ހަމައެކަނި ކުރީ ސަރުކާރު ގޯސްކޮށްގެން ބައްސާމަށް ފުއްދާލެވެން ނެތް!

ހަމައެކަނި ކުރީ ސަރުކާރު ގޯސްކޮށްގެން ބައްސާމަށް ފުއްދާލެވެން ނެތް!

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އިންތިހާ އަށް ގޯސްވެ، ކަންބޮޑުވާން ޖެހޭ އަނދަވަޅަކަށް ވެއްޓިފައި އޮތުމާ އެކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުމަށް އެތައް ގޮތަކުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އޭގެ ދިފާއުގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ދެއްވި އިންޓަވިއުގައި ކުރީގެ ސަރުކާރަށް ފާޑުކިޔައިފި އެވެ.

ސަންގު ޓީވީ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބާއްސާމް، މައިގަނޑު ގޮތެއްގައި ދެއްކި ވާހަކައިގައި އެންމެ ބޮޑަށް ފާޑުކިޔައިފައިވަނީ، ނިމިގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަށެވެ.

އެ ގޮތުން، ބައްސާމް ވިދާޅުވީ އޭނާ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރެއް ފުރިހަމަކުރަމުން އަންނައިރު، ފުރަތަމަ ދައުރު ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އެ ގޮތުން، 2019 ވަނަ އަހަރު، އޭރުގެ ސަރުކާރުން، ޔޫތު މިނިސްޓަރު، މަހުލޫފް އިސްވެ، ނިންމެވި ނިންމުމުގެ ސަބަބުން ސަރުކާރު ކުންފުނިތަކުން ކްލަބްތަކަށް ދެމުން އައި މާލީ އެހީތެރިކަން (އަހަރަކު ކޮންމެ ކްލަބަކަށް ކުންފުންޏަކުން ތިން މިލިއަން ރުފިޔާ)، އެއްވެސް އެއްގުމަކައި ނުލައި ހުއްޓާލުމާ ގުޅިގެން ފުޓްބޯޅަ އަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަ ކަމަށެވެ.

Advertisement

ސަރުކާރުން އެ ފައިސާ ހަމަޖައްސައިނުދޭތީ، އެފްއޭއެމަށް ޖެހުނީ ކްލަބްތަކަށް އެ ފައިސާ ދިނުމަށް ވައުދުވެ، އެ ގޮތަށް ކުރިއަށްދާން ކަމަށް ބައްސާމް ވިދާޅުވި އެވެ. އެ ގޮތުން، އެ ދުވަސްވަރުގެ ތެރޭގައި ކޮވިޑް-19ގެ ސަބަބުން އައި މާލީ އުނދަގޫތަކާ ހެދި ވެސް އެފްއޭއެމަށް އަސަރުތަކެއް ކުރި ކަމަށް ބައްސާމް ވިދާޅުވި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމަށް އައި މާލީ ގޮންޖެހުންތަކުގެ މި ހުރިހާ ކަމެއްގެ ތެރެއިން، ސަރުކާރުން އިސްވެ ތިބެ ވެސް އެފްއޭއެމަށް ސްޕޮންސަރުން ހަމަޖެހުނަނުދޭން މަސައްކަތް ކުރި ކަމަށް ބައްސާމް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ލިބިފައި އޮތް މައުލޫމާތަކީ ސަރުކާރުގެ ތެރެއިން ބައެއް ކުންފުނިތަކަށް ގުޅައި އެފްއޭއެމް އަށް ސްޕޮންސަޝިޕް ނުދިނުމަށް އެދި ރިކުއެސްޓް ވެސް ކޮށްފައިވާކަން،" ސަންގު ޓީވީ އަށް ދިން އިންޓަވިއުގައި ބައްސާމް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު މަހުލޫފް އިސްވެ ހުންނަވައި، 2019 ވަަނަ އަހަރު ތެރޭ، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތް ކުރެއްވުމާ ގުޅިގެން އެފްއޭއެމާ ދެމެދު ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. ދާދި ފަހުން، "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ އޭރު އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން ކްލަބްތަކުން އެއްބާރުލުން ދިންނަމަ އެ ޓީމުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނިސް ކަމަށެވެ.

ކުރީގެ މިނިސްޓަރު، މަހުލޫފްގެ މި ވާހަކަ އަށް ބައްސާމް ވަނީ ރައްދުދީފަ އެވެ.

"މި ކަމުން (އަޅުގަނޑަށް) ދޭހަވަނީ ވަކި މީހަކު ހުރެގެން ކްލަބްތަކަށް ފައިސާ ނުދިނީ ކަމަށް. އަޅުގަނޑު، މިތަނުން (އެފްއޭއެމް އިން) ބޭރުކުރުމަށްޓަކައި ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވުމުން އެ ޒާތީ ހަސަދައެއް ވެސް އޮތީ ކަންނޭނގެ. ވަރަށް ފަހުން އަޅުގަނޑަށް ނޫސްތަކުން ވެސް މި ފެންނަނީ އޭރުގެ މެނޭޖްމަންޓް ބަދަލުކުރި ނަމަ ކްލަބްތަކަށް އެ ފައިސާވެސް ދޭނެކަމަށް ކުޅިވަރު ވަޒީރު އެބައޮތް ވިދާޅުވެފައި،" ބައްސާމް ވިދާޅުވި އެެވެ.

މިނިސްޓަރު ކަމުގައި މަހުލޫފްގެ ފުރަތަމަ އަހަރުތައް އެފްއޭއެމާ ދުރުކޮށް ފެނުނު ނަމަވެސް ފަހުން އެކުގައި ގިނަ މަސައްކަތްތަކެއް ފުޓްބޯޅަ އަށް ކުރާނެ ކަމަށް އިއުލާނުކޮށް، ނޫސްވެރިންގެ ބައްދަލުވުން ވެސް ބާއްވާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް އެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމީ، ސަރުކާރުގެ ވެސް ވަރަށް ބޮޑު އެދުމަކާ އެކުގައި ކަމަށް ބައްސާމް ވިދާޅުވި އެވެ. އެކަމަކު، އެ މުބާރާތަށް ސަރުކާރުން ކަނޑައެޅި ބަޖެޓުން ލިބެން ޖެހޭ ފައިސާ ވެސް ނުލިބި އެ ކަމާ ހެދި ވެސް އެފްއޭއެމަށް މާލީ ގޮތުން ލިބުނީ ގެއްލުން ކަމަށް ބައްސާމް ވިދާޅުވި އެެވެ.

މީގެ އިތުރުން، ގަލޮޅު ދަނޑު މަރާމާތު ކުރުމާއި އެހެނިގެން ގޮތްގޮތުން ދަނޑުގެ ކަންކަން ކުރުމުގައި ވެސް ޔޫތު މިނިސްޓްރީން އެފްއޭއެމާ އެކު މާ ބޮޑު މަޝްވަރާތަކެއް ނުކުރާ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ޖުމްލަ ގޮތެއްގައި ސަންގު ޓީވީ އަށް ދިން އިންޓަވިއުގައި ބައްސާމްގެ ވާހަކަތައް ބިނާވެފައިހުރީ، މިހާރު މި ހިނގަމުންދާ ބައްސާމްގެ ލީޑަޝިޕްގެ ދެ ވަނަ ދައުރުގައި ކަންކަން ނުކުރެވުނީ މިދިޔަ ސަރުކާރުން ކަމަށް ދޭހަވާ ގޮތަށެެވެ. އެކަމަކު، ކަންކަން މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާއިރު، އެއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. ފުޓްބޯޅައިގެ ހާލަތު ގޯސްވެ، މައްސަލަ މިހާރު އޮތް ހިސާބުގައި އޮތީ އެފްއޭއެމްގެ ލީޑަޝިޕްގެ ވެސް ބޮޑު ފެއިލްވުމެއްގެ ސަބަބުންނެވެ.

ބައްސާމް މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުއިއްޒުގެ ސަރުކާރުގެ އެހީގައި މަގާމުގައި ދެމިހުންނަން؟

ސަންގު ޓީވީގެ އިންޓަވިއުގައި ބައްސާމް ވަނީ ޑރ. މުއިއްޒުގެ ސަރުކާރާ އެކު މަސައްކަތްކޮށް، ފުޓްބޯޅަ އަށް ކާމިޔާބު އަހަރުތަކެއް އިޔާދަކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ޑރ. މުއިއްޒުގެ ސަރުކާރުން ފުޓްބޯޅަ އަށް ސްޕޮންސަޝިޕް ހޯދައިދެވޭނެ ގޮތުގެ ޕްލޭންތަކެއްގެ ވާހަކަތަކެއް އިންތިހާބު ތެރޭގައި ހިއްސާކުރެއްވި ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

މި ފެށުނު ސަރުކާރާ އެކު، ފުޓްބޯޅައިގެ ކުރިމަގަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ބާރު ލިބޭ ކަމެއްގެ ގޮތުގައި ބައްސާމް ފާހަަގަކުރީ، 2016-2018 އަށް، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅިގެން ކުރި މަސައްކަތެވެ.

ރާއްޖޭން 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި، ހޯދިއިރު، އޭގެ ކުރިން ސީޒަންތަކުގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވާދަވެރިކޮށް ފެނިގެންދިޔަ އެއް ސަބަބަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބްތަކަށް ފައިސާދޭނެ، އުސޫލެއް ހެދިފައި އޮތުމެވެ.

އެކަމަކު، މިހާރު ފެންނަން އޮތް މަންޒަރުތައް މުޅިން ތަފާތެވެ. އެފްއޭއެމްގައި މި ވަގުތު އޮތް ބައްސާމްގެ ލީޑަޝިޕާ މެދު އިތުބާރު ހިފޭ ގޮތަށް ވާހަކައެއް ދައްކާނެ ފުޓްބޯޅަ އަށް ހެޔޮ އެދޭ މީހަކު ފެންނާކަށް ނެތެވެ. އެފްއޭއެމްގެ ހިންގުމަށް ބަދަލެއް ގެނެސްގެން މެނުވީ ދެން ފުޓްބޯޅަ އަށް ކުރިމަގެއް ނެތް ކަމަށް ބުނާ މީހުން ރެޔާއި ދުވާލު ޝުއޫރުފާޅުކުރަނީ އެވެ.

ބައްސާމް ނޫން ގޮތެއް: ގިނަ ބަޔަކު އެދެނީ ބަދަލަކަށް!

ދިވެހި ފުޓްބޯޅައާ މެދު މާޔޫސްވެ، ފޫހިވާ މީހުންގެ ނިސްބަތް ދުވަހަކަށް ފަހު ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ދެ އަހަރެއްހާ ދުވަަހަށް ބަލާއިރު، އެފްއޭއެމާ ގުޅޭގޮތުން ޕޮޒިޓިވް ކަމެއް ފެންނަނީ މަދު ފަހަރަކު އެވެ.

އާންމުކޮށް އިވެނީ، ކްލަބްތަކަށް ފައިސާ ނުލިބޭ ވާހަކަ އާއި ކުޅުންތެރިންނަށް މުސާރަ ނުދެވޭ ވާހަކަ އާއި އެފްއޭއެމް އިން މުވައްޒަފުންނަށް މުސާރަ ނުދޭ ވާހަަކަ އެވެ. އެފްއޭއެމް އިން ގައުމީ ޓީމަށް ގެންނަ ކޯޗުންނަށް ނުދޭ މުސާރަ ދޭން ފީފާ އިން އަންގާ ވާހަަކަ އާއި އެފްއޭއެމްއާ ދެކޮޅަށް މާލީ މައްސަލަތަކުގައި ކޯޓުން ހުކުމްތައް ކުރާ ވާހަކަ ތައް ނޫސްތަކުގެ ފަލަސުރުހީން ފެންނަ ނިސްބަތް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ފަހުން، އެފްއޭއެމާއި އެ ތަނުގެ ވެރިންނާ މެދު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކެއްގެ މައްސަލައިގައި ޕީޖީގެ އެންގުމަށް ފުލުހުން ވަނީ އެފްއޭއެމް ހައުސް ބަލައި ފާސްކޮށް، ޝައްކުކުރެވޭ މައްސަލައާ ގުޅޭ ހެކި ހޯދައިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ދިގުލައިގެން ގޮސް ޝެޑިއުލް އޮޅުންބޮޅުންވެ، ކްލަބްތަކުން މުބާރާތް ދޫކޮށްލައިފި އެެވެ. ގައުމީ ޓީމުތަކުގެ ނަތީޖާތައް ސޮއްސާލައި، ސަޕޯޓަރުން މެޗު ބެލުމާ މެދު ވެސް ދެ ވަނަ ވިސްނުމަކަށް ދާ ގޮތަށް ޝުއޫރުފާޅުކުރަނީ އެވެ. މި ހުރިހާ ކަމެއް ގޯސްވެފައި އޮތީ، އެފްއޭއެމްގެ ހިންގުން ދޯދިޔާ ވެފައި އޮތުމާ ކަމަށް ބުނަނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. އެކަންކަމަށް ބާރު ލިބޭ އެތައް ކަމެއް ހިނގަމުން އަންނާތީ އެވެ.

ބަންގްލަދޭޝާއި ރާއްޖޭން މިދިޔަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމްގެ ކުރިއަށް އޮތް ދައުރުގެ އިންތިހާބު އަންނަ އަހަރު އޮންނާނެ އެވެ. އެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލުމާ މެދު ސީދާ ގޮތެއްގައި އަދި ބައްސާމް ވާހަކައެއް ނުދައްކަވަ އެވެ. އަބަދުވެސް މަގާމުގައި ދެމިހުރުމާ މެދު ގޮތެއް ނިންމަނީ "ކްލަބްތައް އެދޭ ގޮތަށް" ކަމަށް ވިދާޅުވެ، ބައްސާމް އެކަން ދޫކޮށްލަނީ "ގާތްކޮށް އުޅޭ ކްލަބްތައް" ބޮލަށެވެ.

މިހާރު ފެންނަ ކަންކަމަށް ބަލާއިރު، ފާޅުކަން ބޮޑުގޮތެއްގައި ބައްސާމް ފަހަތުގައި ކްލަބެއް ނެތެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީން މަގާމު ދޫކޮށްލައިފައި ދެ ކްލަބެއް ބައްސާމް ނޫން ގޮތެއް ބޭނުންވާ ކަމަށް ބުނެފި އެވެ.

އެހެން ނަމަވެސް، ފުޓްބޯޅައިގެ ކަންކަން ބަލައި، ފާޑުކިޔާ ގިނަ ބަޔަކު ދެކޭގޮތުގައި، އެފްއޭއެމްގެ އިންތިހާބު ގާތްވުމާ އެކު، ނުލިބި ހުރި ފައިސާގެ ކަންކަން ހަމަޖެހިއްޖެނަމަ އަދިވެސް ގިނަ ކްލަބްތަކުން ބައްސާމަށް އިތުރު ދައުރެއް ދިނުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، މިހާރު ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިމަގެއް އޮތީ ބަދަލެއް ގެނެސްގެން، ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައިގެންނެވެ. އެ ގޮތަށް އެކަން ކުރެވެން އޮތީ އާ ލީޑަޝިޕެއް ފެނިގެންނެވެ. އެއީ، މިހާރު އޮތް ލީޑަޝިޕަށް ފުޓްބޯޅަ ކޮމިއުނިޓީގެ މެޖޯރިޓީގެ އިތުބާރު ގެއްލިފައި އޮތުމެވެ.

"ބައްސާމް ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް އެކަން ބަލައިގަނެގެން، އެ ވާހަކަ ދައްކާނެ މީހުންނަށް ވުރެ، އޭނަ ހުރެގެން ފުޓްބޯޅަ އަށް ގެއްލުންވި މިންވަރު ބޮޑުކަމުގެ ވާހަކަ ދައްކާނެ މީހުން މިހާރު މާ ގިނަ، ފުޓްބޯޅަ އަށް ގެއްލިފައި އޮތް ސަޕޯޓާއި އިތުބާރު ހޯދަން ވެސް ބަދަލެއް އެބަ ގެންނަން ޖެހޭ،" ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ފަރާތެއް، "އަދަދު" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ބުންޏެވެ.

ޔަގީނުން ވެސް ކުރީ ސަރުކާރުން ހެދި ގޯސްތަކެއްގެ ވާހަކަ ދައްކައިގެން، ރާއްޖޭގެ ފުޓްބޯޅައިގެ މިހާރު އޮތް ހާލަތުގައި ބައްސާމް އަށް މަގާމު ދިފާއު ކުރެވޭ ވަރަށް ވުރެ، އާންމުންގެ ވެސް އިތުބާރު އޮތީ ގެއްލިފަ އެވެ. އެއީ، އެފްއޭއެމްގެ ހިންގުން ބަދަލަކާ ދިމާލަށް މިސްރާބު ޖަހަން ޖެހޭ އެންމެ ބޮޑު ސަބަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox