ވާރޭ ވެހި މެޗުތައް ފަސްކުރަން ޖެހުން, ހޭންޑްބޯޅައަށް އޮތް ބޮޑު ތަކުލީފެއް!

ގައުމީ ހޭންޑްބޯޅަ ކޯޓު, ވާރޭ ވެހޭ ކޮންމެ ފަހަރަކު ކޯޓުގައި ފެންބޮޑުވެ މެޗުތައް ކުޅެން އުނދަގޫތަކާ ކުރިމަތިވޭ - ފޮޓޯ: އަދަދު

ގައުމީ ހޭންޑްބޯޅަ ކޯޓު, ވާރޭ ވެހޭ ކޮންމެ ފަހަރަކު ކޯޓުގައި ފެންބޮޑުވެ މެޗުތައް ކުޅެން އުނދަގޫތަކާ ކުރިމަތިވޭ - ފޮޓޯ: އަދަދު

ހޭންޑްބޯޅަ އަކީ މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު އެންމެ ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ކުޅިވަރެވެ. އެ ގޮތުން، 2015 ވަނަ އަހަރު ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ހޭންޑްބޯޅަ އަށް ދިން ފަހުން މި ކުޅިވަރު މުޅި ރާއްޖެ އަށް ފުޅާވެ, ބާއްވާ މުބާރާތްތަކުގެ އަދަދު ގިނަވެއްޖެ އެވެ. ހޭންޑްބޯޅައިގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ކޯޓުތަކެއް ނެތުމެވެ.

ޒަމާންތަކެއްވަންދެން މާލޭ ކުޅިވަރު އެކުވެނީގައި އޮތް ވެލި ދަނޑުގައި ކުޅެމުން އައި ހޭންޑްބޯޅަ ކުޅެން ވަކި ތަނެއް ލިބުނެވެ. އޭގެ ފަހުން އެ ދަނޑުގައި ކާޕެޓް އަޅައި ބައިނަލްއަގްވާމީ ފެންވަރަށް މި ދަނޑު ތަރައްގީ ކުރީ 2021 ގަ އެވެ. އޭރުވެސް ދެކެވުނު ވާހަކަ އަކީ އިންޑޯ ހޭންޑްބޯޅަ ދަނޑެއް އަވަސް މުސްތަގްބަލެއްގައި އެޅޭނެކަމުގެ ވާހަކަ އެވެ.

މިހާރު އޮތް ހޭންޑްބޯޅަ ކޯޓު އެޅިތާ ދެ އަހަރުވީ އެވެ. ދެ އަހަރުވީއިރު ވެސް އިންޑޯ ސްޓޭޑިއަމަކަށް އެ ދަނޑު ބަދަލުކުރެވޭ ވަރެއް ނުވި އެވެ.

ރާއްޖޭގައި މިވަގުތު ކުޅޭ ޓީމް ކުޅިވަރުތަކުގެ ތެރެއިން މުބާރާތްތަކުގައި އެންމެ ގިނައިން ޓީމު ވާދަކުރާ ކުޅިވަރަކީ ހޭންޑްބޯޅަ އެވެ. އެއީ އޮފީސް މުބާރާތަށްވިޔަސް، އެސޯސިއޭޝަންގެ ރަސްމީ މުބާރާތަކަށްވިޔަސް ހޭންޑްބޯޅައިގައި ވާދަކުރާ ޓީމްތަކުގެ އަދަދު ގިނަ އެވެ. މިހާރު ކުރިއަށްދާ ގައުމީ މުބާރާތުގައި ވެސް 30 ޓީމެއް އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު ނިމުނު އިންޓަ އޮފީސް މުބާރާތުގައި 25 ޓީމް ވާދަކުރި އެވެ.

ޓީމްތައް ގިނަވެ މުބާރާތުގެ މެޗުތަކުގެ އަދަދު ގިނަވުމުގެ ނަތީޖާއަކީ މުބާރާތް ކުޅޭ ދުވަސްތައްވެސް ގިނަވުމެވެ. ނަމަވެސް އެންމެ ފަހުން އެސޯސިއޭޝަނުން ބޭއްވި ދެ މުބާރާތްވެސް ތާވަލްކޮށްފައި އޮތްވަރަށް ވުރެ ދިގުލައިގެންދިޔައީ ވާރޭގެ ސަބަބުންނެވެ.

ވާރޭވެހި ކޯޓުގައި ފެންހެދިއްޖެނަމަ ފެންގަނޑު ހިކެން އިރުތަކެއް ނަގަ އެވެ. އަނެއްކޮޅުން ފެންގަނޑު އެއްކޮށް ހިކުނަސް ކޯޓުގައި އަޅާފައިވާ ކާޕެޓްތައް ހިކެންވެސް ވަގުތު ނަގަ އެވެ. ރަނގަޅަށް ކާޕެޓް ނުހިކެނީސް ކުޅެން އަރައިފި ނަމަ ދަނޑަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުވެ އެވެ.

މަހެއްހާ ދުވަހަށް ރޭވި އޮފީސް ހޭންޑްބޯޅަ މުބާރާތް ނިމުނީ ދޮޅުމަސް ދުވަހުންނެވެ. މިއީ ޓީމްތަކަށާއި، ހޭންޑްބޯލް މޯލްޑިވްސް އަށް މިކަމުގެ ސަބަބުން އުނދަގޫތައް ދިމާވި ކަމެކެވެ. އެ ގޮތުން މުބާރާތުގެ އޮފިޝަލުންނާއި ހުރިހާ ކުޅުންތެރިން ދޮޅުމަސް މިކަމަށް ހުސްވެ ތިބެންޖެހުންވީ ބޮޑު ޗެލެންޖަކަށެވެ.

ރާއްޖޭގައި ކުޅޭ ގިނަ ޓީމް ސްޕޯޓްސްތައް ކުޅެނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގަ އެވެ. މިގޮތުން ބާސްކެޓް ބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅައިން މުބާރާތްތައް ބާއްވަނީ ތިން އެސޯސިއޭޝަނުން މަޝްވަރާކޮށް އެކި ދުވަސްތައް މަތިން މުބާރާތްތައް ބަހާލައިގެންނެވެ. މިގޮތުން އިންޑޯގައި އެއް ދުވަސްވަރެއްގައި ކުރިއަށްދަނީ އެއް އެސޯސިއޭޝަންގެ މުބާރާތްތަކެވެ.

އިންޑޯ ހޯލުގައި މެޗުތައް ކުޅޭތީ މި ތިން އެސޯސިއޭޝަނަށް އުނދަގޫކަމެއްނެތި މުބާރާތް ބާއްވާން ބޭނުންވާ ދުވަސްތަކުގައި މެޗުތައް ކުޅެ މުބާރާތް ނިންމާލެވެ އެވެ. ނަމަވެސް ހޭންޑްބޯޅައަށް މި ފުރުސަތެއް ނެތެވެ. މިހާރު ކުރިއަށްދާ ގައުމީ މުބާރާތުގެ މެޗުތައް ވެސް ދެ ވަނަ ދުވަހާ ހިސާބުން ފަސްކުރަން ޖެހުނީ ވާރޭވެހި ކޯޓުގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.

ހޭންޑްބޯޅަ ކޯޓު ހިޔާކޮށް ވާރޭވެހޭއިރު ވެސް އެތަނުގައި ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހޭންޑްބޯލް މޯލްޑިވްސް އިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މިނިސްޓްރީއާ ކަމާގުޅޭ ފަރާތްތަކާ އަންނަނީ މިކަމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ.

"ދަނޑު ތަރައްގީކުރެވޭނެ ގޮތެއްވޭތޯ ބަލަމުން މި އަންނަނީ. ކޮންމެ ފަހަރަކު މުބާރާތުގެ މެޗުތައް ފަސްކުރަން ނުޖެހި ކުޅެން ބަލާއިރު އެބަޖެހޭ އިންޑޯއަކަށް މިތަން ބަދަލުކުރަން. އެކަންކޮށްދޭނެ އަމިއްލަ ބަޔަކުވެސް އެބަތިބި. އެކަމަކު މިކަމަށް އަދި ކަމާ ގުޅުންހުރި ތަންތަނުން ހުއްދަ ނުލިބިގެން މިއުޅެނީ" ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވި އެވެ.

ހޭންޑްބޯޅަ ކޯޓު ހިޔާކުރެވިއްޖެނަމަ މިހާރު ކުރިއަށްދާ މުބާރާތްތަކަށްވުރެ ގިނަ މުބާރާތްތަކެއް ބޭއްވުމަށްވެ އިތުރު އެހީއަކަށްވާނެ އެވެ. އަދި ގައުމީ ޓީމްތަކަށް ވެސް އެކަމުގެ ސަބަބުން ހެޔޮ ބަދަލްތަކެއް އަންނަނާނެ އެވެ. ސަބަބަކީ ހޭންޑްބޯޅަ އަކީ ގްލޫއެއް ބޭނުންކޮށްގެން ބައިނަލްއަގްވާމީ މައިދާނުގައި ކުޅޭ އެއްޗަކަށްވެފައި، މާލޭގައި ގްލޫއާ އެކު ތަމްރީން ހަދަން ލިބިއްޖެނަމަ ގައުމީ ޓީމްތަކުގެ ފެންވަރު ރަނގަޅުވާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox