މިއީ ރައްޔިތުން ގެނައި ވެރިކަމެއް، ރައީސާއެކު ދެމި ހުންނާނަން: ނައިބު ރައީސް

ަރައީސް ޑރ މުހައްމަދު މުއިއްޒާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ަރައީސް ޑރ މުހައްމަދު މުއިއްޒާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ރައްޔިތުން ގެނައި ވެރިކަމެއް ކަމަށާއި ވެރިކަން ދެމެހެއްޓުމަށް ރައީސާއެކު ދެމި ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ރައީސް މުއިއްޒާއި ކުރީގެ ރައީސް އަދި ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގުޅުން ހީނަރުވެ ރައީސް ޔާމީން މިހާރު ވަނީ ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ރައީސް ޔާމީން ޕާޓީ ދޫކޮށްލައްވާނެ ކަން ހާމަ ކުރެއްވި ހިސާބުން ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ތާއީދު ކުރާ މެމްބަރުންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން އަންނަނީ ޔާމީނާއެކު ތިބި ކަން ހާމަ ކުރަމުންނެވެ. ރައީސް މުއިއްޒާއެކު ތިބި ސަޕޯޓަރުން ވެސް އަންނަނީ އެ ކަން ހާމަ ކުރަމުންނެވެ.

ރެއިން ފެށިގެން ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެބޭފުޅުންގެ ތާއީދު ރައީސަށް އޮތްކަން ހާމަކުރައްވަމުން އަންނައިރު، ނައިބު ރައީސް ވެސް ސޯޝަލް މީޑިއާ އެކްސްގައި ލިއުމެއް ޖެއްސެވީ އެ މޭރުމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ އެތައް ރައްޔިތުންގެ ބައިވެރިވުމާއެކު ގެނައި ސަރުކާރެއްކަމަށާއި ރައްޔިތުން އިހްތިޔާރު ކުރީ ރައީސް މުއިއްޒުގެ ތަސައްވުރު ކަމަށާއި މިއީ އެތައް ރައްޔިތުންގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އެ މަނިކުފާނު އިސް ކުރައްވާނީ ރައްޔިތުންގެ މަސްލަހަތު. މި ވެރިކަމަކީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ނަފާވެރި ވެރިކަމަށް ހެދުމަށް އެ މަނިކުފާނު ސާބިތުވެ ހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ނުވަނީސް، ރައީސް ޔާމީން ޕާޓީ ދޫ ކުރަައްވައި ދިޔުމަށް ނިންމަވައި، މިހާރު އާ ޕާޓީއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. ރައީސް ޔާމީނާއެކު އެ މަސައްކަތުގައި ބައިވެރިވެލައްވަނީ މުހައްމަދު މަލީހު ޖަމާލާއި މުހައްމަދު ޖަމީލު އަހުމަދެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައީ ރައީސް ޔާމީނަކީ އެންމެ އިސް ލީޑަރުގެ ގޮތުގައި ދައްކައިގެން ކަމަށް ޔާމީނަށް ތާއީދުކުރާ މެމްބަރުން ވިދާޅުވެ އެވެ. އެހެންނަމަވެސް، ވެރިކަމަށް އައުމަށް ފަހު ރައީސް ޔާމީންގެ މަޝްވަރާ ހޯދަމުން ނުދާ ކަމަށާއި ރައީސް ޔާމީންގެ މެސެޖްތަކާއި ކޯލް ތަކަށް ޖަވާބު ނުދެއްވާ ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަފުޅު ދައްކަވާ ބޭފުޅުން ވިދާޅުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox