އަފީފު އުނިކޮށް، ރައީސާއި ނައިބު ނެތް ހާލަތުގައި ރިޔާސަތު ބެލެހެއްޓޭ ފަސް މެންބަރުން އާންމުކޮށްފި

ވިލުފުށީ ދާއިރާގެ މެންބަރުން ހަސަން އަފީފު : އަފީފު އުނިކޮށް، ރައީސާއި ނައިބު ނެތް ހާލަތުގައި ރިޔާސަތު ބެލެހެއްޓޭ ފަސް މެންބަރުން އާންމުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވިލުފުށީ ދާއިރާގެ މެންބަރުން ހަސަން އަފީފު : އަފީފު އުނިކޮށް، ރައީސާއި ނައިބު ނެތް ހާލަތުގައި ރިޔާސަތު ބެލެހެއްޓޭ ފަސް މެންބަރުން އާންމުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ނުވަތަ ހާޒިރުވެވަޑައިނުގަންނަވާ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ފަސް މެންބަރުންގެ ލިސްޓު އަލުން އެކުލަވާލައި، އެ ލިސްޓުގައި މީގެ ކުރިން އޮތް ވިލުފުށީ ދާއިރާގެ މެންބަރުން ހަސަން އަފީފުގެ ނަން އުނިކޮށްފި އެވެ.

އަލަށް އެކުލަވާލި ލިސްޓާއި ތަރުތީބު މިއަދުގެ ޖަލްސާގައި އިއުލާނުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ލިސްޓު އެކުލަވައިލެއްވީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުންނެވެ.

ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންނާއި ހިދުމަތް ކުރެއްވި މުއްދަތު

  1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު - ފެބްރުއަރީ 27, 2007 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 18 އަހަރާއި އަށް މަސްދުވަސް
  2. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
  3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
  4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
  5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު - މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެެއްނެތި 14 އަހަރާއި ފަސް މަސްދުވަސް

"މި އިއްޒަތްތެރި މެންބަރުންގެ ތަރުތީބު ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެ މަތިން އެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެން އަދި އެ މެންބަރަކު މުއްދަތު ހަމަހަމަވެފައިވާ ހިނދު ތަރުތީބުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެ އިއްޒަތްތެރި މެންބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަންދެވިގެން" އަސްލަމު ވިދާޅުވި އެވެ.

Advertisement

މީގެކުރިން އެ ލިސްޓު އެކުލަވާލާފައިވަނީ މަޖިލީހުގެ މެންބަރުކަން އަދާކުރި ޖުމްލަ މުއްދަތަށް ބެލުމަށްފަހު އެވެ. އެގޮތުން, އެންމެ ކުރީގައި ހުންނެވީ އަފީފެވެ.

ނަމަވެސް، އެމްޑީޕީއިން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުން ބޭރުކޮށްލުމަށް އަފީފު މަސައްކަތް ކުރެއްވި ކަމަށް މީގެކުރިން އެ ޕާޓީގެ މެންބަރުން ތުހުމަތު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox