ފެލިކްސްގެ ގޯލުން ބާސެލޯނާ އިން އެތުލެޓިކޯ ބަލިކޮށްފި

Dec 4, 2023, 4:14 AM
ފެލިކްސްގެ ގޯލުން ބާސެލޯނާ އިން އެތުލެޓިކޯ ބަލިކޮށްފި

ބާސެލޯނާ (ޑިސެމްބަރު 4) - ސްޕެނިޝް ލީގުގައި ރޭ ޔާއޯ ފެލިކްސް ޖެހި ގޯލުން 1-0 އިން ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފި އެވެ.

ޕޯޗުގަލް ގައުމީ ޓީމުގެ ފޯވާޑް، ފެލިކްސް އަކީ އެތުލެޓިކޯގެ ލޯނެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ރޭގެ މެޗުގެ ކުރިން ސްޕެއިނުގެ މީޑިއާގައި އެންމެ ގިނައިން ދެކެވުނީ ފެލިކްސްގެ ވާހަކަ އެވެ. އެއީ މި މެޗުގައި ކުޅުނު ދެ ޓީމުގެ ކޯޗުން ވެސް އޭނާއާ ގުޅޭ ގިނަ ސުވާލުތަކަށް ޖަވާބުދީފައިވާތީ އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި ފެލިކްސް ގޯލު ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. ހަނި އޭންގަލަކުން ފެލިކްސް ބޯޅަ ގޯލަށް ފޮނުވާލީ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލަކް އަށް މާ ބޮޑު ފުރުސަތެއް ނުދީ އެވެ.

ފެލިކްސް ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް މިހާތަނަށް 17 މެޗުން ފަސް ގޯލު ޖަހައިފަ އެވެ.

ބާސެލޯނާ އާއި އެތުލެޓިކޯ އަށް ވެސް ރޭގެ މެޗުގައި ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރަން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެތުލެޓިކޯ އަށް އެއްވަރުކޮށްދޭން މެމްފިސް ޑިޕާއި ހިލޭ ޖެހުމަކުން ރަނގަޅު ހަމަލާއެއް ފޮނުވާލިއިރު، ބާސެލޯނާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

މި މޮޅާ އެކު، ބާސެލޯނާ އިން ވަނީ ލީގު ތާވަލުގައި އެތުލެޓިކޯ އަށް ވުރެ ކުރިއަށް ޖެހިލައިފަ އެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ހަތަރެއްގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 15 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox