދަ ބައެއް ޑޭޓާ ބޭސްތައް ސިންކް ކުރުމުގައި މައްސަލަތަކެއް ހުރިކަން އޭސީސީން ފާހަގަކުރި އެވެ.

"ލިބެން ހުރި ލިޔެކިއުންތަކަށް ނުބަލާ މާކްސް ދީފައި އެބަހުރި, އަދި މާކްސް ބަދަލުކޮށްފައި ހުރިކަން ފާހަގަވި،" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ގެދޮރުވެރިޔާ ޕޯޓަލް ފަރުމާ ކޮށްފައިވާ ގޮތުން ޑޭޓާ ބޭސްތަކުން ލިބެން ހުރި ލިޔެކިއުންތަކާއި މައުލޫމާތުތަކަށް ނުބަލާ, ޕޮއިންޓު ދީފައި ހުރުމުގެ ސަބަބުން ފްލެޓުގެ ހައްގުވެރި ފަރާތްތަައް ގެއްލި, ޝަރުތު ހަމަނުވާ މީހުން ވެސް ލިސްޓަށް އިތުރުވެފައިވާ ކަމަށެވެ.

"ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން ޖެނެރޭޓުވޭ އެބަ މާކްސްތައް. އެހެން ނަމަވެސް, އެ މާކްސްތައް އޮޓޯއިން ޖެނެރޭޓުވެފައި ހުންނަ އިރު އެ މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް, ނުވަތަ އޭގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުންނަކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ," ބުދަ ދުވަހު ކޮމިޓީގައި އޭސީސީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox