ޖަމީލު ވިދާޅުވަނީ އާ ޕާޓީ ވާނީ ދެން ވެރިކަންކުރާ ޕާޓީއަަށް ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓަކައި އާ ޕާަޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ޑރ.މުހައްމަދު ޖަމީލު އަހުމަދާއި މުހައްމަދު މަލީހު ޖަމާލް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓަކައި އާ ޕާަޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ޑރ.މުހައްމަދު ޖަމީލު އަހުމަދާއި މުހައްމަދު މަލީހު ޖަމާލް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ޕީޕީއެމުން ވަކިވެވަޑައިގެން، އަލަށް އުފައްދަވާ ޕާޓީ ވާނީ ރާއްޖޭގައި ދެން ވެރިކަން ކުރާ ޕާޓީއަށް ކަމަށް، އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު އެ ކޮމިޝަނުގެ ބޭރުގައި ހުންނަވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖަމީލު ވިދާޅުވީ އެ ޕާޓީ ވާނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދޭ އެންމެ ބިޔަ ޕާޓީއަށް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ދައުވާއެއް ސާބިތުވެ، 11 ޖަލު ހުކުމެއް ޔާމީނަށް އިއްވާފައި ވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ރަށުބަންދުގަ އެވެ. ޕީޕީއެމުން އެމަނިކުފާނު ވަކިވެވަޑައިގެންނެވި ކަން ޖަމީލު އިއުލާނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ ޕީއެެންސީ/ޕީޕީއެމްގެ ލީޑަޝިޕާ ޔާމީނާ ދެމެދު ގުޅުން ގޯސްވެފައި ވުމާއި ޕީޕީއެމް ހުއްޓުވާފައި ބޭއްވުމެވެ.

އޭގެ ފަހުން ޔާމީނުގެ އަރިސް ބޭފުޅުންނާއި ޕީއެންސީ/ޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ. އީސީގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޖަމީލު ވިދާޅުވީ ޒާތީ ވާހަކަތަކުގެ ތެރެއަށް ފީނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ގާއިދަަކީ، އަޅުގަނޑުމެންގެ ސިޔާސީ މުފައްކިރަކީ، އަޅުގަނޑުމެންގެ ސިޔާސީ ބައްޕައަކީ ރައީސް ޔާމީން. އެމަނިކުފާނު އަޅުގަނޑުމެންނަށް ދެއްވާފައި ހުރި ހުލްގަކީ، އަހުލާގަކީ ތިކަހަލަ ކަންތައްތަކުގެ ތެރެއަށް ނުފީނާ މިގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޓަކައި ކުރިއަށް ވަޑައިގަތުން،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ޕާޓީއެއް އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުމެވެ. އާޕާޓީ ވެގެންދާނީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ވަރުގަދަ ޕާޓީއަށެވެ.

"އަޅުގަނޑުމެންގެ މި ޕާޓީއަކީ ދެން ދިވެހިރާއްޖޭގައި ވެރިކަންކުރާނެ ޕާޓީ މާތް ﷲގެ ތަނަވަސް ރަހުމަތާ އެކީ،" ޖަމީލު ވިދާޅުވި އެވެ.

އެއީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުކޮށްލާނެ ޕާޓީއެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

ޔާމީނުގެ ކުރީގެ ޕާޓީ، ޕީޕީއެމް އާއި ހަމަ އެމަނިކުފާނުގެ ލީޑަޝިޕްގެ ދަށުން އުފެއްދި ޕީއެންސީގެ އިސް ބޭފުޅުން ޔާމީނާ ބައްދަލުނުކުރައްވާތީ ކުރައްވާ ސުވާލުތައް ޖަމީލު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox