ޕީޕަލްސް ނެޝަނަލް ފްރަންޓަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ޔާމީން

ޕީޕަލްސް ނެޝަނަލް ފްރޮންޓު އަށް މެމްބަރުން މިރޭ ސޮއިކުރައްވަމުން ދިޔަ ވަގުތު ކުރީގެ ރައީސް ޔަމީން އެ ޕާޓީގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ ޖަމީލް

ޕީޕަލްސް ނެޝަނަލް ފްރޮންޓު އަށް މެމްބަރުން މިރޭ ސޮއިކުރައްވަމުން ދިޔަ ވަގުތު ކުރީގެ ރައީސް ޔަމީން އެ ޕާޓީގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ ޖަމީލް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އަލަށް އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއަށް އެންމެ ފުރަތަމަ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު މިރޭ ސޮއި ކުރައްވައިފި އެވެ.

އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަ މަލީހު ޖަމާލު "އަދަދު" އަށް ވިދާޅުވީ ރައީސް ޔާމީންގެ އިތުރުން ވެސް ވަރަށް ގިނަ ފަރާތްތަކުން ސޮއި ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

"އާދެ، އާދެ، މިއީ ރައީސް ޔާމީންގެ ޕާޓީ، ރައީސް ޔާމީންއަކީ މި ޕާޓީގެ ފައުންޑަރު، އެންމެ ފުރަތަމަ ޕާޓީއަށް ސޮއި ކުރެއްވީ ރައީސް ޔާމީން،" މަލީހު ވިދާޅުވި އެވެ.

titledesc

އައު ސިޔާސީ ޕާޓީއަށް ރައީސް ޔާމީން ސޮއި ކުރެއްވިއިރު، އެމަނިކުފާނު ހުންނެވީ ކޮރަޕްޝަންގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވެވޭނެ އެވެ. އެ ގާނޫނުގެ ދަށުން ގައިދީއަކަށް މަނާވަނީ އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީއަށް ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ކުރިން ތިބި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މިރޭ 9:00 އިން ފެށިގެން ސޮއި ކުރަމުންނެވެ

ޕީޕަލްސް ނެޝަނަލް ފްރޮންޓަށް މިރޭ މީހުން ސޮއިކުރަނީ. -- ފޮޓޯ: މުހައްމަދު ޖަމީލް
ޕީޕަލްސް ނެޝަނަލް ފްރޮންޓަށް މިރޭ މީހުން ސޮއިކުރަނީ. -- ފޮޓޯ: މުހައްމަދު ޖަމީލް

ޕީޕަލްސް ނެޝަނަލް ފްރޮންޓަށް މިރޭ މީހުން ސޮއިކުރަނީ. -- ފޮޓޯ: މުހައްމަދު ޖަމީލް

ރައީސް ޔާމީން އިސްކޮށް ހުންނަވައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށްޓެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުޝިޕާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ. އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީން އެވެ.

އޭގެއިތުރުން ދެން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ރައީސް ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ކަމަށް މިއަދު ހެނދުނު މަލީހު ވިދާޅުވި އެވެ.

އެ ޕާޓީ އުފެއްދުމަށް މިއަދު ހެނދުނު ވަނީ އީސީގެ ހުއްދަށް އެދިފަ އެވެ. އާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ އާންމުކުރީ ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox