އަންހެނަކަށް މެސެޖު ކުރި މައްސަލަ: މެޖިސްޓްރޭޓް އަލީ އާދަމް މަޖިލީހަށް ހާޒިރު ނުވި، އިތުރު ފުރުސަތެއް ދެނީ

އަންހެނަކަށް މެސެޖު ކުރި މައްސަލަ: މެޖިސްޓްރޭޓް އަލީ އާދަމް މަޖިލީހަށް ހާޒިރު ނުވި، އިތުރު ފުރުސަތެއް ދެނީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި ކޯޓުން ބޭރުން މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތަށް ވަކިކުރުމަށް ފޮނުވާފައިވާ، ހދ. ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމަށް ދިން ނޯޓިސް ހަމަވި ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުވުމުން އޭނާއާ ސުވާލުނުކޮށް ކޮމިޓީ ނިންމައިލަން ޖެހިއްޖެ އެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް ތަހުގީގުގައި މެޖިސްޓްރޭޓު އަމިއްލައަށް އިއުތުރާފުވެފައި ވާތީ އެވެ.

ކޮމިޓީން ނިންމީ މެޖިސްޓްރޭޓް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ އެ ފުރުސަތު ދިނުމަށެވެ. މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ފޮނުވުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީ އިބްރާހިމް ޝަރީފް ވިދާޅުވީ ކޮމިޓީން ފުރަތަމަ ފޮނުވީ ތިން ދުވަހުގެ ނޯޓިސްއެއް ކަމަށެވެ. މިއަދަށް ހާޒިރު ކުރުމަށް ތާވަލުކުރީ މެޖިސްޓްރޭޓް އެ ގޮތަށް ބޭނުންވާ ކަން މަޖިލީހުގެ ކޮމިޓީއަށް ދެންނެވުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދުނީ ތިން ދުވަހުގެ ތެރޭގައި ހާޒިރު ވުމަށް، ނަމަވެސް ވިދާޅުވީ މައްސަލަ ދިރާސާކޮށް ތިމަންނަ ތައްޔާރުވެގެން ވަކީލަކާއެކު ހާޒިރުވެވޭނީ 27 ނޮވެމްބަރުގައި ކަމަށް،" މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު ޝަރީފް ވިދާޅުވި އެވެ.

މިއަދު ވެސް މެޖިސްޓްރޭޓް އިތުރު ސިޓީއެއް ކޮމިޓީއެއް ފޮނުއްވި އެވެ. އޭގައި ވެސް އެދުނީ އަނެއްކާ ވެސް އިތުރު ފުރުސަތެއް އޭނާއަށް އެރުވުމަށެވެ. މެޖިސްޓްރޭޓްގެ ސިޓީއާ ހަވާލާދެއްވައި، މިއަދާ ހަމައަށް ވެސް މައްސަލަ ދިރާސާކޮށް ނިމި ޖަވާބުދާރީވާން ތައްޔާރު ނުވެވުނު ކަމަށް، ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ.

އެއަށް ފަހު ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ ފަހު ފުރުސަތުގެ ގޮތުގައި އަދި އެއް ފުރުސަތު މެޖިސްޓްރޭޓަށް ދެއްވުމަށެވެ.

އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ކުރިން އޭނާ ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. އޭނާގެ ދަރަޖަށް ދަށްކޮށް، ކުޅުދުއްފުށީ ކޯޓުގެ "އާންމު" މެޖިސްޓްރޭޓަކަށް ބަދަލުކުރީ، ޖޭއެސްސީއަށް ހުށަހެޅިފައިވާ އިތުރު މައްސަލައެއް ބެލުމަށް ފަހު އެވެ. ކޮމިޝަނުން ބުނާ ގޮތުގައި، އެއީ ފަނޑިޔާރު ފަރުވާ ކުޑަކުރި ކަމަށް ބުނެ، ކޮމިޝަނުން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox