މި ސަރުކާރުން ގޯއްޗާއި ފްލެޓު އަތުލައިފި ނަމަ އެމްޑީޕީން އިހުތިޖާޖު ކުރާނަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިދާޅުވީ މި ސަރުކާރުން ގޯއްޗާއި ފްލެޓު އަތުލައިފި ނަމަ އެމްޑީޕީއިން އިހުތިޖާޖު ކުރާނެ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިދާޅުވީ މި ސަރުކާރުން ގޯއްޗާއި ފްލެޓު އަތުލައިފި ނަމަ އެމްޑީޕީއިން އިހުތިޖާޖު ކުރާނެ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބިންވެރިޔާ ސްކީމުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުލުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ހިލާފު ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއަކަށް މިވަގުތު އއ. އުކުޅަހުގައި ހުންނަވާ ފައްޔާޒު "އަދަދު" އަށް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މާލެ ސަރަހައްދުން ދީފައިވާ ގޯއްޗާއި ފުލެޓުތައް އަތުލަން އުޅުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

"ސަރުކާރަކުން ކޮށްފަ އޮތް ކަމެއް، ރައްޔިތުންނާ ގުޅުންހުރި ކަމެއް، އެހެންވީމަ އެކަން އެގޮތަށް ކުރިއަށް ދާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަން ބަދަލުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެކަމަށް އިހުތިޖާޖު ވެސް ކުރާނަން، އެނޫން ގޮތަކަށް އެބޭފުޅުން އެކަން ކުރައްވާ ކަމަކަށް ވަންޏާ،" ފައްޔާޒް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒު އިތުރަށް ވިދާޅުވީ، ގިނަ ރައްޔިތުން ރައީސް މުއިއްޒުއަށް ވޯޓު ދެއްވުމުގައި ވެސް ފްލެޓާއި ގޯތި އަތުނުލާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ވަރަށް ސާފުކޮށް މިއަދުގެ ރައީސުލްޖުމްހުރިއްޔާ ކެމްޕޭނު ކުރައްވަމުން ދިޔައިރު ވިދާޅުވެފަ އެބަހުރި، ވަރަށް ހަރުކަށިކޮށް ވެސް ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެސް. އަދި އެކި ގޮތް ގޮތުން ވެސް ރައްޔިތުންނަށް ވަރަށް ސާފުކޮށް ވީޑިއޯތަކާ އެއްޗެހި އެބަހުރި ފެންނަން އެކަންކަން ކުރިއަށް ގެންދަވާނެކަން، އެޔަކަށް ބަދަލެއް ނުގެންނަވާނެކަން،" އޭނާ ވިދާޅުވި އެވެ.

މި މަހު 20 ގައި ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ދޫކޮށްފައިވާ ރެޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން ވެސް އޭނާ ސުވާލު އުފެއްދި އެވެ.

އޭގެ އިތުރުން، ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާއި ފްލެޓަށް އެދި ކުރިމަތިލުމަށް އަލުން ހުޅުވާލުންފަދަ ކަންކަން އާ ސަރުކާރުން ކޮށްފާނެ ކަމުގެ އިޝާރާތްތަކެއް ވެސް އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ދެއްވި އެވެ.

އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލު ނަސީމް ވަނީ މިނިސްޓަރު ހައިދަރަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށާއި ޕާޓީގެ ލީޑަޝިޕަށް ވެސް ގޮވާލައްވާފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox