ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ތިން މެމްބަރުން ރައީސުލްޖުމްހުރީއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސް މުއިއްޒު ޕީސީބީއަށް އައްޔަނު ކުރެއްވީ:
- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން - އަހުމަދު މުޝްތާގު
- ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލްޖަލީލް
- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: މޫސާ ފަތުހީ އާދަމް
އަލަށް އައްޔަނު ކުރެވުނު ތިން މެމްބަރުންނާ އެކީ މިހާރު ޕީސީބީގައި ތިއްބަވަނީ ހަ މެމްބަރުންނެވެ. ދެން ތިއްބަވާ މެންބަރުންނަކީ އެ ބޯޑު ހިންގެވުމާ މި ވަގުތު ހަވާލުވެ ހުންނެވި ނައިބު ރައީސް މުހައްމަދު ފިރާޒާއި އެންމެ ފަހުން އައްޔަނުކުރި މެމްބަރު ފާތިމަތި ޝިރުވީނެވެ.
ޕީސީބީއަށް މެމްބަރުން އައްޔަންކޮށްފައި މިވަނީ އެ ބޯޑުގެ ޖަލްސާތަކުގެ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ނެތުމާ ގުޅިގެން ބޯޑު ބައްދަލުވުންތައް ނުބޭއްވި ވަނިކޮށެވެ. ޕީސީބީ ގާނޫނީ ހުސްކަމަކަށް ދިޔައީ ކުރިން ތިބި މެމްބަރުންގެ ދައުރު ހަމަވީ ފަހުން ހުސްވީ މަގާމުތަކަށް މެމްބަރުން އައްޔަނު ނުކުރާތީ އެވެ.
ޕީސީބީގެ ގާނޫނީ ހުސްކަން ފިލައި ދިއުމާ ގުޅިގެން ސަރުކާރު ކުންފުނިތަކަށް ބޯޑު މެމްބަރުން އައްޔަނު ކުރަން ހުރި ހުރަސްތައް ނެތުނީ އެވެ.










