ހުލާސާކޮށް އިއްޔެ: ދާއިމީ ލިސްޓު ނެރެ، ލިބޭ ފްލެޓް ކަނޑައަޅަން ގުރު ނެގުން

Nov 16, 2023, 2:30 AM
މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ ޓަވަރުތައް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ ޓަވަރުތައް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޭ ނެރެ، ލިބޭ ފްލެޓު ކަނޑައެޅުމަށް ގުރު ނެގި އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ދާއިމީ ލިސްޓު އިއުލާންކުރީ ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި ހުށަހެޅުނު ޝަކުވާގެ މައްޗަށް ރިއާޔަތްކޮށް ބެލުމަށް ފަހު ކަމަށެވެ.

މިހާރު ލިސްޓަށް އައިސްފައިވާ ބަދަލާ އެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ޔަގީންވަނީ 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުނަށެވެ. އަދި ބާކީ ހުރި ފްލެޓުތައް ދޭނީ 75 ޕޮއިންޓު ލިބުނު މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ. ދެ ކޮޓަރީގެ ފްލެޓު ލިބެނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

މި ފްލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 7000ރ. އާއި މަރާމާތު ފީއަށް 1000ރ. ހިމެނޭހެން 8000ރ. އެވެ. އަދި ދެ ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 5000ރ. އާއި މަރާމާތު ފީ 1000ރ. ހިމަނައިގެން 6000ރ. އެވެ.

ކުލި ދައްކަން ފަށަން ޖެހެނީ ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހަށް ފަހު އެވެ. އަދި ކުލި ދައްކަން ޖެހެނީ 300 މަހަށެވެ.

ހައުސިންއިން ބުނީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފުލެޓް ކަމަށެވެ. އަދި ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެން ކަމަށް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނު ތެރޭގައި ދެއްކެވި ހުރިހާ ތަގުރީރަކާއި، މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ 900 އަށް ވުރެ ގިނަ ސޮފުހާގެ ފޮތް. މި ފޮތް ރޭ ވަނީ ނެރެފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނު ތެރޭގައި ދެއްކެވި ހުރިހާ ތަގުރީރަކާއި، މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ 900 އަށް ވުރެ ގިނަ ސޮފުހާގެ ފޮތް. މި ފޮތް ރޭ ވަނީ ނެރެފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނު ތެރޭގައި ދެއްކެވި ހުރިހާ ތަގުރީރަކާއި، މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ 900 އަށް ވުރެ ގިނަ ސޮފުހާގެ ފޮތް. މި ފޮތް ރޭ ވަނީ ނެރެފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox