ނައިބު ރައީސްއަށް ޖަމީލުގެ ރައްދު؛ ނާއިންސާފުގެ ކުރިމަތީގައި އިސް ނުޖަހާނަން

ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމުން އެންމެ ފުރަތަމަ ބޭއްވި ޖަގަހަ ޖަލްސާގައި ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމުން އެންމެ ފުރަތަމަ ބޭއްވި ޖަގަހަ ޖަލްސާގައި ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައި ވާނެ ކަމަށާއި ނާއިންސާފުގެ ކުރިމަތީގައި އިސް ނުޖައްސަވާނެ ކަމަށް ވިދާޅުވެ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފަށް، ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފި އެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހުސެއިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ޖަމީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ހަގީގަތް ކަމަށް ގަބޫލު ކުރައްވާ މަގުން އެއްކިބާ ނުވާނެ ކަމަށެވެ.

"ކޮބައިތޯ އަޅުގަނޑުގެ ކުށަކީ؟ އެއީ ވަރުބަލިކަމެއް ނެތި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ދިފާއު ކުރުމާއި ހުރިހާ އެންމެން އެމަނިކުފާނު ދޫކޮށްލި ވަގުތު ސާބިތުވެ އެމަނިކުފާނާ އެކު ހުރުންތޯ؟" ނައިބު ރައީސް އާ ސުވާލު ކުރައްވައި ޖަމީލުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޖަމީލް ވިދާޅުވީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައި އާންމުންގެ މީހަކަށް އެއްވެސް ކަމަކާނުލައި ބަހުގެ ހަމަލާތަކެއް ދިނުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

ހުސެއިންއަށް ޑރ. ޖަމީލް ރައްދުދެއްވާފައި މިވަނީ ޖަމީލުއަކީ ރައީސް ޔާމީންއަށް އިހުލާސްތެރި ބޭފުޅެއް ނޫންކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ނައިބު ރައީސް ހުސެއިން ވިދާޅުވެފައި ވަނިކޮށެވެ.

ހުސެއިން ވިދާޅުވެފައި ވަނީ ޑރ. ޖަމީލު ވަނީ ޕީއެންސީ/ޕީޕީއެމްގެ ލީޑަރުޝިޕަށް ވަރަށް ބޮޑެތި ދޮގުތައް ހަދާފައި ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ޖަމީލު ވިދާޅުވީ ހުސެއިންގެ އެ ވާހަކަތައް އަޑުއިވުމުން ހުރެވުނީ ހުނުމާއި ރުއިމާ ދެމެދުގައި ކަމަށެވެ.

"އިންތިހާބީ މަގާމެއްގައި ހުންނަވާއިރު، ހުރަސް ކޮށްގެން ނުވާނެ އިންތައް ހުންނާނެ، ތިޔައީ ބާރާއި ނަޒާހަތްތެރިކަމާއެކު އަޅުގަނޑު ވެސް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލު ކުރަންޖެހޭ ފަރާތް،" ޖަމީލު ވިދާޅުވެފައިވެ އެވެ.

ޑރ. ޖަމީލުއާއި ހުސެއިންއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައި މިވަނީ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ލީޑަޝިޕާއި ރައީސް ޔާމީންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށްޓެވީ މިހާރުގެ ސަރުކާރުން ރައީސް ޔާމީނާ އެއްކޮށް ގުޅުން ކަނޑާލައި ބާކީ ކޮށްލުމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ ދޮގުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox