އަންހެނަކަށް މެސެޖު ކުރި މައްސަލާގައި ވަކިކުރަން ފޮނުވި މެޖިސްޓްރޭޓު އަލީ އާދަމް ޖަވާބުދާރީވާން މަޖިލީހުން ފުރުސަތު ދެނީ

އަންހެނަކަށް މެސެޖު ކުރި މައްސަލާގައި ވަކިކުރަން ފޮނުވި މެޖިސްޓްރޭޓު އަލީ އާދަމް ޖަވާބުދާރީވާން މަޖިލީހުން ފުރުސަތު ދެނީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި ކޯޓުން ބޭރުން މުއާމަލާތްތަކެއް ހިންގި މައްސަލަތަކެއްގައި ވަކިކުރުމަށް ފޮނުވާފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް، އެ މައްސަލަ ދިރާސާކުރާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް ތަހުގީގުގައި މެޖިސްޓްރޭޓު އަމިއްލައަށް އިއުތުރާފުވެފައި ވާތީ އެވެ.

އެ މައްސަލާގައި އޭނާ ވަކިކުރަން ފޮނުވުމުން މީގެ ކުރިން ވެސް ކޮމިޓީން ބައްދަލުވެ މަޝްވަރާކޮށްފައިވެ އެވެ. މެންބަރުންގެ ހިޔާލުތަފާތުވުންތަކެއް ހުރުމުންނާއި ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ހުރުމުން ގޮތެއް ނުނިމި ވަނިކޮށް އެހެން މައްސަލައެއްގައި ފަނޑިޔާރު ވަކިކުރުމަށް ކޮމިޝަނުން ފޮނުވާފައިވެ އެވެ.

ޖުޑީޝަރީ ކޮމިޓީން މިއަދު ބައްދަލުވީ އެހެންވެ އެވެ. އެ ކޮމިޓީގައި އަނެއްކާ ވެސް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށަހަޅުއްވަނީ ފަނޑިޔާރަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއް ދެއްވުމަށެވެ.

"އަޅުގަނޑުމެންނަކަށް ޔަގީން ކަމެއް ނޯންނާނެ، ޖޭއެސްސީން ހަމަ ކޮންމެ ފަދަ ތުހުމަތެއް ކޮށްފައި ފޮނުވަފާނެ، ފަނޑިޔާރަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެވެން ވާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

ނަމަވެސް, ފަނޑިޔާރުން ހާޒިރުކުރަން އެންގުމުގެ ބާރެއް، ކޮމިޓީގެ މެންޑޭޓުގައި ހިމެނިފައެއް ނުވެ އެވެ. ހިޔާލު ތަފާތުވުން އުފެދިގެން އުޅުނީ އެ ކަމުގަ އެވެ.

ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ފަނޑިޔާރު ހާޒިރުކޮށް ސުވާލު ކުރުމާއި މައްސަލައިގެ ކަން ހިނގައިދިޔަ ގޮތާ ގުޅިގެން ސުވާލުކޮށް ތަހުގީގު ހިންގުން ވާނީ ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެންޑޭޓު ތެރެއަށް ވަނުން ކަމަށެވެ.

ގަޑިއިރެއް ވަން ދެން މެންބަރުން ނުރަސްމީކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ ފަނޑިޔާރު ބޭނުންފުޅުވާނަމަ ހާޒިރުވުމުގެ ފުރުސަތު ދޭ ގޮތަށެވެ. އަދި އެ ފުރުސަތު ބޭނުންފުޅު ކުރައްވަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ހާޒިރުކޮށް ސުވާލުކުރަން ވާނީ އިޖުރާއަތްތަކާ ގުޅޭ ގޮތުން އެކަނި ކަމަށެވެ.

މިއީ މި ގޮތަށް ފަނޑިޔާރަކަށް ކޮމިޓީން ފުރުސަތެއް ދެއްވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ހައި ކޯޓުން އޭރު ތިއްބެވި ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޝަނުން ފޮނުވުމުން، އެ ފަނޑިޔާރުން ވަނީ ކޮމިޝަނުން އަމަލު ކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ކޮމިޓީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

މިހާރު ބަލަމުންދާ މެޖިސްޓްރޭޓްގެ މައްސަލާގައި ފަނޑިޔާރު އިސްވެ ކޮމިޓީއަށް ސިޓީއެއް ފޮނުވައިފައެއް ނުވެ އެވެ.

އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފަހުން ފަނޑިޔާރު ފަރުވާ ކުޑަކުރި ކަމުގެ ޝަކުވާއެއް ކޮމިޝަނުން ބެލުމަށް ފަހު ވަނީ ދަރަޖަ ދަށްކުރުމަށް ނިންމައިފަ އެވެ. ކޮމިޝަނުން ބުނީ، މިއަދުން ފެށިގެން އަލީ އާދަމަކީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ "އާންމު" މެޖިސްޓްރޭޓެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox